ޒަމާނަށް އައި ބޮޑު ބަދަލާއެކު އަންހެނުން ފިިރިހެން ރަހުމަތްތެރިން ގެންގުޅުމާއި، ފިރިހެނުން އަންހެން ރަހުމަތްތެރިން ގިނަ ގެންގުޅޭ ހިސާބަށް މި ވަނީ ގޮސްފައެވެ. އެކަމާއި ވަރަށް ބޮޑަށް ދެ ލޯބިވެރިންގެ ދެމެދުގައިވެސް މައްސަލަ ޖެހެއެވެ. ހާއްސަކޮށް ފިރިހެނުން އެ މީހުންގެ ލޯބިވެރިޔާ ގިނަ ފިރިހެން ރަހުމަތްތެރިން ގެންގުޅޭނަމަ މައްސަލަ ޖައްސާ ވާހަކަ އަޑުއިވެއެވެ.

ލޯބިވެރިޔާ އެ މައްސަލަ ނުޖައްސާ އަންހެނުން އެ ރަހުމަތްތެރިކަން ފިރިހެނުންނާއި ބޭއްވިދާނެ ގޮތްތަކައް ބާލަލަމާ ހިނގާށެވެ.

ވާހަކަދައްކާލަމާ

ވާހަކަދެއްކުމަކީ ކަންކަން ވަރަށް އަވަހަށް ހައްލުކުރެވޭނެ ގޮތެކެވެ. ވާހަކަދައްކައިގެން ކަންކަން ހައްލުވެސް ވަނެއެވެ. އެހެންކަމުން ތިމާގެ ލޯބިވެރިޔާ ކައިރިން އަހަންވީ ތިމާ ފިރިހެން ރަހުމަތްތެރިން ގެންގުޅޭއިރު އޭނާއަށް ކަމުނުދަނީ ކޮން ކަންތައްތަކެއްތޯއެވެ. އަދި އޭނާ އެ ބުނާ ކަންތައް ނުކުރުމަށް ތިމާ އިސްކަން ދޭށެވެ. އަދި ތިމާ ލޯބިވެރިޔާ ކައިރީގައި އޭ ރަހުމަތްތެރިންނާއި އޮތް ގުޅުންތަކާއި ގުޅެގޮތުން ވާހަކަދައްކާށެވެ.

ތެދުވެރިވުން

ލޯބިވެރިޔާއަށް ތެެދުވެރިވާށެވެ. އަދި ކުރާ ސުވާލުތަކަށް ތެދަށް ޖަވާބުދޭށެވެ. އެހެން ނޫންކަމުގައިވާނަމަ ވަރަށް އަވަހަށް މައްސަލަ ޖެހޭނެއެވެ. ލޯބިވެރިޔާ ތިމާ ކައިރިން ފިރިހެން ރަހުމަތްތެރިން ގެންގުޅެނީ ކީއްވެތޯ އަހައިފިނަމަ އެފަދަ ސުވާލުތަކަަށް ޖަވާބުދޭންވާނީ އޭނާވެސް ރުޅިއަންނަ ނޫނީ ހިތްހަމަ ނުޖެހޭ ފަަދަ ގޮތަކަށް ނޫނެވެ. މީގެ އިތުރުން، ފިރިހެން ރަހުމަތްތެރިންނާއެކު ބޭރަށް ދާނަމަ، ލޯބިވެރިޔާ ކައިރިން ހުއްދަ ހޯދުމާއި، އެކަމުގައިވެސް ތެދުވެރިވުން މުހިންމެވެ.

ލޯބިވެރިޔާއެކީގައި ރަހުމަތްތެރިންނާއި ބައްދަލުކުރުން

މިއީވެސް ކުރެވިދާނެ ކަމެކެވެ. އެއިރުން ލޯބިވެރިޔާ މާބޮޑަށްވެސް ތިމާގެ ރަހުމަތްތެރިންގެ ކަންތަކާއި ދެބަސްވުމަކަށް ނުދާނެއެވެ. އެއިރުން ތިމާ ރަހުމަތްތެރިންނާއި އޮތް ގުޅުން ވަރަށް ރަނގަޅަށް ލޯބިވެރިޔާއަށް ހާމަވެގެންދާނެއެވެ.

އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. އަދި އެއީ ވަކި ނުކުރެވޭނެ ގުޅުމެކެވެ. އެހެންކަމުން އެކަށީގެންވާ ސަބަބެއް ނެތި ލޯބިވެރިޔާ އޭނާގެ ރަހުމަތްތެރިޔަކާއި ދުރުކުރުން އެއީ އެންމެ ރަނގަޅު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނގަޅު ލިޔުމެއްނޫން

    ފުރަތަމަ ކަމަކަށް އިސްލާމްދީނުގަ ލޯބިވެރިން ގެންގުޅުމެއް ނޯވޭ. ބޮޑު ހަރާމްކަމެއް. މަގުބޫލް އުޒުރަކާލައިގެން ނޫނީ އަންހެނަކު ހިލޭ ފިރިހެނަކާ ވާހަކަ ދެއްކުމެއް ނޯވޭ. ވީއިރު ހިލޭ ފިރިހެނަކާ އެކީ އުޅުން ހުއްދަ ވާނެ ގޮތެއް ބުނެލަދީބަލަ ލިޔުންތެރިޔާ.