ހޫނުގަދަވެ ކުރިމަތިވަމުންދާ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން އިޓަލީގެ ޕަލެރްމޯ އެއާޕޯޓު ބަންދު ކުރަން ޖެހިއްޖެއެވެ.

ޔޫރަޕްގެ ދެކުނުގެ އެކި ހިސާބަށް ހޫނު ގަދަވެ، އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. މީގެ ސަބަބުން މީހުން މަރުވުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

އިޓަލީއަށް މޫސުން ގޯސްވެ، ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި އެގައުމުގެ އުތުރުން ދެ މީހަކު ވަނީ މަރުވެފައެވެ.

ސިސިލިއަންގައި ހުންނަ އެއާޕޯޓު ހިންގާ އޮޕަރޭޓަރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ އެއާޕޯޓް ބަންދު ކުރަން ޖެހުނީ އަލިފާން ނިއްވާ ފަރާތްތަކުން ކައިރީގައި އޮތް ސަރަހައްދެއްގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަނާތީ ކަމަށެެވެ.

އެކަމުގެ ސަބަބުން މަގުތަކާއި ރޭލު ދަތުރުފަތުރަށް ވެސް ވަނީ އަރައިފައެވެ.

މި ހާދިސާގެ ސަބަބުން ފަތުރުވެރިން ގިނައިން އަންނަ މި ސީޒަންގައި ސިސިލީއަށް ހިތްދަތިކަން އިތުރުވެގެން ގޮސްފައިވާ ކަމަށް ވެއެވެ.

އިޓަލީގެ ފަސްވަނައަށް އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ކެޓަލޯނިއާގެ މައި އެއާޕޯޓު ޓާމިނަލް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މިދިޔަ ހަފުތާގައި ބަންދުކޮށް އަލުން ހުޅުވީ މަދު ފްލައިޓަކަށެވެ.

އިރުމަތީ ސިސިލީގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 47.6 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށްެސް ވެއެވެ.

އިޓަލީއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިދިޔަ މެއި މަހު އިޓަލީއަށް ވަނީ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކާއި ކުރިމަތިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިފާނު

    އައްދޯތް. މިއޮއްކަމެއް. އަލިފާނު
    އަލިފާނު އަލިފާނު އަލިފާނު ޕަކ

  2. އަލިފާނު

    އައްދޯތް. މިއޮއްކަމެއް. އަލިފާނު
    އަލިފާނު އަލިފާނު އަލިފާނު ޕަކާ