ކަލާސް ޓީވީގެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 17" މުނައްވަރު ފާރޫގީ ކާމިޔާބުކޮށްފިއެވެ.

މުނައްވަރާއި އެކީ "ބިގް ބޮސް 17" ގެ ގަދަ 5 އަށް ވާދަކުރީ މަޝްހޫރު ޓީވީ ބަތަލާ އަންކިތާ ލޯކަންޑޭ އާއި ޓީވީ އެކްޓަރު އަބީޝެކް ކުމާރާއި މަނާރާ ޗޯޕްޅާގެ އިތުރުން ސޯޝަލް މީޑިއާ އިން އާންމުންގެ ސަމާލުކަން ހޯދީ އަރޫން ސްރީކާންތެވެ.

އުމުރުން 32 އަހަރުގެ މުނައްވަރަކީ ކުރިން ވެސް ރިއަލިޓީ ޝޯއެއް ކާމިޔާބުކޮށްފައިވާ "ސްޓޭންޑް-އަޕް" ކޮމީޑިއަނެކެވެ. އޭނާ ކުރިން ކާމިޔާބުކުރި ޝޯ އަކީ ވެބް ޝޯއެއްގެ ގޮތުގައި ގެނެސްދިން 2022 ގެ "ލޮކް އަޕް" ގެ ފުރަތަމަ ސީޒަނެވެ. އެ ޝޯ އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އޭނަގެ ސްޓްރީމިން ޕްލެޓްފޯމް، އޯލްޓް ބާލާޖީ އަށް ބަތަލާ ކަންގަނާ ރަނާވަތު ހޯސްޓްކުރި ޝޯއެކެވެ.

ފާހަގަކޮށްލެވޭ އިތުރު ކަމަކީ މުނައްވަރަކީ ޅެންވެރިއެއް ކަމެވެ. ބިގް ބޮސް މި ޝޯގައި ވެސް މުނައްވަރުގެ ތަފާތު މޮޅެތި ޅެންތަކެެއް ވެސް ފެނިގެން ގޮސްފައި ވެއެވެ. ޝޯ އަށް ގިނަ ތަރިންގެ މެދުގައި ވެސް އެކަން ވަނީ ފާހަގަވެގެން ގޮއްސައެވެ.

އެހެން ނަމަވެސް މި ޝޯގެ ތެރެއިން މުނައްވަރުގެ ޒާތީ އެތައް ކަމެއް ފެންމަތިވަމުން އައި ނަމަވެސް އޭނާގެ ހުނަރުން ބެލުންތެރިންގެ ހިތް ފަތަހަކޮށް ޝޯ ކާމިޔާބު ކޮށްފައެވެ.

ބިގް ބޮސް 17" ރޭ ނިންމައިލި އިރު، ޖުމްލަ 18 ބައިވެރިންނާ އެކީ މި ޝޯ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައެވެ.

މި ޝޯގެ ހޯސްޓަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުންޖިޗޭ

    #ބޮއިކޮޓް ބޮލީވުޑް.
    #ބޮއިކޮޓް ސަލްމާންޚާން.
    #ބޮއިކޮޓް ހިންދީ ފިލްމް އިންޑަސްޓްރީ.

    21
    2
  2. ހެ

    ބޮއިކޮޓް ބިގް ބޮސް

    17
    2