ބޮލީވުޑްގެ ބައެއް ތަރިންނަކީ އެ މީހުންގެ ރީތިކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކާ ތަރިންނެވެ. އެ ތަރިން ރީތި ނަމަވެސް އެ ތަރިން މަޝްހޫރެއް ނުވިއެވެ.

އޭގެ ތެރެއިން ބައެއް ތަރިންނަށް ބަލާލަމާ ހިނގާށެވެ.

ޝްރޫތީ ހަސަން

މިއީ ސައުތް އިންޑިއަން ފިލްމް އިންޑަސްޓްރީގައި އުޅެމުން އަންނަ ތަރިއެކެވެ. ބޮލީވުޑްގެ ގިނަ ފިލްމްތަކުން އޭނާ ފެނުނު ނަމަވެސް އެކްޓް ކުރަން އޭނާއަކާށް ނޭގޭ އެވެ. ޝްރޫތީ އަކީ ސައުތް އިންޑިއަން ފިލްމް އިންޑަސްޓްރީގައި މީގެ ކުރިން ތަރިންގެ ގޮތުަގައި ފެނިގެން ދިޔަ ކަމަލް ހަސަން އާއި ސަރިކާގެ ދަރިއެކެވެ. އެންމެ ފުރަތަމަ އޭނާ ބޮލީވުޑްއަށް ތައާރަފްވެގެން ދިޔައީ ފިލްމް ލަކް އިންނެވެ. އޭގެ ފަހުންވެސް އޭނާގެ ރީތިކަމަށް ބަދަލު ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، ފިލްމީ ދާއިރާގައި އޭނާ މަޝްހޫރެއް ނުވިއެވެ.

އެހެން ނަމަވެސް އޭނާ ކޮންމެވެސް ވަރަކަށް ބަޔަކު ބަލައިގެންފައި ވަނީ ލަވަކިޔަން ފެށިފަހުންނެވެ. އޭނާ ފެނިގެން ދިޔަ ބައެއް ފިލްމްތަކަށް ބަލާއިރު، ރޮކީ ހޭންޑްސަމް، ރަމައްޔާ ވަސްތަވައްޔާ، ގައްބާރް އިޒް ބެކް، ވެލްކަމް ބެކް ހިމެނެއެވެ.

ޕެރެއިތީ ޒިންތާ

މިއީ މަޝްހޫރު ފިލްމްތަކުން ފެނުނު ތަރިއެކެވެ. އޭގެ ތެރޭގައި ކަލްހޯނަހޯ، ވިޜް ޒަރާ، ދިލް ޗަހްތާހޭ، ސަލާމް ނަމަސްތޭ ފަދަ ފިލްމްތައް ހިމެނެއެވެ. ޕެރެއިތީއަށް ފިލްމް ފެއާ އެވޯޑްގައި ބެސްޓް ފީމެލް ޑީބަޓްވެސް ލިބުނެވެ. އެއީ އޭނާ ކުޅުނު ދިލްސޭ އިންނާއި ސޯލްޑިއާއިންނެވެ. އެއަށްފަހު އޭނާ ވަރަށް ބޮަޑަށް އިތުރު ފިލްމްތަކުން މަޝްހޫރުކަމެއް ހޯދަން މަސައްކަތް ކުރިނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފައެވެ. ޕެރެއިތީ ވަނީ ޓެލަގޫ، ޕުންޖާބީ އަދި އިނގިރޭސި ފިލްމްތައްވެސް ކުޅެފައެވެ.

އަމީޝާ ޕަޓޭލް

މިއީ ބޮލީވުޑްގައި ގިނަ ބަޔަކަށް ރީތިވި އެއް ތަރިއެވެ. އޭނާގެ ރީތިކަން އޯޑިއަންސްއަށް އެނގިގެންދިޔައީ ރިތިކް ރޯޝަން އާއެކު ކަހޯނާ ޕްޔާރް ހޭއިން ފެނުނު ހިސާބުންނެވެ. އޭގެ ފަހުން އޭކް ޕްރޭމް ކަތާ، ހުމްރާޒް، އިންވެސް އޭނާ ފެނިގެންދިޔައިރު، ހުމްރާޒްއިން އޭނާ ބެސްޓް އެކްޓްރެސް އެވޯޑަށްވެސް ނޮމިނޭޓްވިއެވެ.

