ބިރުވެރި ފިލްމް ބަލަން ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ހުރެއެވެ. އަދި ގިނަބަޔަކު ބަލަންވެސް ބަލައެވެ. އެހެން ނަމަވެސް މިފަދަ ފިލްމްތައް ބަލާ މީހުންނަށް ފައިދާތަކެއް ކުރާކަން ނޭނގޭ ވަރަށް ގިނަ ބަޔަކު ތިބޭނެ ކަމާމެދު ޝައްކުވެސް ކުރާނެ ކަމެއް ނެެތެވެ.

ބިރުވެރި ފިލްމް ބަލާއިރު، ވަރަށް ބޮޑަށް ހިތުގެ ހިނގުން އަވަސްވެއެވެ. އަދި އޮކްސިޖަން އެތެރެއަށް ދަމާ ކާބަންޑައިއޮކްސައިޑް ހަށިގަނޑުން ބޭރު ކުރެއެވެ.

އެހެންކަމުން ބިރުވެރި ފިލްމްތައް ބަލާ މީހުންނަށް ސިއްހީ ގޮތުން ކުރާ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ސްޓްރެސް ރިލީސްވުން

އާއްމުކޮށް ސްޓްރެސްވެފައި ހުންނަ މީހަކު ބިރުވެރި ފިލްމެއް ބަލާލާނަމަ އޭނާގެ ސިކުނޑިއަށް ހަމަޖެހުން ލިބޭ ކަމަށް ވެއެވެ. އަދި ޑިޕްރެޝަން ފަދަ ކަންކަމާއި ދުރުކޮށްދޭ ކަމަށް ވެއެވެ.

މޫޑަށް ބަދަލުތަކެއް ގެނައުން

ބިރުވެރި ފިލްމް ބަލާނަމަ، މީހާގެ މޫޑަށް ހެޔޮ ބަދަލުތަކެއް އައިސް އުފާވެރިކަންވެސް އިހުސާސް ކުރެވޭނެއެވެ.

މިއީ ހިކެންވެސް ބޭނުންކުރެވިދާނެ އުކުޅެއް

ސިއްހަތާއި ބެހޭ މާހިރުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ބިރުވެރި ފިލްމް ބެލުމަކީ ކެލޮރީސް ވިރުވާލަންވެސް އެހީވެދޭ އެއްޗެކެވެ. އެގޮތުން ބިރުވެރި ފިލްމް ބަލާ މީހަކު އެ ބިރުވެރިކަމުގެ ތެރޭގައި އުޅެވޭ ގޮަތަކުން އޭނާގެ ހަށިގަނޑުން ކެލޮރީސް ވިރޭކަމަށް ވެއެވެ.

އިމިއުން ސިސްޓަމް ބޫސްޓްކޮށްދިނުން

ދިރާސާއަކުން ދައްކާގޮތުގައި، ކުޑަ ވަގުތުކޮޅަކަށް އިމިއުން ސިސްޓަމް ބޫސްޓް ކޮށްލުމަށް ބިރުވެރި ފިލްމް އެހީވެދެއެވެ. ބިރުވެރި ފިލްމްތައް މިކަމަށް އެހީވެދެނީ ބްލަޑް ސާކިއުލޭޝަން އާއި ވައިޓް ބްލަޑްސެލް އިތުރުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    މިއީ ބިރުވެެރި ފިލްމް ޕްރޮމޯޓްކުރަން ލިޔެފައިވާ ލިޔުމެއްހެން ހާދަ ހީވެއޭ. ހަމަ ޔަގީނުންވެސް ބިރުވެރި ފިލްމް ބެލުމުގެ ސަބަބުން ަެކިވައްތަރުގެ ފޯބިއާ ޖެހިފައިވާ މީހުން ދުނިޔޭގައި ވަރަށް ގިނަވާނެ .

  2. ހުސެން

    ފިލްމު ބަލާ ބިރުނުގަންނަ މީހުންނަ އޮތީ ކޮންގޮތެއްބާ؟?