އިންސާނިޔަތަށްޓަކައި މަސައްކަތް ކުރާ، ގިނަ ބައެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދީފައިވާ ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސޯނޫ ސޫދަށް އެއްދުވަހާ ގިނަގުނަ އެހީގެ އާދޭހެއް ލިބެއެވެ.

ސޯނޫ ސޫދުގެ މި މަސައްކަތަށް އެއް ބަޔަކު ހަޖޫވެސް ޖަހައެވެ. އަނެއް ބަޔަކު އޭނާއަކީ ދެއްކުންތެރިކަމަށް އުޅޭ ''ފޭކް'' މީހެއް ކަމުގައި ވެސް ބުނެއެވެ.

ސޯނޫއަށް ކޮންމެ ދުވަހަކު އަންނަ އެހީގެ އާދޭސްތަކުގައި ބައެއް މީހުން ޖެއްސުމަށާއި މަޖަލަށް ވެސް އެއްޗެހި ބުނެފައި ހުރެއެވެ. މިފަދަ ފަރާތްތަކަށް ސޯނޫގެ ޖަވާބު ވެސް ދެނީ މަޖާކޮށެވެ.

ޕާރތް ނަމަކަށް ކިޔާ މީހަކު ސޯނޫ ސޫދަށް ނިސްބަތްކޮށް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ ރާއްޖެ އަންނަން ބޭނުންވާ ކަމަށާއި އެކަމަށް އެހީތެރިވެދިނުމަށެވެ. މީހަކު މަޖަލަކަށް ކުރި މި ޓްވީޓަށް ޖަވާބުދެމުން ސޯނޫ ބުނެފައިވަނީ ރާއްޖެ ދިޔުމަށް އިޚްތިޔާރު ކުރާނީ ސައިކަލެއްތޯ ނުވަތަ ރިކްޝާ (ކުރޮޅި) ތޯއެވެ.

މީގެ ކުރިން ވެސް މީހަކު ކާރެއް ބޭނުންވެގެން ކުރި މެސެޖަކަށް ޖަވާބުދެމުން ބުނެފައިވަނީ އަމިއްލަ ކާރު ދުއްވަނީ ކީއްކުރަންތޯ އާއި ސޯނޫ އެ މީހާ ބޭނުންވާ ތަނަކަށް ގެންގޮސްދޭނެކަމަށާއި ބޭނުން ވަނީ ކޮންކަހަލަ ކާރެއްގައި ދާންތޯއާއި އަދި ކާރުގެ އޭސީ ބަހައްޓައިދޭންވީ ކިހައި ވަރެއްގައި ތޯއެވެ.

މިގޮތަށް މީހުންނަށް އެހީތެރިވެ ދިނުމުގެ ތެރެއިން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާގެ އަތުގައި 703،200 މީހުންގެ ގޭގެ ނަމާއި، ފޯނު ނަންބަރާއި އަދި އައިޑީ ކާޑު ނަންބަރު އޮތްކަމަށް ވެސް ސޯނޫ ބުނެފައިވެއެވެ. އަދި މި އަދަދު ދަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުން ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމޭދާން

    ސޮނޫ ގާތުގާ ދެން މީހަކު އެހެންއަހައިފިއްޔާ އިންޑިޔާ-ާރާއްޖެ ފެރީވާހަކަ ބުނާންހަދާކުާތި. އޭރުން "ޗޮކަކުން" ނުދާނެ.

    42
    5
  2. ޖަރީމާ ރާއްޖޭ

    ދެން މަ ހީހީ

    7
    2