އެމެރިކާގެ މަޝްހޫރު ބަތަލާ އެމްބާ ހާޑް އާ ދެކޮޅަށް މަޝްހޫރު ތަރި، އޭނާގެ ކުރީގެ ފިރިމީހާ ޖޯނީ ޑެޕް ހުށަހެޅި އަބުރުގެ ދައުވާގެ ބަދަލެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި، އެ ފައިސާ ހަދިޔާގެ ގޮތުގައި ދިނުމަށް ޖޯނީ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ ނޫހެއް ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފައިސާ ޖޯނީ ހަދިޔާ ކުރުމަށް ނިންމާފައިވަނީ ފަސް ޖަމިއްޔާއަކަށް ކަމަށެވެ. އެ ޖަމިއްޔާތައް ޖޯނީ ހޮވާފައިވާ ވަރަށް ބޮޑަށް ބެލުމަށް ފަހުގައި ކަމަށެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންމެ ޖަމިއްޔާއަކަށް 200،000 ޑޮލަރު ލިބޭނެ އެވެ.

އެމްބާ ދެކޮޅަށް ޖޯނީ ދައުވާ ކޮށްފައީ ވަނީ އޭނާ އެމްބާއަށް އަނިޔާކުރި ކަމަށް ބުނެ އެމެރިކާގެ މަޝްހޫރު ނޫސް "ވޮޝިންގްޓަން ޕޯސްޓް" ގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމާ ގުޅިގެން ޑެޕްއަށް އެތަކެއް ފިލްމުތަކެއް ގެއްލި އޭނާއަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭނާ ބުނެ އެވެ.

ޑެޕް ދައުވާ ކުރީ އަބުރާއި ބެހުމުގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ ޑެޕްގެ ނަމަށް ލިބުނު ގެއްލުމުގެ ގޮތުގައި ދިހަ މިލިއަން ޑޮލަރު އަދި ޖޯނީގެ އަބުރަށް އަރައިގެންފައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދެއްކުމަށެވެ.

އެހެންކަމުން ޖޯނީ އަށް 15 މިލިއަން ޑޮލަރު ލިބެން ޖެހޭނެއެވެ. ނަމަވެސް މި މައްސަލަ ކޯޓުން ނިންމީ ޖޯނީއަށް އެއް މިލިއަން ޑޮލަރު ދިނުމަށެވެ.