މިއީ އެހެން އަވަށްތަކާއި އަޅާބަލާއިރު، މުޅިންވެސް ތަފާތު އަވަށެކެވެ. އެއަވަށް ތަފާތުވާ އެންމެބޮޑު އެއް ސަބަބަކީ އަވަށުގެ ކޮންމެ މީހެއްގެ އަތުގައި މަތިންދާބޯޓެއް އޮތުމުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ވަނީ އެމެރިކާއަށް ދޫކޮށްފައެވެ. އަދި އޭގެ ފަހުން 1946 ވަނަ އަހަރާއި ހަމައަށް އެގައުމުގައި 400،000 އަށްވުރެ ގިނަ ޕައިލެޓުން ވަނީ ތަމްރީނުވެފައެވެ.

އޭގެ ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އަވަށެއްގެ ހުރިހާ އެންމެން އޭވިއޭޝަން ދާއިރާއާއި ގުޅޭނެ ކަހަލަ އުސޫލެއް ނެރެފައެވެ. މިއާއިއެކީ ކެލިފޯނިއާގެ ކެމެރޮންގައި ވަނީ "އެއާޕާކެއް" ހުޅުވާފައެވެ.

މި ސަރަހައްދުގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކަށް އެވީޑީއޯ ފެނި ވަނީ ހައިރާންކަމެއް ލިބިފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ހިސާބުގެ ހުރިހާ ގެއެއްގެ ދޮރުމަތީ ކަހަލަ ގޮތަކަށް މަތިންދާބޯޓެއް އޮވެއެވެ. ގިނަ ބަޔަކު ބޯޓުތައް ބަހައްޓާފައިވަނީ ކާރުތައް ބަހައްޓާ އުސޫލުން ގަރާޖުތަކުގައެވެ. މީގެ އިތުރުން ކާރުތައް ޕާކު ކޮށްފައި ހުންނަ އުސޫލުން ބޯޓުތައްވެސް ޕާކު ކޮށްފައި ހުންނަ މަންޒަރު ފެނެއެވެ.

އެންމެ ހިތްހަމަ ޖެހޭ މަންޒަރަކީ، މި އަވަށުގެ މަގުތައް ފްލައިޓްތަކަށް ދަތުރު ކުރެވޭ ވަރަށް ފުޅާ ކޮށްފައި ހުރުމެވެ. އަދި އެ އަވަށުގެ ގިނަ މީހުން ވަޒީފާ އަދާ ކުރުމަށްވެސް ކާރުތަކުގެ ބަދަލުގައި އަންނަނީ މިފަދަ ބޯޓުތައް ބޭނުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތި އަވަށުގައި އުޅެނީ ކިތައް މީހުން؟ ހައެއްކަ މީހުން ކޮންމެ މީހަކު މަތިންދާބޯޓެއް ގެންގުޅުމުން އެއީ ދެމިޔަކަނުން ސޮނިބާލަންޖެހޭ ކަމެއްނޫން.

    14
    1