ޖަމަލަކާއެކު ސެލްފީއެއް ނަގަން އުޅުނު ފަތުރުވެރިއަކަށް އެ ޖަމަލު ހަމަލާ ދީފިއެވެ.

އެ މަންޒަރު ފެންނަ ވީޑިޔޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިޔޯއިން ފެންނަނީ ފަހަތުން އަންނަ ގިނަ ޖަމަލުތަކެއްގެ ކުރިއަށް އެ މީހާ ހިނގާފައި ދާ މަންޒަރެވެ. އެ ތަނުގައި ގާތްގަނޑަކަށް އަށް ވަރަކަށް ޖަމަލު އޮތެވެ.

އެ ފަތުރުވެރިޔާ މަސައްކަތް ކުރީ އެ ޖަމަލުތަކުގެ ވީޑިޔޯތައް ނަގާށެވެ. އޭނާ އެ މަސައްކަތް ކުރަމުންދިޔަ ވަގުތު އެ ޖަމަލުތަކާއެކު ސެލްފީ ނަގަންވެސް އުޅުނެވެ.

އަދި އޭނާ ސެލްފީ ނަގަން އުޅެނިކޮށް ފަހަތުން އައިސް އެ ޖަމަލު އޭނާއަށް ހަމަލާދެއެވެ. އެގޮތަށް ކުއްލިއަކަށް އައިސް އެ ޖަމަލު އެ މީހާއަށް ހަމަލާ ދިނުމުން އޭނާ އަތުން ކެމެރާވެސް ވެއްޓުނެވެ. އަދި އަޅައިގެން ހުރި އައިނުވެސް ވެއްޓުނެވެ. އަދި އެ މީހާ ބިންމައްޗަށް ވެއްޓުނުއިރު، އޭނާއަށް އަނިޔާވެގެން އުޅޭ މަންޒަރުވެސް ފެނެއެވެ.

އެ ވީޑިޔޯ ވަނީ އެތައް ބަޔަކު ބަލާފައެވެ. ޖަނަވާރުންތަކާއެކު ސެލްފީ ނަގަނިކޮށް އަނިޔާކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް އެތައް ބަޔަކަށް ވަނީ ހިތުން ނުފިލާނެ ވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ބައެއް މީހުންގެ ފުރާނަވެސް ވަނީ ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާ

    އޭތީގެ ނުރުހުމުގަ ސެލްފީ ނަގަންޏާ ރުޅިވެސް އަންނާނެ ދޯ..މަނަމަވެސް ރުޅިއަންނާނެ.ދެން ވެދާނެ އޭތި އެހާ އަވަހަށް ތަނަކަށް ދާން އުޅުނު ގަޑީގަ ކުރިމައްޗަށް އެރީމަ ރުޅިއައިސްގެން ހަމަލާ ދިނީކަމަށް.