މާބޮޑަށް ލޯބިވާނަމަ އާއްމުކޮށް ނުކުރާ ކަންތައް ބޮލުގާ އެޅުވާ ފަހަރު އާދެެއެވެ. މިގޮތަށް އާއްމުކޮށް ޖެހޭ އެއް މައްސަލައަކަށް ވާނީ ލޯބިވާ އަނބިމީހާ ނުވަތަ ލޯބިވެރިޔާ އެހެން މީހެއް ކައިރިއަށް ދިޔުމެވެ.

އެފަދަ މައްސަލަތައް އާއްމުކޮށް ފެންމަތިވާއިރު، ދާދިފަހުން އިންޑިއާގެ އުއްތަރްޕްރަދޭޝްގައި އެފަދަ މައްސަލައެއް ފެންމަތިވެ ފިރިހެން މީހާ ވަނީ އޭނާގެ އަނބިމީހާއަށް ބޮޑު ގެއްލުމެއް ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އޭނާގެ އަނބިމީހާގެ ނޭފަތުގައި ދަތް އެޅީ އެ އަންހެން މީހާ އެހެން ލޯބިވެރިއެއް ގެންގުޅޭ ކަމަށް ބުނެއެވެ.

އަރްޖުން ނަމަކަށް ކިޔާ އެ މީހާ އޭނާގެ އަނބިމީހާ ގީތާގެ ނޭފަތުގައި ދަތް އަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ގޭތެރޭގައެވެ. އަރްޖުން މިގޮތަށް ކަންތައް ކުރީ ގީތާ ބޭރަށްދާން އުޅުމުން ކަމަށް ވެއެވެ.

އެ ހާދިސާގައި އެ އަންހެން މީހާގެ ނޭފަތުން ވަރަށް ބައިވަރު ލޭ ފޭބިއެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށް ވެއެވެ. އަދި މިހާރުވެސް އެ އަންހެން މީހާ އޮތީ ހޮސްޕިޓަލްގައި ބާއްވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ވަނީ މިކަމާ ގުޅިގެން އަރުޖުން ހައްޔަރުކޮށްފައެވެ. އަރްޖުން ގީތާއަށް ހަމަލާދީފައި މިވަނީ މީގެ ފަސް ދުވަސް ކުރިން ނުބުނެ، އެހެން އަވަށަކަށް ގޮސް އެތަނަށް ދިޔަ ވާހަކަ އޭނާ ގެއަށް އައިސް ދެއްކި މައްސަލަވެސް ފެންމަތިވެފައިވަނިކޮށް ކަމަށް ވެއެވެ. އެ މައްސަލާގައި ދެ މީހުން ޒުވާބު ކުރިކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަކުރުފާނު

    ތަންފުކެއް ބޮޑުވަރު