މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން އިން ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައެވެ. މި ވައިރަސް ފެތުރެން ފެށި ފުރަތަމަ ދުވަސްވަރު އާއްމުން ފޭސް މާސްކު އަޅައިގެން އުޅުމަކީ މާ މުހިއްމު ކަމެއް ނޫންކަމަށް މާހިރުން ބުނި ނަމަވެސް، މިހާރު އެ ފަރާތްތަކުން ބުނަމުން އަންނަނީ ވައިރަސް ފެތުރުން ހުއްޓުވުމުގައި ފޭސް މާސްކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

ވައިރަހުގެ ކަންކަން ފުޅާ ދާއިރާ އެއްގައި ދިރާސާ ކުރަމުން އަންނަ އެމެރިކާގެ މީހަކު ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވޭނީ މީހުން މާސްކު އެޅުމަށް ދޭ ސަމާލުކަމުގެ މައްޗައް ކަމަށެވެ.

”މިހާރު އަހަރެމެންނަށް އެތައް ހެކިތަކެއް ފެނި، ސާބިތު ކުރެވިއްޖެ ފޭސް މާސްކު އެޅުމަކީ ވައިރަސް ޖެހުމުގެ ފުރުސަތު 50 އިންސައްތަ އަށް ކުޑަކޮށްދޭ ކަމެއްކަން. ކުރިއަށް އޮތް ދުވަސްތަކުގައި ވަައިރަސް ފެތުރޭ މިންވަރު ބިނާވެގެން ދާނީ ގައިދުރު ކުރުމާއި، ފޭސް މާސްކު އެޅުމަށް މީހުން ދޭ ސަމާލުކަމުގެ މައްޗައް.“ ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ހެލްތު ޑައިރެކްޓަރ ޑރ. ކްރިސް މުރޭ ވިދާޅުވިއެވެ.

މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން ފުރަބަންދުތައް އުވާލައި ގައިދުރު ކުރުމަށް ނަސޭހަތްތެރިވެ، ވައިރަސް ކޮންޓްރޯލް ކުރުން އޮތީ ރައްޔިތުންގެ އަތް މަތީގައިކަން ދަނީ ވިސްނުވައިދޭން މަސައްކަތް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މީގެ ކުރީން މި ރާއްޖޭގެ ސަރުކާރުން ބުނެގެން ޑޮކްޓަރުން އިރުޝާދު ދީނީ މާސްކު ނޭޅުމަށް. މާސްކު އަޅަން ވާނީ ހަމަ އެކަނި ބަލިޖެހިފައިވާ މީހުން އެކަނި ކަމަށް އޭރު ގޮވަމުން ދިޔައީ. އެކަމަކު ބަލިޖެހުނަސް ހުދު އެމީހަކަށް ވެސް ނޭނގޭ ބަލިޖެހިފައިވާ ހުރި ކަމެއް. ބުނަން މިއުޅޭ ވާހަކަ އަކީ ސަރުކާރުގެ ކުންފުނި އެސްޓިއޯގައި މާސްކުގެ ސޮޓޮކްޕައިލް އެއް އެވަގުތު ނެތުމަކީ މާސްކު އަޅަން ނުޖެހޭ ސަބަބެއް ނޫން ކަމަށް އަޅުގަނޑު ނުދެކެން..

  2. ކިނބޫ

    ރާއްޖޭގެ ޑޮކްޓަރުން ބުނަނީ މާސްކު އެޅުމަކީ ބޭކާރު ކަމެކޭ.