ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބޭބެއަށް ގުޅައި ރޯދަ ވީއްލަން ދައުވަތު ދިނުމަށް މިސްރުގެ އަންހެނަކު ދެކޮޅު ހެދުމުން ވަރިކޮށްފިއެވެ.

އެ އަންހެން މީހާ އޭނާގެ ވާހަކަ ތާހިއާ މަސްރުގައި ވަނީ ހިއްސާ ކޮށްފައެވެ. އޭނާ ބުނާގޮތުން ނަމަ ފިރިމީހާގެ ގޭގައި ޕްރައިވެސީ އެއް ނޯވެއެވެ. އަދި ބޭބެގެ ނޭދެވޭ ނުފޫޒަކީ އެ ދެމީހުން ވަކިވުމުގެ އަސްލު ކަމަށްވެސް ބުނެފައެވެ.

މި ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ ހަތް އަހަރު ވެއްޖެއެވެ. އަދި ދެ މީހުންގެ ކައިވެންޏަށް ދެ ކުދިން ލިބިފައި ވެއެވެ. އަންހެން މީހާ ބުނާގޮތުން ނަމަ، އޭނާގެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ފިރިމީހާ އާއި ބޭބެ އާ މާ ގާތް ވުމެވެ. އަދި ފިރިހެން މީހާގެ ބޭބެ އަކީ ކައިރި ކައިރީގައި އަންހެނުންނާއި ކައިވެނިކޮށް ވަރިވާ މީހެއްް ކަަމަށްވެސް ބުންޏެވެ.

ކާކުކަން ހާމަކޮށްފައި ނުވާ އެ އަންހެން މީހާ ބުނާގޮތުން ނަމަ، ބޭބެގެ އެ އުޅުން، އޭނާގެ ފިރިމީހާއަށްވެސް ކުރިމަތިވެ، އޭނާއާ މެދުވެސް އެގޮތަށް ކަންތައް ކޮށްފާނެތީ ބިރުގަނެއެވެ.

އަދި މާލީ ކަންކަމާއި އާއިލީ ޒިޔާރަތްތައް ފަދަ ދިރިއުޅުމުގެ ހުރިހާ ތަފްސީލެއްގައި ފިރިމީހާ އޭނާގެ ބޭބެއާ މަޝްވަރާ ކުރާ ކަަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އެ މީހުންގެ ހަޔާތަކީ ހުޅުވާލެވިފައިވާ ފޮތެއް ކަމަށް އިހުސާސް ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ. ޕްރައިވެސީ ނެތުމާއި ބޭބެ ނުފޫޒާއި ނުލާ ފިރިމީހާ އަށް ނިންމުންތައް ނުނިންމޭތީ މާޔޫސްކަން އިތުރުވާ ކަމަށްވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެމަފިރިންގެ ދެމެދުގައި ޒުވާބުކޮށްފައި ވަނީ ބޭބެ އާއި އޭނާގެ އާ ލޯބިވެރިޔާއާއެކު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަކަށް އަންނަން ފިރިމީހާ ބޭނުންވާތީ އެކަން އެގޮތަށް ނުކުރަން އަންހެން މީހާ ބުނުމުންނެވެ. އަންހެން މީހާ ބޭނުންވީ ހަމައެެކަނި އެ އާއިލާ އެކުގައި ވަގުތު ހޭދަ ކުރުމަށެވެ. ނަމަވެސް ފިރިހެން މީހާ ރުޅިގަދަވެ، އަަންހެން މީހާ އަށް މަޖުބޫރުކޮށްގެން ބޭބެއަށް ގުޅަންވެސް އެންގި ކަމަށް ވެއެވެ.

އެކަމަކު އަންހެން މީހާ ވަނީ ފިރިމީހާ ދެއްކި ވާހަކަތަކަށް ބީރު ކަމްފަތެއް ދީފައެވެ. މިއާއެކު ފިރިހެން މީހާ ވަނީ އެ ގެއިން ނުކުމެގެން ދިއުމަށާއި، އާއިލާ ގެއަށް ދިއުމަށް އަންހެން މީހާއަށް އަންގާފައެވެ. އަދި ވަރިވާން އެދި ފޯމު ފޮނުވާނެ ކަމަށްވެސް ފިރިހެން މީހާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސދަސދސަ

    ރަނގަޅު އަންހެނެއް.
    ދިވެހި އަންހެުންވެސް މިކަހަލަ އަމިއްލަ ނަފްސަށް އިތުބާރުކޮށް ކެއްތިރިވާން އެނގެންޖެހޭ.
    ފިރިއަކު ބުންޏަސް ނުކުރެވޭނެކަންކަންވެސް ހުންނަކަން ފިރިންނަށްވެސް އިނގެންޖެހޭ.

    23
    3
  2. ޏާތަހުޒީބު

    ޢިސްލާމު ދީނަކީ އެންމެ މާތް ދީން. ޢެ ދީނުގައި އަންގަވާފައިވާ ކަންތައްތަކަކީ އިނސާނިއްޔަތަށް އެންމެ ފައިދާހުރި ގޮތްތައް. ވީމާ ކައިވެނީގެ ޚުޠުބާގައި ބުނާފަދައިން ފިރިމީހާ ދީނާަ ކިލާފު ނުވާ ކަމަކަށް އަމުރު ކޮއްފި ނަމަ އެކަމަށް އަނބިމީހާ ކަޔަމަންވެ އެއަށް ޢަމަލު ކުރަނޖެހޭ.

    11
    1