ބޭބެ ރާކޭޝް ކަޓްވް މަރައިލިކަމުގެ ތުހުމަތުގައި ކަންޑާނާ ބަތަލާ ޝަނާޔާ ކަޓްވްގެ ޝާނާޔާ ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ރާކޭޝް މަަރައިލުމަށްފަހު އޭނާގެ ބޮލާއި ހަށިގަނޑުގެ އެކި ގުނަވަންތައް ވަނީ ވަކި ކޮށްލާފައެވެ. ރާކޭޝް ބޯ ފެނިފައިވަނީ ދެވަރަގްދިލާލް ޖަންގަލިންނެވެ. އަދި ހަށިގަނޑުގެ އެކި ބައިތައް ފެނިފައިވަނީ ގަޑަގް ރޯޑާއި ހުއްބާލީގެ އެކި ސަރަހައްދުތަކުން ކަމަށް ރިޕޯޓްގައިވެއެވެ.

ރާކޭޝްގެ މަރަށް ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ދާވަދް ޑިސްޓްރިކްޓް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ނިޔާޒު އަހުމަދު ކަޓިގަރ، ތޯސިފް ޗަންނައްޕުރު، އަލްތާފު މުއްލާ އަދި އަމަން ގިރާނީވާލޭއެވެ. މި މީހުން ހައްޔަރު ކޮށްފައި ވަނީ ހުއްބާލީ އަވަށުންނެވެ.

ރާކޭޝްގެ މަރައިލުމުގައި އޭނާގެ ކޮއްކޮ ބަތަލާ ޝަނާޔާ ބައިވެރިވެފައިވާކަން ހާމަވެފައިވަނީ ތަހުގީގުގެ ތެރެއިންނެވެ. ތަހުގީގުން އެނގުނު ގޮތުގައި ޝަނާޔާއާއި ނިޔާޒު އަހުމަދު ކަޓިގަރއާއި އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި ޝަނާޔާގެ ބޭބެ މި ގުޅުމަށް އެއްބަސް ނުވުމުން ރަކޭޝްގެ މަރައިލުމަށް ރާވާފައިވާކަން ތަހުގީގުން ދޭހަވިއެވެ.

ރާކޭޝް މަރައިލާފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން، އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. މި ދުވަހު ޝަނާޔާ ވެސް ވަނީ އޭނާގެ ކުރިއަށް އޮތް ފިލުމު ޕްރޮމޯޓް ކުރުމަށް ހުއްބާލީއަށް ގޮސްފައެވެ. ރާކޭޝް ގަރުގަ ހިފާ މަރައިލުމަށްފަހު އޭނާގެ ހަށިގަނޑުުގެ ގުނަވަންތަ ވަކިކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޝަނާޔާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙެހެ

    ސާބަހޭ ވަގުތު، ގަދަ ހަބަރެއް!