1994 ވަނަ އަހަރުގައި މިސް ވޯލްޑް ކާމިޔާބުކުރުމަށްފަހު ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ވަނީ އިންޑިޔާގެ އިތުރުން މުޅި ދުނިޔޭގައިވެސް ހުރި އެންމެ ރީތި އަންހެނާގެ ލަގަބު ހޯދާފައެވެ. އައިޝްވާރިޔާގެ ރީތިކަން ވަނީ އޭނާއަށް ދުނިޔޭގެ މަޝްހޫރުކަން ހޯދާ ދީފައެވެ. އެހެން ނަމަވެސް، ފިލްމީ ތަރިއަކަށް މަޝްހޫރުކަމަކީ ހުރިހާވެސް އުފަލެއް ނޫނެވެ.

އަމީތާބް ބައްޗަންއާއި ޖަޔާ ބައްޗަންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަނާއި ކައިވެނި ކުރި ފަހުން އައިޝްވާރިޔާއަށް ވަނީ ވަކިން ޚާއްސަ ސަމާލުކަމެއް ލިބިފައެވެ. އެހެން ނަމަވެސް، ކައިވެންޏަށް ފަހު ކުޅުނު "އެކްޝަން ރީޕްލޭ" އާއި "ރާވަން" ފަދަ މަދު ފިލްމުތައްވެސް ވެގެންދިޔައީ ނާކާމިޔާބު ފިލްމުތަކަކަށެވެ.

ކައިވެންޏަށް ދަރިއަކު ލިބުމަށްފަހު، އެ ކުއްޖާއަށްޓަކައި އައިޝްވާރިޔާ ވަނީ އޭރުގައި އޭނާގެ ފިލްމީ ކެރިއަރ މަޑުޖައްސާލާފައެވެ. އެއަށްފަހު، އޭނާ ކުޅުނު ފިލްމުތައް ކަމުގައިވާ "އޭ ދިލް ހޭ މުޝްކިލް" ފަދަ ފިލްމުތައްވީ ފްލޮޕް ފިލްމުތަކަށެވެ.

މި ނާކާމިޔާބީއާއި ކުރިމަތިލުމުގެ ކުރިން އައިޝްވާރިޔާ ވަނީ ބޮލީވުޑްގައި އެންމެ ކާމިޔާބު ފިލްމުތައް ކުޅެމުންދާ ތަރި ޝާހްރުކް ޚާންއާއިއެކީ "ދޭވްދާސް" ފަދަ ސުޕަރހިޓް ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. އެހެން ނަމަވެސް، މި ކާމިޔާބީއަށް ހުރަސް އެޅީ އޭނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން އައިޝްވާރިޔާ ބުނީ ޝާހުއާއި އެއްކޮށް "ޗަލްތޭ ޗަލްތޭ"ގެ ސެޓްގައި މަސައްކަތްކުރަމުންދަނިކޮށް ސަލްމާން އެ ސެޓަށް އައިސް މުޅި ސެޓްގައި ތިބި އެއްޗެހިތަކަށް އުކާލައި، ސެޓަށް ގެއްލުންތައް ދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށްވެސް ސަލްމާން ވަނީ އަޑު ހަރުކޮށް ޝާހްރުކްއާއިވެސް ޒުވާބުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، އައިޝްވާރިޔާ ވަނީ ފިލްމުގެ މަސައްކަތުން ވަކިކޮށްފައެވެ. އަދި ހަމައެއާއިއެކު، އޭރު އޭނާ ކުޅުމަށް ހަމަޖެހުނު ކާމިޔާބު ފިލްމު "ވީރް-ޒާރާ"ގައި އޭނާގެ ބަދަލުގައި ޝާހްރުކް ޚާންގެ ކޯ ސްޓާރަކަށް ޕްރީތީ ޒިންތާ ހަމަޖެހިގެންދިޔައެވެ.

އައިޝްވާރިޔާ ބުނީ އޭނާގެ މުޅި ފިލްމީ ކެރިއަރގައި އެންމެ ހިތާމަ ކުރި ކަމަކީ އެއީ ކަމަށާއި އެކަމުގެ ހިތާމައިގައި އޭނާ އެތަކެއް ދުވަސްތައް ހޭދަކޮށްފައިވާ ކަމަށެވެ. ސަލްމާން ޚާންގެ އެ އަމަލަށްފަހު، ޝާހްރުކް ހަރަކާތްތެރިވި 'ވީރް-ޒާރާ" އާއި އެހެނިހެން ފިލްމުތަކުން އައިޝްވާރިޔާއަށް ޖާގަ ގެއްލުނު ކަމުގައި އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ދުނިޔެ މަތީގައި އެމީހަކު ކުރި ކަމަކަށް ޢަޒާބު ދެއްވަވާ ތަން، ވަރަށް ގިނަ ފަހަރު ފެނިގެން ދެއެވެ. އެއްބަނޑު އެއްބަފާކަން ކަނޑާ، ރަޙިމް ގެ ގުޅުން ކަނޑާ، މީހުންނަށް ލަނޑު-ދީ ހަދާ މީހުން ދުނިޔޭގައި ފެންނަނީ މަދަކުން ނޫނެވެ. ސަލްމާން އަކީ ވެސް މަޝްޢޫރު މީހަކަށް ވިޔަސް، މީހާއަކީ ބަނގު ރާ ބުޔުމާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ބޮޑު މީހެކެވެ. މިހާރު ހުންނަނީ ގޮތް ނޭންގޭ ބައްޔެއް ޖެހި މުޅި މޫނު މައްޗަށް ވަރަށް ބޮޑަށް ތަދު ވާތީ ތަދު ފިލުވުމަށް ވަރަށް ބާރުގަދަ ބޭސް ކާންޖެހިފައެވެ. މުސްލިމެކޭ ވެސް ބުނެއުޅެއެވެ!

    11
    5
    • ސުރައްޔާ

      ތިބޭފުޅާ ގެ ތިމާގެ ޑެންޓަލް ބޭފުޅަކަށް އެއްލި ގަލެއް ތޯ؟

      6
      3
  2. އަހުމަދު

    އޭ ދިލްހޭ މުޝްކިލްއަކީ ފުލޮޕެއް ނޫން. ދިރާސާކުރައްވާ.