ޕްލާސްޓިކް ސާޖަރީގެ ޕްރޮސީޖާއަކަށް ފަހު ކާޑިއެކް އެޓޭކެއް ޖެހިގެން، ކިމް ކާޑޭޝިއަންއާ ވައްތަރު މޮޑެލް މޮޑެލް ކްރިސްޓީނާ އެޝްޓެން ގޯރްކާނީ މަރުވެއްޖެއެވެެ. އޭނާ މަރުވިއިރު، އުމުރަކީ 34 އަހަރެވެ.

އޭނާ މަރުވިކަން އާއިލާއިން ހިއްސާކުރީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އިންސްޓަގްރާމާއި އޭނާގެ ޖަނާޒާއަށް ފައިސާ ހޯދުމަށް އުފެއްދި ގޯފަންޑްމީ ޕޭޖް މެދުވެރިކޮށެވެ.

އޭނާ މަރުވެފައި ވަނީ އޭޕްރިލް 20 ވަނަ ދުވަހު ފަތިހުއެވެ.

"އެ ދުވަހުގެ ފަތިހު 4:31 ޙާއިރު ފޯނއް އަންނަނީ އާއިލާައަށް. އާއިލާ މީހަކު ރޮއެފައި ބުނަނީ، އަޝްޓެން އޮތީ މަރުގެ ތުންފަތް މަތީގައިކަމަށް. އެއީ ވަގުތުން އަހަރެމެންގެ ދުނިޔެ ފުނޑުފުނޑުކޮށްލާ، މުޅި އުމުރަށް ވެސް އާއިލާގެ ހިތާމައިގެ ތެރޭގައި ވާނެ ފޯނު ކޯލަކަށް ވި". އާއިލާއިން ބުނެފައި ވެއެވެ.

އާއިލާއިން އިތުރަށް ބުނީ އެ މޮޑެލް އަށް ކާޑިއެކް އެރެސްޓް ޖެހުނީ "މެޑިކަލް ޕްރޮސީޖާއެއްގެ ސަބަބުން އިތުރަށް ގޯސްވެގެން" ކަމަށެވެ.

ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މޮޑެލްގެ އިންސްޓަގްރާމްގައި 626،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

އޭނާއަށް ގިނަބައެއްގެ ސަމާލުކަން ލިބެމުން ގޮސްފައި ވަނީ ކިމް ކާޑޭޝިއަންއާ އޭނާ އާ ވަރަށް ބޮޑަށް އެއްގޮތްވުމުންނެެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންގެ ސަމާލުކަން އޭނާ ހޯދައެވެ.

މީގެ ދުވަސްތަކެއް ކުރިން ކެނެޑާގެ ފިލްމީ ތަރިއެއްވެސް ވަނީ ޕްލާސްޓިކް ސާޖަރީއަކަށް ފަހު ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކާޑިއެކް އެރެސްޓެއް ޖެހެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބޮޑެތި ކާފިރުންގެ ހަލާކުވުމަކީ މުއުމިނުންގެ ތެރެއިން ދިރިތިބީންނަށް ޢިބްރަތެއް ކަމުގައި ލައްވާށި. އާމީން.

  2. ޙައްޤު

    ކޮބާ ފޮލޯވަރުން ގިނަވުމުގެ ފައިދާ. އެންމެ ކުޑަމިނުން ކަށުނަމާދެއް ކޮއްލާނެ މީހަކުވެސް ނުވި. މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުން ސަލޫލަށް ވީވަރުވެސް ނުވި. އޭނާގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަށުނަމާދުކުރެއްވި. ނަމަވެސް ވަޅުލުމަށް ފަހު ވަހީ އައީ ޢުމަރުގެފާނުގެ ރަޢުޔަށް.އެމީހުންގެ ތެރެއިން މަރުވެދާ މީހުންނަށް ކަލޭގެފާނު ނަމާދު ނުކުރައްވާށޭ. ދުޢާ ނުކުރައްވާށޭ. އެމީހުންގެ ޤަބުރުކައިރީގައި ނުހުންނަވާށޭ.