ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޗީޒް މިސްރުގެ ސަންދޯކެއްގެ ތެރެއިން ފެނިއްޖެއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޗީޒް ފެނިފައިވަނީ ސަންދޯކެއްގެ ތެރޭގައި ހުރި ފުޅިއެއްގެ ތެރެއިން ކަމަށާއި މިއީ މިޞްރުގެ މޭޔަރެއްގެ ސަންދޯކުގެ ތެރެއިން ފެނިފައިވާ ފުޅިއެއް ކަމަށެވެ. އަދި މިސަންދޯކަކީ 2010 ވަނަ އަހަރު ވެލިގަނޑުގެ ތެރެއިން ނަގާފައިވާ ސަންދޯކެއް ކަމަށާއި މިސަންދޯކަކީ މީގެ 3،200 އަހަރު ކުރިން މިޞްރުގެ މޭޔަރު ކަމަށް ހުންނެވި ބޭފުޅާގެ ސަންދޯއް ކަމަށެވެ.

ސަންދޯކުގެ ތެރެއިން ފެނުނު ފުޅީގައި ހުރީ ޗީޒްކަން ދެނެގަނެވިފައިވަނީ ގިނަ ތަޙްލީލްތަކެއް ހަދައިގެން ކަމަށާއި މިއީ ގެރި ކިރާއި ބަކަރި ކިރު އެއްކޮށްގެން ހަދާފައިވާ ޗީޒްއެއްކަން އެނގޭ ކަމަށް މިތަޙްލީލްތައް ކުރި ސައިންވެރިން ބުނެއެވެ.

ކްރެމެޓޯގްރަފީގެ އެހީގައި މި ޗީޒްގައިވާ ތަކެތި ދެނެގަނެވިފައިވާއިރު، މި ތަޙްލީލް ކުރުމުގެ އިސްކޮށް ހަރަކާތްތެރިވި ޑރ އެންކްރިއޯ ގްރެކޯ ބުނެފައިވަނީ މިއީ މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ޗީޒް ކަމަށެވެ.

" ވަރަށް ގިނަ ތަޙްލީލްތައް ހަދައިފިން. ހުރިހާ ތަޙްލީލަކުންވެސް ދައްކަނީ މިއީ ކުރީގެ ޗީޒްއެއް ކަމަށް. މިހާ ކުރިން ހަދާފައިވާ ޗީޒްއެއް އަދި ރިކޯޑް ކުރެވިފައެއް ނެތް." ޑރ ގްރެކޯ ބުންޏެވެ.

ޑރ ގްރެކޯ ބުނެފައިވަނީ މިޗީޒްގައި މީގެ 3،200 އަހަރުގެ ކުރިން ފެތުނު ބައްޔެއްގެ ބެކްޓީރިޔާ ހުރި ކަމަށާއި މިއީ މި ޗީޒްއަކީ ކުރީގައި ހަދާފައިވާ އެއްޗެއްކަން ދަލީލް ކުރާ ކަމެއް ކަމަށެވެ.

މިޞްރުގެ މީހުންނަކީ ކުރީ ޒަމާނުގައި ސަންދޯކުގެ ތެރެއަށް ކާތެތިލާ ރައްކާކޮށް އުޅޭ ބައެކެވެ. މިމީހުންގެ އަޤީދާގައިވާ ގޮތުން މިތަކެތީގެ ބޭނުން މަރުވުމުން މަރުވި މީހާއަށް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔާމީހާ

    ބޯގޯސް

  2. ހުދުބޯ

    މުސްލިމުންނަށް އޮޅުވާލަން ބޭރު މީހުން ދައްކާވާހަކަތައް ހައްތާވެސް

  3. ހުސޭނުބޭ

    ތި ކާން ބޭނުންވާ މީހަކު އަޅެ ނޫޅެނީތަ؟