ބައެއް މީހުންނަށް ފޯނަކީ މުހިންމު އެއްޗެކެވެ. އެއީ ބައެެއް މީހުންގެ ފުރާނައެވެ. އެ މުހިންމުކަން ދޭން ޖެހޭ އެއް ބައެއްކަމުގައި ދަރިން ހިމެނޭއިރު، ދަރިންނަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން މަޝްހޫރު ރެޕް ލަވަކިޔުންތެރިއަކަށް މި ވަނީ ލަނޑެއް ލިބިފައެވެ.

ރަޝިއާގެ ރެޕާއެއް ކަމަށްވާ ޓިމަޓީ އޭނާގެ އާއިލާއާއެކު ޗުއްޓީީ ހޭދަކުރަމުންދާކަން މީސް މީޑިޔާ މެދުވެރިކޮށް އޭނާ ވަނީ އަންގާފައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އެ ވެކޭޝަންގެ ފޮޓޯތަކާއި ވިޑީޔޯތައް ޓިމަޓީ ހިއްސާކުރަމުންދާއިރު، އޭނާ ހިއްސާކުރި ވީޑިޔޯއެއްގައި އަންހެން ދަރިފުޅު އޭނާއަށް ދިން ބޮޑު ލަނޑެއްގެ ވާހަކަ މިހާރު ވަރަށް ގަދަޔަށް އެބަ ދެކެވެއެވެ.

ޓިމަޓީގެ އޭނާ ފޯނުން ވާހަކަދައްކަން ހުއްޓާ، ދަރިފުޅު އައިސް އޭނާއާ ވާހަކަދެއްކުމުންވެސް އޭނާއަށް ސަމާލުކަން ނުދޭ މަންޒަރު ފެނެއެވެ. އަދި ބައްޕަ ހުރީ ފޯނެއްގައި ކަމަށް އޭނާ ބުނި ނަމަވެސް ދަރިފުޅު އަނެއްކާވެސް ވާހަކަދެއްކިއެވެ. އަދި ބައްޕަގެ އަތުން ފޯނު ޖަހައިގަނެގެން ގޮސް ވަނީ މޫދަށް އެއްލާލާފައެވެ.

https://www.instagram.com/p/BmQX6fIjZaa/?utm_source=ig_share_sheet&igshid=t4elmnjsp9wd

އޭނާގެ ދަރިފުޅު ކަންތައް ކުރިގޮތުގެ ވީޑިޔޯ އޭނާ އިންސްޓަގްރާމް ކުރިއިރު، އެ ވީޑިޔޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

މިއީ އާއްމުކޮށް ފޯނަށް މާބޮޑަށް ސަމާލުކަން ދޭ މީހުންނަށް މެދުވެރިވެދާނެ ކަމެކެވެ. ގާތް މީހަކަށް ނުވަތަ ދަރިފުޅަށް ދޭން ޖެހޭ ސަމާލުކަން ނުދޭނަމަ މިފަދަ ގޮތަކަށް ކަންތައްކޮށްފާނެއެެވެ. އެހެން ނަމަވެސް އެންމެންނަކީ ޓިމަޓީ ގޮތަށް ފޯނު އެއްލާލުމުން އާ ފޯނެއް ގަނެވޭހާ މުއްސަނދި ބައެއް ނޫނެވެ.

އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލޯ

    ބަލަ ކަލޯ. ކަލޯގެ މުޅި ގައި ހަންގަނޑު ތީ އާރޓް ފޮތެއްތަ؟ މުޅި ގައިގަ ކުރަހަން. ނޫނީ ތީ ނާސަރީގަ ކިޔަވާ ކުއްޖެއްތަ މުޅި ގައިގަ ކުރަހަން؟؟؟

  2. ޅޮލް

    ތީ ފޭކެއް.... ވީޑިއޯ ބެލީމަ އިނގޭނެ ވާނުވާ

  3. ގިފްތަމް

    ޥަރަށް ޑުރާމާ