ޔޫރަޕަކީ ޒަމާނުއްސުރެ އެމީހުންގެ އާޓިސްޓިކް މިއުޒިންތަކުގެ ތެރެއަށް ޑައިވް ކުރަން ބޭނުންވާ އާޓިސްޓުންނަށް ގެޓްއަވޭއެކެވެ. މި ކޮންޓިނެންޓްގެ ހިތްގައިމު މަންޒިލްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ތަަނަކީ އިޓަލީގެ ސިސިލީ އައިލެންޑެވެ.

މިގޮތުން ސިސިލީއަށް ބަދަލުވާން ވިސްނަމުންދާނަމަ މިއީ ރަނގަޅު ފުރުސަތަކަށް ވެގެން ދާނެއެވެ. މިގޮތުން ސަމްބުކާ ޑި ސިސިލިއާ ނަމަކަށް ކިޔާ އަވަށުން ވަނީ ނަސީބުވެރި ދެ ފަންނާނަކަށް އެތަނުގައި ހިލޭ ތިބުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ދާދި ފަހުން ސިސިލީ މީސް މީޑިއާގެ ޓްރެންޑިން ނަމަކަށް ވީ އިޓަލީގެ އެ އަވަށުން ދޫކޮށްލާފައިވާ ގެތައް އެއް ޑޮލަރަށް ވުރެ ކުޑަ އަގެއްގައި ދޭން އުޅޭ ކަމުގެ ވާހަކަތަކާއި ގުޅިގެންނެވެ.

މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުރިހާ ވައްތަރެއްގެ ފަންނާނުންގެ އެޕްލިކޭޝަންތައް މިތަނުން ދަނީ ބަލަމުންނެވެ.

މިގޮތުން އެޑްވެންޗާއަށް ހޮވޭ ދެ އާޓިސްޓުންނަށް އަވަށްޓެރިންގެ ގޮތުގައި ރީތި ގޭގޭގައި ދިރިއުޅުމުގެ ފުރުސަތު ލިބޭނެއެވެ. ވިއްކަން ހަމަޖެހިފައިވާ މިއިން ކޮންމެ ގެއެއްގައި ސިޓިންރޫމަކާއި ކާކޮޓަރިއަކާއި ބަދިގެއަކާއި އޮފީހަކާއި ކައިރީގައި ހުރި މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަ ބެލްކަނީއެއް ހުރެއެވެ. އެތަނުގައި މަޑު ކުރުމުން 2،000 ޔޫރޯ ލިބިގެންދާއިރު، ހޮވޭ ކޮންމެ ފަންނާނަކަށް ވެސް މަސް ދުވަހުގެ މުއްދަތަށް ތިބުމަށް 1،200 ޔޫރޯގެ ސަޕްލައިއަށް އެލަވަންސެއް ލިބޭނެެއެެވެ.

ޓައިމްއައުޓަށް މައުލޫމާތު ދެއްވަމުން މޭޔަރު ޖުސެއްޕޭ ކެސިއޯޕޯ ވިދާޅުވީ އާޓިސްޓުންގެ އެއް މަސް ދުވަހުގެ ހިލޭ ތިބުމުގެ ބަދަލުގައި އެ ރަށުގައި ހޭދަކުރި ވަގުތުގެ އާޓް ހަދިޔާ ކުރަން ޖެހޭނެ ކަމަށެވެ.