ދެކުނު ކޮރެއާގެ ޑޮމެސްޓިކް ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް ފްލައިޓްގެ އެމެޖެންސީ ދޮރު ހުޅުވި މައްސަލައިގައި އެއެއާލައިނުގެ އެމަޖެންސީ ދޮރާއި ދިމާލުގައި ހުންނަ ސީޓުތައް ވިއްކުން މަނާ ކޮށްފިއެވެ.

200 އެއްހާ މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ އެ މަތިންދާ ބޯޓުގެ އެމަޖެންސީ ދޮރު އުމުރުން 30 އަހަރާއި ގާތް ކުރާ ފިރިހެނަކު ހުޅުވާފައިވަނީ ދެކުނު ކޮރެއާގެ ޑައެގޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ ވަގުތުގައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭރު ފްލައިޓް ދިޔައީ 700 ފޫޓޫ މަތިން ދަތުރު ކުރަމުންނެވެ.

ބޯޓު ޖައްސަން ދިޔަ ވަގުތު އެމަޖެންސީ ދޮރު ހުޅުވި ނަމަވެސް، މާ ބޮޑު ގެއްލުމެއް ފަސެންޖަރުންނަށް ނުލިބި ބޯޓު ވަނީ އެއާޕޯޓަށް ޖައްސާފައެވެ.

މިހާދިސާއާއި ގުޅިގެން އެ އެއާލައިނުން "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ އެއާލައިނުގެ A321-200 މަރުކާރުގެ 14 މަތިންދާބޯޓުގެ އެމަޖެންސީ ދޮރާއި ދިމާލުގައި ހުންނަ 31A އަދި 26A ސީޓު ވިއްކުން މިހާރު މަނާ ކޮށްފައިވާ ކަމަށެވެ.

އެކަން އެގޮތަށް ނިންމާފައިވަނީ ދަތުރުވެރިންގެ ސަލާމަތް ކަށަވަރު ކުރަން ކަމަށާއި ފްލައިޓް ފުލްވި ނަމަވެސް އެ ސީޓުތައް ނުވިއްކާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

އެ އެއާލައިނުން އެފަދަ ނިންމުމެއް ނިންމި ނަމަވެސް، އެހެން ސީޓުތަކުގައި ތިބޭ ފަސެންޖަރުންނަށް ވެސް އެމަޖެންސީ ދޮރު ހުޅުވިދާނެ ކަމަށާއި އެމަޖެންސީ ދޮރާއި ދިމާލު ސީޓުތައް ނުވިއްކި ނަމަވެސް އެހެން ފަރާތްތަކަށް އެކަން ކުރެވޭނެ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފްލައިޓުގެ އެމަޖެންސީ ދޮރު ހުޅުވި މީހާ ބުނެފައިވަނީ އޭނާ އެ ދޮރު ހުޅުވީ އޭނާ އަދާ ކުރަމުންދިޔަ ވަޒީފާގެ ގެއްލުމުން ވަރަށް ބޮޑަށް "ސްޓެރެސް" ވެފައިވެ އެވަގުތު ނޭވާ ލާން އުނދަގޫވެގެން ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އޭނާ ވާހަކަ ދެއްކި ފުލުހުންގެ އޮފިސަރު ބުނެފައިވަނީ "ފްލައިޓް ޖައްސަން ދިން ވަގުތަށްވުރެ ގިނަ ވަގުތު ނަގާފައިވާތީ އާއި ފްލައިޓް ތެރޭގައި ހާސްވުމުން އޭނާ ފުންމާލަން އުޅުނު ކަމަށެވެ.