މިނިއްޝާ ލަމްބާ

އެންމެ ފުރަތަމަ އޭނާ ފެނިގެން ދިިޔައީ ނޫސްވެރިއެއްގެ ގޮތުގައެވެ. އޭނާ ފިލްމީ ދާރިއާއަށް ވަދުނު ނަމަވެސް އެކަންވީ ނާކާމިޔާބެވެ. އޭނާ ފިލްމީ ދާއިރާއަށް ވަދެފައި ވަނީ ޔަހާން އިންނެވެ. އޭގެ ފަހުން ބަޗްނާ އޭ ހަސީނޯ، ވެލްޑަން އައްބާ، ބީޖާ ފްރައި 2 އިން ފެނުނު ނަމަވެސް، އޭނާ އެއްވެސް ވަރަަކަށް މަޝްހޫރެއް ނުވިއެވެ. އެއާއެކު އޭނާ އެދާއިރާ ދޫކޮށްލީއެވެ. ދެން އޭނާ ފެނިގެން ދިޔައީ ބިގް ބޮސް 8 އިންނެވެ.

އީޝާ ޑިއޯލް

މިއީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. 2002 ވަނަ އަހަރު ނުކުތް ކޮއި މެރެ ދިލްސެ ޕޫޗޭ އިން އޭނާގެ ފުރަތަމަ ފެނިލުން ފެނިގެން ދިޔައެވެ. އޭގެން އޭނާ ދައްކުވައިދިން ރޯލުން ފިލްމް އެވޯޑަށްވެސް ދިޔައެވެ. އޭނާއަކީ އެހެން ބައެއް ފިލްމްތަކުންނާއި މަޝްހޫރު ބައެއް ތަރިން ކަމަށްވާ ސަލްމާން ޚާން، އަކްޝޭ، އަޖޭ ފަދަ ތަރިންނާއެކު ފިލްމް ކުޅެން ފުރުސަތު ލިބުނު މީހެކެވެ. އަދި ބައެއް އެހެން ފިލްމްތައް ކުޅުމާއި، މަޝްހޫރު ސީރީޒްތަކުން އޭނާ ފެނިގެން ދިޔައެވެ. އެހެން ނަމަވެސް އެކްޓް ކުރުމުގެ މާބޮޑު ހުނަރުވެރިކަމެއް ނެތްކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕްރިތީ، އީޝާ ޑިއޯލް، އަމީޝާ ޕަޓޭލް މޮޅު ނުވީއެއް ނޫން.

    އެމީހުން އަމިއްލައަށް އިންޑަސްޓްރީއާއި ދުރުވީ. ރަނގަޅަށް މައޫލޫމާތު ހޯދައި

    ލިބިގަނެގެން ޙަބަރު ލިޔެބަލަ!! ވަރަށް ފޫހިވެ.

  2. މި ލިސްޓުގައި ނިއުމާ ނެތީ ކީއްވެ؟ ބޮލީވުޑް ނޫނަސް ވަރިހަމަ.

  3. ދެން ކީއްވެ އެވޯޑު ލިބެނީ

  4. ރާއްޖޭގަ ވެސް އުޅޭތިކަހަލަ ބައެއް ތަރިން އަޅެއެމީހުންގެ ވާހަކަ ލިޔެބަލަ ކީއްވެތަ ބޮލީވުޑް ތިޔަ ޕުރޮމޯޓް ކުރަނީ ވަރަށް ފޫހިވޭ

  5. ޑެބިއު އޭކިޔަނި. ޑީބަޓެއް ނޫން.

  6. ދިވެހި ބަހުގަ ނުކިޔާނެ ވަދުނީ އެއް