ބޮލީވުޑްގެ މަސްހޫރު ފަންނާން، ސަލްމާން ޚާން ފިލްމެއް ކުޅުމަށް ސްރަދާ ކަޕޫރު އަށް ހުށައެޅި ހުށައެޅުމަކަށް އޭބާ ނޫނެކޭ ބުނިކަމަށް ސަލްމާން ޚާން ބުނެފިއެވެ.
ބޮލީވުޑްގައި ނަން ވިދާލާ މަސްހޫރު ތަރިއަކަށް ވުމަށްޓަކައި އެތަކެއް ގުރުބާނީތަކެއްވެ އެތައް އެތަށް މަސައްކަތެއް ކުރަން ޖެހޭއިރު ސަލްމާން ޚާން ފަދަ މަސްހޫރު ފަންނާނަކު ހުށައެޅި ހުށައެޅުމަށް ސްރަދާ ކަޕޫރު އިންކާރު ކުރީ ކީއްވެގެން ތޯ ބައެއް ބޭފުޅުން އަންނަނީ ސްވާލު ކުރަމުންނެވެ.
ނަމަވެސް ސްރަދާ ސަލްމާން ޚާންގެ ފިލްމަކަށް އިންކާރުކޮށްގެން މިއުޅެނީ މިއަދަކު ހުށައެޅި ފިލްމަކަށް ނޫނެވެ. ސަލްމާން ޚާން ވަނީ ސްރަދާ އަށް އުމުރުން އެންމެ 16 އަހަރުގައި ފިލްމެއް ކުޅުމަށް ހުށައަޅާފައެވެ. އެފަހަރު ސްރަދާ އެ ހުށައެޅުމަށް އިންކާރު ކުރީ އޭނާ ކިޔެވުމަށް އިސްކަން ދިނުމަށްކަމަށް ބުނެއެވެ. އެހާ ކުރީގައި ސަލްމާން ޚާން އަށް އޭނާ ފާހަގަ ކުރެވުނީ ސްރަދާ ކިޔެވި ސްކޫލްގައި ބޭއްވި ކޮންސާޓެއްގައި އޭނާ ދެއްކި މޮޅު ހުނަރުންނެވެ.
އެފުރުސަތު އޭރު ގަބޫލް ނުކުރި ނަމަވެސް ސްރަދާ ކަޕޫރަކީ މިހާރު ބޮލީވުޑްގައި އަޑުފެތުރިފައިވާ ކާމިޔާބުތަކެއް ހޯދަމުން އަންނަ ފަންނާނެކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ފިލްމްތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ހާފް ގާލްފްރެންޑް، ހައިދަރު، އޭކް ވިލަން އަދީ ބާގީ ހިމެނެއެވެ.
ސްރަދާ ކަޕޫރު އެންމެ ފުރަތަމަ ބޮލީވުޑް ފިލްމެއްގެ މުޙިއްމު ރޯލްއަކުން ފެނިގެން ދިޔައީ 2011 ވަނަ އަހަރު އޭނާ ކުޅުނު ފިލްމް "ލަވް ކާ ދި އެންޑް" ކިޔާ ފިލްމަކުންނެވެ. އޭގެ ކުރިން 2010 ވަނަ އަހަރު ވަނީ ފިލްމަކުން ވަރަށްކުޑަ ތަންކޮޅެއް ކުޅެފައެވެ. ސްރަދާ ކަޕޫރު ވިދާލީ އޭނާ "އާޝިޤީ 2" ގައި ދައްކުވައިދިން މޮޅު ހުނަރުގެ ސަބަބުންނެވެ.
ކޮން ސަރްދާ އެއްތަ؟؟
ސްރަދާ އަކީ މިހާރު ބޮލީވުޑްގަކާމިޔާބުތަކެއް ހޯދަމުން އަންނަ ފަންނާނެށް!!!!!!