ގިނަބައެއްގެ މަގުބޫލުކަން ހޯދި ދިވެހި ފިލްމް "އަމާނާތް" މުޅިން އަލަށް ޓީވީ ސްކްރީނުން ބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު ދިނުމަށް އައިސް ޓީވީން ނިންމައިފިއެވެ.

އައިސް ޓީވީގެ ފަރާތުން ބެލުންތެރިންނަށް ދޭ އީދު ހަދިޔާއެއްގެ ގޮތުގައި، މިރޭ އެ ޗެނަލްއިން އަމާނާތް ދައްކާއިރު، އެ ފިލްމަކީ އެޓާނަލް ޕިކްޗާސް އިން މީގެ 20 އަހަރު ކުރިން ބެލުންތެރިންނަށް ގެނެސްދިން ދިވެހި ފިލްމެކެވެ. އެ ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ ފިލްމެކެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ މަހުދީ އަހުމަދުއެވެ.

އެ ފިލްމްގެ ބަތަލުގެ ރޯލުން ފެނިގެން ގޮސްފައި ވަނީ އަލީ ޚާލިދުއެވެ. އޭނާގެ އިތުރުން ކުރީގެ ފިލްމްތަކުން ގިނަބައެއްގެ ލޯބި ހޯދާފައިވާ، ޖަމްޝީދާ އަހުމަދު އަދި ފާތިމަތު ރަމީޒާވެސް އެ ފިލްމުން ފެނިގެންދެއެވެ.

މިފިލްމު ވަނީ 3 ވަނަ ގައުމީ ފިލްމީ އެވޯޑްގައި 12 އެވޯޑް ހާޞިލްކޮށް ރިކޯޑް މުގުރާލައިފައެވެ.

މިރޭ 22:30 ގައި މި ފިލްމް އައިސް ޓީވީ ޢިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ފިލްމް ޗެނަލްއަކުން ދައްކާ ފުރަތަމަ ފަހަރެވެ.