އެމެރިކާއަށް ނިސްބަތްވާ މަޝްހޫރު މޮޑެލް އަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މޮނީސިއާ މެޑްރަމޯޓް ނަމަކަށް ކިޔާ 44 އަހަރުގެ މޮޑެލް އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ 12 އަހަރުގެ ފިރިހެން ދަރިފުޅަށެވެ.

ކޮޓަރީގެ ސީލިންގްގައި ހުރި ފަންކާގައި މޮޑެލް މޮނީސިއާ ދަންޖެހިފައިވާއިރު ދަންޖެހުމުގެ ކުރިން ވަރަށް ގިނަ އަދަދަކަށް ބަނގުރާ ބޮއިފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެއެވެ.

އަދި މޮނީސިއާ ދަންޖެހުމަށް މެދުވެރިވީ އޭނާއަށް ކުރިމަތިވެފައިވާ ހިތާމައިގެ ސަބަބަކުން ކަމުގައި އާއިލާއިން ބުނެއެވެ.

އެގޮތުން މޮނީސިއާގެ މާމަ އެމެރިކާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ބުނީ މޮނީސިއާ މަރުވުމުގެ ކުރިން އަމިއްލައަށް މަރުވަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ ދަރުފުޅަށް އޭނާއާއި ނުލައި މާރަނގަޅަށް އުޅެވޭނެ ކަމާށާއި ކޮންމެވެސް މީހަކު އައިސް އޭނާ މަރާލާނެ ނަމައޭ ފަދަ ބުނުންތަށް މޮނީސިއާ ބުނެފައިވާ ކަމުގައި އޭނާގެ މާމަ ބުނެއެވެ.

އަދި މަރުވުމުގެ ދުވަސްކޮޅެއް ކުރިން ސިކުނޑީގެ މައްސަލައެއްގެ ސަބަބުން އެމެރިކާގެ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްގެން ފަރުވާ ހޯދައިފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

އަދ މޮނީސިއާ އަކީ ރަލަށް ދެވި ހިފާފައި ހުންނަ މީހެއް ކަމަށާއި ދެރަވާ ކޮންމެ ފަހަރަކު އޭނާ ހިޔާރުކުރަމީ އެމަގު ކަމުގައި އާއިލާއިން ބުނެއެވެ.

މޮނީސިއާ ދަންޖެހިގެން މަރުވި އިރު އޭނާއަކީ ދުނިޔޭގެ މަޝްހޫރު އެތަކެއް މެގަޒިންއަކަށް މޮޑެލް ކޮށްދެމުން އަންނ ފަރާތެކެވެ. އަދި މޮޑެލްކޮށްގެން ބޮޑު އާމްދަނީއެއް މޮނީސިއާއަށް ލިބޭއިރު އޭނާއަކީ އިނގިރޭސިވިލާތުގެ 30 އަހަރުން މަތީގެ އެންމެ މަގުބޫލު މޮޑެލުންގެ ލިސްޓުގައި ވެސް ހިމެނޭ މޮޑެލްއެކެވެ،

ކިޔުންތެރިންގެ ހިޔާލު