މި އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލެޖީ ކުންފުނި ކަމުގައިވާ އެޕަލް އިން އައިފޯނު 11 ނެރެފައި ވާއިރު މިހާރު ގިނަ ބަޔަކު ތިބީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 12ގެ އިންތިޒާރުގައެވެ.

މި އަހަރު ނެރުނު އައިފޯނު 11ގައި ހިމަނާފައިވާ ފީޗާސްތަކާއި އަޅާބަލާއިރު އެ ފޯނުގެ އަގުބޮޑު ނޫން ކަމަށް ގިނަ ފަރާތްތަކަކުން ގަބޫލު ކުރާއިރުގައި ސްމާޓްފޯން އިންޑަސްޓްރީގެ މާހިރެއް މިވަނީ ދާދި ފަހުން އުފާވެރި ހަބަރެއް ދީފައެވެ. އޭނާ ލަފާ ކުރާ ގޮތުގައި އެ ފޯނުގެ އަގު އައިފޯން 11 އަށް ވުރެން ބޮޑުވި ނަމަވެސް މާބޮޑު ތަނުން އަގުބޮޑު ނުވާނެއެވެ. މިން ޗި ކާއޯ ނަމަކަށް ކިޔާ އެ މީހާ މީގެ ކުރިން ނެރުނު އައިފޯނުގެ ތަކަށް ލަފާކުރި އަގުތައްވެސް ދިމާވެފައި ވާއިރު މިފަހަރު އޭނާ ބުނަނީ އައިފޯނު 12ގެ އަގު ބޮޑުވެގެން ދާނީ އިތުރަށް 50 ނުވަތަ އެންމެ މަތިވިއަސް 100 ޑޮލަރާއި ހަމައަށް ކަމަށެވެ.

ދާދި ފަހުން ތައާރަފްކުރި 5ޖީގެ ޙިދުމަތް ލިބޭގޮތަށް ތައްޔާރު ކުރާ އައިފޯން 12ގެ މުޅި ޑިޒައިންވެސް އެހެން އައިފޯން ތަކާއި އަޅާ ބަލާއިރު ތަފާތުވުމުގެ އިތުރުން، ބެޓެރި މިހާރަށް ވުރެންވެސް ރަނގަޅު ކުރުމާއި، މިވަގުތު މާކެޓުގައި ތިބި އެންމެ ކޮލިޓީ ފޯނުތަކަށް ގޮން ޖަހާލާނެ ކަމަށް ޓެކްނޮލީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ބުނަމުންނެވެ.

އައިފޯން 12 ނެރޭނެ ދުވަހެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އަންނަ އަހަރު އެ ކުންފުނިން ނެރުމަށް ހަމަޖެހިފައިވާ އައިފޯން އެސްއީ 2 އަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަސް ތެރޭގައި ނެރޭނެ ކަމަށް މިން ޗި ކާއޯ ވަނީ ބުނެފައެވެ. ތިއީ މި ފޯނުތަކުގެ އިންތިޒާރުގައި ހުރި މީހަކު ކަމުގައި ވާނަމަ އަވަހަށް ފައިސާ އެއްކުރަން ފަށާށެވެ.

ކިޔުންތެރިންގެ ހިޔާލު