13 ފިރިހެނުންނާއި ކައިވެނިކޮށް، ފައިސާ ވަގަށް ނެގި އިންޑިޔާ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ޖައްމު އެންޑް ކަޝްމީރު ސަރަހައްދަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޝާހީން އަޚްތަރް ކޮންމެ ފަހަރަކުވެސް ފިރިހެނަކާއި ކައިވެނިކުރުމަށްފަހު އެމީހެއްގެ އަތުން އަގުހުރި ގަހަނާއާއި ފައިސާތަކެއް ވަގަށް ނެގުމަށްފަހު ގެއިން ފިލަގެން ދެއެވެ.

އެހެންކަމުން، މިދިޔަ ހަފްތާގައި ރާޖޭޝްވަރީގެ ނޯޝޭރާ ޓައުންގައި ފިލައިގެން ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކައިވެންޏަށް ފަހު އޮޅުވާލި ކަމަށް ތުހުމަތުކޮށް މުހައްމަދު އަލްތާފް މީރް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. މީރްއާއި ޝާހީންއާއި ދިމާވީ މެޗްމޭކިންގ އެޖެންޓެއް މެދުވެރިކޮށެވެ. ކައިވެންޏަށް ހަތަރު މަސް ވީ ފަހުން ޝާހީން، މީރް އަތުގައި ހުރި ރަނާއި ފައިސާތައް ވަގަށް ނަގައިގެން ފިލި ފަހުން މީރް ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ޖުލައި ފަހެއްގައި އޭނާ ހުށަހެޅި ޝަކުވާއަށްފަހު ޝާހީން ކައިވެނިކޮށްފައި ތިބި 11 ވަރަކަށް ފިރިހެނުންގެ މައްސަލައަކީވެސް އެކަކާއި ގުޅިފައި ހުރި މައްސަލައެއްކަމަށް ފުލުހުންނަށް ޝައްކުކުރެވުނެވެ. މިހާރު ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

އިންޑިއާގައި ބައެއް މުސްލިމުން ކައިވެނިކުރަނީ 'މެހްރު' ދޭ ގޮތަށް ޝަރުތުކޮށްގެން ވެވޭ އެއްބަސްވުމުގެ ދަށުންނެވެ. ޝާހީން އެ ހުރިހާ ފިރިހެނުންނާއި ކައިވެނިކުރީ އެ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބެލެވެއެވެ.

ކައިވެންޏަށް މަސްތަކެއް ފުރުމުން، ކޮންމެ ފަހަރަކުވެސް ޝާހީން އެ ފައިސާގެ އިތުރަށް ގަހަނާތައްވެސް ވަގަށް ނަގައިގެން ފިލައިގެން ދާ ކަމަށް ވެއެވެ. އޭނާ ކަފާލާތަށް އެދުނު ކަން އެނގުމުން، ކޯޓު ކުރިމައްޗަށް ފިރިހެނުންތަކެއް އެއްވެ، އޭނާއާއި ދެކޮޅަށް ވާހަކަދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަވަށުމީހުން

    ދެން 14 ހަމަ ކޮއްލަން ޤާޒީ އާއި ކައިވެނިކުރޭ..

    11
  2. Anonymous

    މާލޭގައި ވެސް އެބައުޅޭ ތިކަހަލަ އަންހެނުން. މާލޭގައި އުޅޭ ތިކަހަލަ އަންހެނުން ވެސް މީހުނާ އިންނަނީ ފައިސާގެ ބޭނުމުގަ. ފިރިން ލައްވާ ލޯނު ނަގުވައިގެން ފިރިމީހާ ދަރުވާލާފަ ކޮންމެ ފަހަރަކު ވަރިވަނީ. މި މައްސަލަ ބަލާނެ މުއައްސަސާއެއް މިރާއްޖެއަކު ނެތް.

    16
    1
  3. ދަރަނި ދަންތުރަ

    ހީވޭ ކަމެއްހެން އަންހެނުން ފިރިހެނުންނާ ހަމަ ހަމަ މޮންފި ނަމަ ކޮބައިތޯ ސަލާމަތް ، އިސްލާމްދީނުގައި އަންހެނުންނަށް 4 ފިރިން ހުއްދަ ނަމަ އަދި ކިހާވަރެއް މިމަންޖެ އަރުވާލާނެބާ

    5
    1