ޑޮކްޓަރުކަމުގެ ތައުލީމުވެސް ހާސިލް ނުކޮށް، ޕްލާސްޓިކް ސާޖަރީ ކުރާ ޑޮކްޓަރަކަށް ވެގެން 28 މީހެއްގެ އޮޕަރޭޝަން ކުރި އިޓަލީގެ ރައްޔިތެއްގެ މައްޗަށް ރޯމޭނިއާގެ ކޯޓަކުން 4 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އެމީހާއަކީ މަތީ ސާނަވީ ތައުލީމުވެސް ހާސިލު ކޮށްފައިނުވާ މީހެކެވެ.

ފޭކް ޑޮކްޓަރު މެޓިއޯ ޕޮލިޓީ ގެ މައްޗަށް ރޯމާނިއާގެ ބުޗަރެސްޓުގެ ކޯޓަކުން ވަނީ 3 އަހަރާއި 10 މަހުގެ ޖަލު ހުކުމެއް މީގެ 3 އަހަރު ކުރިން އިއްވާފައެވެ. އިޓަލީގެ އިދާރާތަކުން ވަނީ މި ހުކުމް އިސްތިއުނާފު ކޮށްފައި ނަމަވެސް، ބުޗަރެސްޓްގެ އިސްތިއުނާފު ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ޕޮލިޓީގެ މައްޗަށް ކުރި ހުކުމް ދަމަހައްޓާފައެވެ.

ޕޮލިޓީ ވަނީ ރޮމޭނިއާގައި ޑޮކްޓަރުކަން ކުރުމުގެ ލައިސެންސް ނެތް ނަމަވެސް އެގައުމުގެ އަމިއްލަ ފަސް ކްލިނިކެއްގައި 28 މީހުންގެ އޮޕަރޭޝަން ކޮށްފައެވެ.

އޭނާގެ މައްޗަށް ތަހުގީގު ކުރެވެމުންދާކަން އެނގުމުން ޕޮލިޓީ ވަނީ ރޮމޭނިއާއިން ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ހަންގޭރީގެ ސަރަހައްދީ އިން ކައިރިން، ރޭލަކުން 2019 ވަނަ އަހަރު އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރުގައި ބެހެއްޓުމަށްފަހު ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ކުރިން ޕޮލްޓީ ވަނީ އޭނާ އަކީ އިނގިރޭސިވިލާތުގެ ޕްލާސްޓިކް ސާޖަނެކޭ ކިޔައިގެން އެހެން ނަމެއް ކިޔައިގެންވެސް އުޅެފައެވެ.

މެތިއު މޯޑު ކިޔާ ޕްލާސްޓިކް ސާޖަނަކަށް ވެގެން އޭނާ ވަނީ އެ ނަމުގައި މީސްމީޑިއާ ޕޭޖެއްވެސް ހިންގާފައެވެ. އެ ޕޭޖުގައި އޭނާ ދިޔައީ އޭނާ އޮޕަރޭޝަން ކުރާ މަންޒަރު ފެންނަ ފޮޓޯ ތަކާއި ވީޑިއޯތައް އާންމު ކުރަމުންނެވެ.

އޭނާގެ ސީވީގައި ބުނެފައިވާ ގޮތުން އޭނާ ވަނީ އެމެރިކާގައި ހުންނަ ޔޫޕީއެމްސީ ޝޭޑީސައިޑް އަދި ޖޯން ހޮޕްކިންސް ސްކޫލް އޮފް މެޑިސިން އިން ތައުލީމު ހާސިލު ކޮށްފައެވެ. އަދި އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި އިނގިރޭސިވިލާތް، އިޓަލީ އަދި ސްޕެއިންގައިވެސް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އޭނާގެ ސީވީ ގައި ބުނެފައި ވެއެވެ.

އޭނާގެ މައްޗަށް ފުރަތަމަ ޝައްކު އުފެދުނީ އޮޕަރޭޝަން ކުރުމުގެ ކުރިން އަތް ދޮންނަން ޖެހޭ ގޮތަށް އަތް ދޮންނަން އޭނާ އަށް ނޭނގޭ ކަމާއި އަންގި އަރުވަންވެސް އުނދަގޫވެގެން އުޅުނު ކަން ނަރުހުންނަށް ފާހަގަ ވެގެންނެވެ.

އޭނާ ކުރި އޮޕަރޭޝަންތަކުގައި ގެއްލުންވެ، އަނިޔާ ލިބުނީ ކިތައް މީހުންނަށް ކަމެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާެެއަހަންމަދު

    މަށައް ވަރަށް ސަޅި މީތި

    4
    1
  2. ފިންކީސް

    މަހީކުރީ އިންޑިޔާގާ ހިންގާލި މަޝްރޫއެއްކަމަށް. އެހެނަސް ފޮޓޯއިން އެނގިއްޖެ އިންޑިޔާއަށްވުރެ ތަންކޮޅެއް ދުރުކަން.

    6
    1