މަރުވެފައިވާ ދަރި ތުނބު ކުރީގައި އުފުލައިގެން 17 ދުވަސް ވަންދެން ދަތުރުކުރި ކިލާ ވޭލްއަށް ދުނިޔޭގެ އެތަށް ބައެއްގެ ހަމްދަރުދީ އާއި ސަމާލުކަން ލިބިއްޖެއެވެ،

އެމެރިކާގެ ސެންޓާ ފޯ ވޭލް ރިސާޗުން ބުނި ގޮތުގައި ޕެސިފިކް ކަނޑުން ފެނުނު އެ ކިލާ ވޭލްއަަށް ސައިންސްވެރިން ދީފައިވާ ނަމަކީ ޖޭ35އެވެ. އަދި އެ ބޮޑުމަސް 17 ދުވަސް ވަންދެން އުފުލީ ފާއިތުވި މަހުގެ ތެރޭގައި ވިހެއި ދަރިއެއްކަމަށާއި ވިހެއުމަށް ފަހު މާގިނައިރެއް ނުވެ ދަރިފުޅު މަރުވެފައިވާކަމަށްވެސް ސައިންސްވެރިން ބުނެއެވެ،

އަދި ދަރިފުޅު މަރުވުމުން މާސިންގާ ކަނޑަށް ދަރިފުޅު ދޫކޮށްލުމުގެ ބަދަލުގައި ޖޭ35 ވަނީ މަރުވެފައިވާ ދަރިފުޅު ތުނބު ކުރީގައި އުފުލައިގެން 1،000 މޭލަށް ވުރެއް ދުރަށް ދަތުރުކޮށްފަ އެވެ. އަދި އެ ކިލާ އޭނާގެ ދަރިފުޅު ދޫކޮށްލީ ހޮނިހިރު ދުވަހުގައި ކަމަށްވެސް ރިސާޗަރުން ބުނެއެވެ،

ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކިލާ ވޭލްސް، އޭގެ މަރުވެފައިވާ ދަރި އުފުލައިގެން އާއްމުކޮށް ދަތުރު ކޮށް އުޅެނީ 5 ނުވަތަ 6 ދުވަހަށެވެ. އެހެންކަމުން ޖޭ35ގެ ދަތުރަކީ އާ ރެކޯޑެއް ކަމަށް އެމެރިކާގެ ސައިންސުވެރިން ބުންޏެވެ.

ކިލާވޭސް އެންމެ ގިނައިން އުޅެނީ ޕެސެފިކް ކަނޑުގައެވެ. ކިލާވޭސްގެ އާބާދީ ދުވަހަކަށް ވުރެއް ދުވަހެއް ދަށަށް ދަމުން އަންނަ އިރު ކިލާވޭސްގެ އާބާދީ އިތުރުކޮށް ކިލާވޭސް ހިމާޔަތްކުރުމަށް ވޮޝިންޓަންގެ ޓާސްކް ފޯސްއަކުން ވަނީ މިހަފްތާ ތެރޭ ބައްދަލުވުމެއް ބާއްވާފައި އެވެ. އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ވޮޝިންޓަންގެ ގަވަރުނަރު ޖޭ އިންސްލީ އެވެ.

ކިލާ ވޭލް އަކީ އާއްމު ގޮތެއްގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅޭ ޖަނަވާރެކެވެ. އެގޮތުން ސިއާޓެލް ކައިރީގައި ދިރިއުޅުނު ކިލާ ވޭލްއެއް 106 އަހަރުވަންދެން ދިރިއުޅުނު ކަމަށް ސައިންސުވެރިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    މޮޅު ، ބޯބޮދު މަހެއް