ޖީންސްއަކީ ދިވެހި މުޖުތަމަޢުގައިވެސް ވަރަށް އާއްމު އެއްޗެކެވެ. ފަޓުލޫން ލީ ޒަމާން މާޒީވެ، މިހާރު ޅަފުރައިގެ ހުރިހާ ޒުވާނުންހެން ލަނީ ޖީންސެވެ. ނަމަވެސް އަންހެނުންނާއި ފިރިހެނުންގެ ޖީންސްގައި ތަފާތުތަކެއް ހުރެއެވެ. ޑިޒައިންގެ ތަފާތާއި އިތުރު ތަފާތު ތަކެވެ. މީގެ ތެރެއިންވެސް މީހުންނަށް އެންމެ އަޅައިނުގަންނަ އެއް ކަމަކީ ޖީންސް ޖީބުގެ ބޮޑު ކަމެކެވެ.

ތަފާތު ވައްތަރުގެ ބްރޭންޑްތަކުގެ ޖީންސްއަށް ބަލާލާއިރު، އަންހެނުންގެ ޖީންސް އެވްރެޖްކޮށް 68 އިންސައްތަ ފިރިހެނުންގެ ޖީންސްއާ ބަލާއިރު ކުރިމަތި ފަރާތު ޖީބު ފުން ކަމަށް ލައިފްހެކް ކިޔާ ކުންފުންޏަކުން ކުރި ދިރާސާއެއްގައި ބުނެފައިވެއެވެ. އަދި 6.5 އިންސައްތަ އަންހެނުންގެ ޖީންސް އާ އަޅާބަލާއިރު ފިރިހެނުންގެ ޖީންސްގެ ކުރިމަތި ފަރާތު ޖީބު ހިމަ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ، އަންހެނުންގެ ޖީންސްގެ ތެރެއިން 40 އިންސައްތަ ޖީންސްއަށް ފަހުގެ އައިފޯން ނުލެވޭ ކަމަށާއި އަންހެނުން ފަހަތު ޖީބަށް ފޯނު ޖަހާފައި ހުންނަނީ މިސަބަބާހުރެ ކަމަށް ބެލެވޭ ކަމަށެވެ. މިދިރާސާގައިވަނީ ފަހުގެ އައިފޯން ތަކާއި، ސެމްސަންގް އަދި ވަންޕްލަސް ފަދަ ފޯންތައް ޖީބަށް ލެވޭ ތޯ ބަލާފައެވެ.

ތަފާތު ގިނަ ޑިޒައިންގެ ޖީންސްތައް މާކެޓްއިން ލިބެން ހުރި ކަމަކު އާއްމުކޮށް ހުރިހާ ޖީންސްއެއްގައި ވެސް އަންހެނުންގެ ކުރިމަތި ފަރާތު ޖީބު ކުޑައިރު، ފެޝަން ޑިޒައިނަރެއް ކަމަށްވާ ޖޫލިއަން ބުނެފައިވަނީ މިގޮތަށް ޖީންސްގެ ކުރިމަތި ފަރާތުގެ ޖީބު ކުޑަކޮށް ހަދަނީ ރީތި ކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިރާސާ

    އެއީ ހަމަ ފިރިހެނުން ލައްވާ އަންހެން ވެރިންގެ ފޫކޮޅަށް ބަލުވަން ވެގެން.

  2. ޥާނުވާ

    ދެފަހަރު ދޭއްޗެކޭ ތިކިޔަނީ!!

  3. އައިޝާ

    ފޫކޮޅު ނިވާނުވާ ވަރުގެ ހެދުން ލައިގެން ފިރެހެނުންނަށް ފޫކޮޅުދައްކަންވެގެން. ފިރެހެނުން ބަލާތޯ ބަލަންކުރާކަމެއް

  4. ޝަފާ

    ހަމަ ފޯނެއް ޖީބުގަ އޮތަސް ފިރިހެނުން މައިތިރި ނުވާ ވަރު ވޭތަ؟ ބޭހެއް ދީގެން މައިތިރި ކުރަން ވެފަ އެއްނު މިތިބީ. ކީއްވެތަ ފިރިހެނުން ފަހަތު ޖީބަށް ވޮލެޓު ލަނީ؟

    1
    1