މަޝްހޫރް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު "ބާރަތު" ގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ އެކްޓްރެސް ދިޝާ ޕަތާނީ އަނިޔާވުމާއި ގުޅިގެން ފިލްމުގެ ޝޫޓިން ހުއްޓާލިނަމަވެސް، މިހާރު އަނެއްކާ ފިލްމުގެ މަސައްކަތައިގެން އޭނާ އުޅެމުންދާކަމަށް ދިޝާ ބުނެފިއެވެ.

މީސްމީޑިއާގައި ވީޑިއޯއެއް ޕޯސްޓްކުރުމަށްފަހު ދިޝާ ބުނެފައިވަނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އަނެއްކާވެސް "ބާރަތު" ގެ ޝޫޓިންގެ މަސައްކަތަށް އެނބުރި އައިސްފައިވާ ކަމުގައެވެ.

https://www.instagram.com/p/BnAVkoyFH42/?utm_source=ig_embed&utm_campaign=embed_loading_state_control

ދިޝާއަށް އަނިޔާ ވެފައިވަނީ "ބާރަތު" ގައި އޭނާ ދައްކާލާ މޮޅު ޖިމްނާސްޓިކް ސްޓަންޓްއަކަށް ޕްރެކްޓިސް ކުރަމުންދަނިކޮށެވެ. ސްޓަންޓް ޖައްސަމުންދަނިކޮށް ފައި ފުރޮޅާލައިގެން ދިޝާގެ ކަކުލުހުޅަށް ވަނީ އަނިޔާ ވެފައެވެ.

ދިޝާއަށް ޓްރެއިނިން ދިނުމަށް އިންޓަނޭޝަނަލް ޓްރެއިނަރުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް، އޭނާގެ ފައި ފުރޮޅާލުމުގެ ސަބަބުން އޭނާގެ ކަކުލު ހުޅަށް ވަނީ އަނިޔާވެފައެވެ. އަދި އޭނާ ބެއްލެވި ޑަކޮޓަރު ވަނީ އެހާބޮޑަށް ހަރަކާތްތެރިވެ ނޫޅުމަށް ދިޝާއަށް ލަފާދެއްވާފައެވެ. އެހެންވެ ދިޝާ އެނބުރު މަސައްކަތްތަކަށް މިއައީ ބެޑްރެސްޓްގައި ކުޑަ ދުވަސްކޮޅަކު މަޑުކުރުމަށްފަހުއެވެ.

އިންސްޓަގްރާމުގައިވެސް މިލިއަނެއްހަިއ ފޮލޯވަރުން ތިބި ދިޝާ އަކީ އަބަދުވެސް އޭނާގެ މޮޅު ސްޓަންޓް ތަކުގެ ސަބަބުން މީހުންގެ ސަމާލުކަން ހޯދައިފައިވާ އަދި އެންމެ "ފިޓް" އެކްޓްރެސްއިން ތަކުގެ ތެރޭގައިވެސް ހިމެނޭ މޮޅު ނެށުންތެރިއެއްވެސް މެއެވެ.

ސައުތު ކޮރެޔާގެ ފިލްމެއް އަސްލަކަށް ބަލައިގެން ޑައިރެކްޓަރު އަލީ އުފައްދާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައެވެ. އަދި މި ފިލްމުގައި ދިޝާއާއިއެކު ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ސަލްމާން ޚާންއެވެ.

ކިޔުންތެރިންގެ ހިޔާލު