މިދިޔަ އާދީއްތަ ދުވަހުު އިންޑިއާގެ ފަރިއާދް އާބާދުގައި ކެނެލް އެއްގެ ތެރެއަށް ގެބެމުން މީހަކު ސަލާމަތްކޮށްދިން ފުލުހަކަށް ރަނގަޅު ހަދިޔާއެއް ލިބިއްޖެއެވެ.

ގުރްޖައޮންއަށް ނިސްބަތްވާ އެ ފުލުހަށް ގުގުރާމް ފުލުހުންގެ ސްޓޭޝަންގެ ފަރާތުން ދިން ހަދިޔާއަކީ، އޭނާގެ މަގާމް މަތިކޮށްދިނުމެވެ. އޭގެ އިތުރަށް އޭނާއަށް ހާއްސަ ހަދިޔާއެއް ގޮތަށް ދީފައި ވަނީ 5000 ރުޕީސް އާއި، އަދި ހާއްސަ ލިޔުމެކެވެ.

ލުގްމާން ޚާން ނަމަކަށް ކިޔާ އެ ފުލުހަށް އެކަމުގެ އެވޯޑް ދިނުން އޮންނާނީ އެ ގައުމުގެ މިނިވަން ދުވަހުގެ ހަފްލާގެ ތެރެއިންކަމަށް ފުލުހުންގެ އިސްވެރިއަކު ވަނީ ބުނެފައެވެ.

ލުގްމާން އެ މީހާ ސަލާމަތްކޮށްފައި ވަނީ ފުލުހުންގެ ޓީމެއް ފަރިއާދް އާބާދުގައި ހަަރަކާތްތެރިވަމުންދަނިކޮށް ޔަމުނާ ކެނެލް ތެރެއަށް މީހަކު ގެނބެމުންދިޔަ މަންޒަރު ފެނުނެވެ. އަދި އޭނާ ސަލާމަތް ކުރުމަށް ބަޔަކު އެ ހިސާބުން ހަޅޭލެވި އަޑު އިވިގެން ލުގްމާން ވަނީ އޭނާގެ ޔުނީފޯމް ބޭލުމަށްފަހު ކެނެލްއަށް ފުންމާލާ އެ މީހާ ސަލާމަތްކޮށްފައެވެެ.

އެ ފުލުސް މީހާ ސަލާމަތްކޮށްފައި ވަނީ އެ އަވަށަށް ނިސްބަތްވާ މީހެކެވެ. އެ މީހާ އެތަނަށް ވެއްޓުނު ގޮތެއް ކަށަވަރު ނުވާއިރު، އެ ފުލުސް މީހާގެ މަސައްކަތް ގިނަ ބަޔަކު ވަނީ ބަލައިގަނެފައެވެ. އަދި ފުލުހުން ތިބެން ވާނީ މިގޮތަށް ދިމާވާ ހާދިސާތަކުގައި ފަސްޖެހުމެއް ނެތި މީހުން ސަލާމަތް ކުރުމުގައިކަން ބައެއް މީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ޔުނީފޯމް ބާލަން ހާދަ ވަގުތެއް ދާނޭ މިކަހަލަ ކޭސްތަކުގަ.

    • ޖޮއްބެ

      ޔުނީފޯމް ނުބާލާ ބާރު ސްްޕީޑްގައި ނުފެތޭނެއެވެ. އެހެންވީމާ އޭނާ އެކަންކުރީ ހަމަ ރަނގަޅަށެވެ.