ލ. ގަމުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިިބިއްޖެ އެވެ.

މިއަދު ހަވީރު 5:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ މުކުރި މަގުގައެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައި ވެއެވެ. ދެ ސައިކަލުގައިވެސް ތިބީ އަންހެނަކާއި، ފިރިހެނަކާއި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 55 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ އަންހެނަކަށާއި، 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ވަގުތު"އަށް ވިދާޅުވީ، 55 އަހަރުގެ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި 28 އަހަރުގެ އަންހެން މީހާގެ ކަރުކައިރިން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީކޭ ބުނާނީ...

    ♡ ދެކަނބަލުނަށްވެސް އަވަސް ޝިފާއެއް ދެއްްވާށި. ޢާމީން.! ޔާﷲ ! ♡

    13