ބޮލީވުޑްގެ މަޝްހޫރު ފިލްމު ސްޓާރުން ކަމުގައިވާ ރާނީ މުކަރްޖީ އާއި ގޯވިންދާއަކީ ކާމިޔާބު ފިލްމުތަކުގައި އެކީގައި ހަރަކާތްތެރިވި ދެ ތަރިންނެވެ.

އެކިއެކި މަންޒަރުތައް ކުޅުމަށް ފިލްމު ސެޓްތަކުން ދިމާވެގެން ވަރަށް ގިނަ ތަރިން މެދު ލޯބި އުފެދުމަކީ ވަރަށް ގިނަ އިން ދިމާވާ ކަމެކެވެ. ނުވަ ދިހައިގެ އަހަރުތަކުގައި ގޯވިންދާ އާއި އެކި އަންހެނުންނާ ދެމެދު ލޯބީގެ ގުޅުންތައް އުފެދުނު ވާހަކަތައް މީޑިއާތަކަށް ތިލަވިއެވެ.

ގޯވިންދާ އާއި ރާނީއަކީ ކުރީގެ ލޯބިވެރިންކަމަށް އިންޑިއާގެ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން، އެ ދެމީހުން އެކީގައި ކުޅެފައިވާ މަގްބޫލު ރޮމޭންޓިކް ކޮމެޑީ ފިލްމު "ހަދް ކަރް ދީ އާޕްނޭ" ފިލްމުގައި މަސައްކަތްކުރުމަށްފަހު ގޯވިންދާގެ ފަރާތުން ރާނީއަށް އަގުބޮޑެތި ހަދިޔާތަކެއް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫހެއްގައި ބުނެފައިވެއެވެ. ރާނީއަށް އެ ދުވަސްކޮޅުގައި ގޯވިންދާ ދިން ހަދިޔާގެ ތެރޭގައި ލަގްޒަރީ އެޕާޓްމަންޓް އަދި ކާރެއް ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ދުވަސްކޮޅު، ދަންވަރު ގަޑީގައި ނައިޓްސޫޓްއެއް ލައިގެން ހުރި ގޯވިންދާ ރާނީ ދިރިއުޅޭ ކޮޓަރީގެ ބޭރުން ނިކުތް މަންޒަރު ފެނުނު ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. ގޯވިންދާއާއި ރާނީ ކުޑަ ދުވަސްކޮޅަކަށް ރައްޓެހިވުމަށްފަހު، އެ ގުޅުން ނިމުމަކަށް އައި ކަމަށް ބެލެވެއެވެ.

މިހާރު ރާނީވެސް އަދި ގޯވިންދާވެސް ވަނީ އެހެން ދެ މީހަކާ ކައިވެނިކޮށްގެން ޒަވާޖީ ހަޔާތެއް ބިނާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު