ރިޓަޔަރކުރިތާ 12 އަހަރު ފަހުން މިސްރުގެ މަޝްހޫރު އެކްޓްރެސް، ހާލާ ޝިހާ އަލުން އެނބުރި ފިލްމީ ދާއިރާއަށް ނިކުތުމަށް ނިންމައިފިއެވެ.

އުމުރުން 39 އަހަރުގެ ޝިހާ ފިލްމް ކުޅުމާއި ދުރުވީ 2006 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ ކައިވެންޏެއްކޮށް މޫނުބުރުގާ އަޅައި ފިލްމީ ދާއިރާއަށް އެނބުރި ނާންނާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް އޭނާ މިހާރު ވަނީ މޫނުބުރުގާ ނަގާލުމަށްފަހު އަލުން ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، "ވަރަށް އަވަހަށް" އެ މަސައްކަތަށް ނިކުންނާނެކަން ހާމަކޮށްފައެވެ.

ޝިހާ ކުއްލިގޮތަކަށް ފިލްމީ ދާއިރާއަށް އެނބުރި އަންނާނެކަން އިއުލާނުކުރުމާއި ގުޅިގެން އޭނާގެ ފޭނުން މީސް މީޑިއާގައި އުފާ ފާޅުކުރަމުންދާއިރު، ބައެއް ފަރާތްތަކުގެ ފާޑުކިއުންވެސް އޭނާއަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން އޭނާ ބުރުގާ އެޅީ ދެއްކުންތެރި ކަމެއްގެ ގޮތުގައި ކަމަށާއި، އަލުން މޫނުބުރުގާ ނަގާލުމަށްފަހު ފިލްމު ކުޅެން އޭނާ ވިސްނުމަކީ ފުރައްސާރައެއް ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ޝިހާ ވަނީ އޭނާ ފިލްމު ކުޅެން އެނބުރި އަންނާނެކަން މީޑިއާގައި ހާމަކުރި ފަހުން، އޭނާ މޫނުބުރުގާ ނާޅައި ހުރި ފޮޓޯތައްވެސް މީސްމީޑިއާގައި ޢާންމުކޮށްފައެވެ. އޭނާ އަލުން އަނބުރާ ފިލްމީ ދާއިރާއަށް ނިކުތުމަށް ނިންމީ ކީއްވެކަމެއް އަދި ހާމަކޮށްފައި ނުވީނަމަވެސް، އޭނާގެ އާއިލާއިން ބުނެފައިވަނީ އެއީ އޭނާ އަބަދުވެސް ޝައުގުވެރިވާ ދާއިރާއެއް ކަމަށެވެ.

ޝިހާ އެންމެ ބޮޑަށް ޢާންމުންގެ މަޤުބޫލުކަން ހޯދާފައިވަނީ 2004 ވަނަ އަހަރު އޭނާ ކުޅުނު ކޮމެޑީ ފިލްމް "އަރިސް މިން ގެހާ އަމްނެޔާ" އިންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ފިލްމް ކުޅެން ހުއްޓާލިކަމަށް ބުނެ ދައިރާއާއި ދުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިމަންނަ

    ދެވަނަ " ހައްސާނު" ...!

  2. ހޯހޯ

    ހަމަ މޭނާ ޙައްސާނު...

  3. މުސްލިމާ

    އަޅުގަނޑުކަށްވާ ނުކެރޭނެ ބުރުގާ ނަގާކަށް ބިރުގަނޭ.. އިންޝާﷲ ނުވެސް ނަގާނަން މާ އުފާވެރި.. އަލްހަމްދުﷲ

  4. Anonymous

    ތިއީ މުނާފިގުކަން ހާމަވަނީ