ރަޝިއާގެ އުމުރުން 51 އަހަރުގެ އެލެގްޒޭ ޝެސްޓޮބިޓޯވް އަކީ ފައިސާ އަށް މީހުން މަރައި ދިނުމުގެ އެތައް ޖަރީމާއެއް ހިންގާފައިވާ މީހެކެވެ. އުމުރު ދުވަހުގެ ޖަލު ޙުކުމެއްގައި މިހާރު ވެސް ހުރި އެލެގްޒޭ ޖަލުގައި ހުންނަތާ 23 އަހަރު ވެއްޖެއެވެ.

އެންމެ ހައި ސެކިއުރިޓީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދާއިރު އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ އެތައް މައްސަލައެއްގެ ޝަރީޢަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ އޭނާ އަށް ލޯބިވާ އަންބަކު ހޯދަން އެޅުނު ހުރަކަށް ނުވިއެވެ.

އެލެގްޒޭ މިވަނީ މޮޑެލް އެއް އަދި ސައިކޭޓްރިސްޓެއް ކަމަށްވާ 31 އަހަރުގެ މާރިނާ ޝެސްޓޮބިޓޯވް އާއި ކައިވެނި ކޮށްފައެވެ.

މާރިނާ
މާރިނާ

ސީރިއަލް ކިލާއެއް ކަމަށްވާ އެލެގްޒޭ އާއި ކައިވެނި ކުރި މާރިނާ އަކީ އެލެގްޒޭގެ ނަފްސާނީ މައްސަލަތަކައް ފަރުވާ ކުރުމަށް އޭނާ އާއި ބައްދަލު ކުރި ސައިކޭޓްރިސްޓެވެ. ފަހުން ދެމީހުންގެ ގުޅުން ބަދަހިވެ ކައިވެންޏާއި ހަމައަށް ދިޔައީ އެވެ.

އެލެގްޒޭ ބުނީ މިހާރު ޖަލުގައި ހުންނަން ޖެހުނަސް އޭނާ އަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. އެއީ ޒުވާން ރީތި އަދި އޭނާ ނުހަނު ލޯބިވާ އަންބަކު ލިބިފައި ވާތީ ކަމަށް އެލެގްޒޭ ބުނެއެވެ.

ކުރިން ސިފައިން ގޭގައި ވެސް މަސައްކަތް ކުރި އެލެގްޒޭ މަރާލާފައިވާ މީހުންގެ ތެރޭގައި ކޭޖީބީގެ ޖާސޫސުން ވެސް ހިމެނެއެވެ. އެލެގްޒޭ މީހުން މެރުމުގެ އިތުރުން އޭނާގެ ގޭންގް މެންބަރުން މެދުވެރިކޮށް ވެސް އެތައް ބަޔަކު މަރާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯލްޑިވިޔަން

    މިއީ އިސްލާމީ ގައުމެއް ނަމަ ޔަގީން މި ކަހަލަ ކަމއއް ނުވާނެ