ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އަކީ ފާހަގަ ކޮށްލެވޭ އެތައް ކަމެއް އެ އަތޮޅުގައި ހިނގާފައިވާ ރަށެކެވެ. ތާރީހީ މުހިންމު ކަންކަމުން ފެށިގެން ސިހުރު ފަދަ ނުރައްކާތެރި އެތައް ހާދިސާއެއް އެ އަތޮޅުގައި ހިނގާފައިވެއެވެ. މިއީ އައްޑޫގެ ރަށެއްގައި ބައްޕައަކު އޭނާގެ އަންހެން ދަރިފުޅާއި އޭނާގެ ފިރިމީހާ ވަކިކުރުމަށް ހެދި ސިހުރެއްގެ ވާހަކައެވެ. މި ހާދިސާ ހިނގާފައި ވަނީ މީގެ ތިން ވަރަކަށް އަހަރު ކުރީންނެވެ.

މަރިޔަމް އަލީ ހުސައިން އާއި ހުސެއިން ވަހީދު (އަސްލު ނަމެއް ނޫން) ކައިވެނި ކުރީ ވަރަށް ލޯބިން އާއިލާގެ ރުހުމުގައެވެ. ދެމީހުން ކައިވެނި ކުރި އިރު ދެމީހުންނަކީ ވެސް ވަޒީފާއަކަށް ދާ ބައެއް ނޫނެވެ. ނަމަވެސް ކައިވެންޏަށް ފަހު އާމްދަނީ ހޯދުމަށް ދެމީހުންވެސް ބުރަކޮށް މަސައްކަތް ކުރިއެވެ. އަދި ސަރުކާރުގެ މަތީ ވަޒީފާއަކަށް ނުވި ކަމުގައި ވިޔަސް ގޭގައި އާމްދަނީ ހޯދުމަށް ކޮށް އުޅުނު މަސައްކަތަކީ ދެމީހުންވެސް ވަރަށް ގަޔާވެގެން އަދި ކުރާހިތުން ކުރާ މަސައްކަތެކެވެ.

ދުވަސްތައް މާޒީއާއެކު ވަމުން ދިޔައިރު މަރިޔަމްގެ އާއިލާ އަށް ހުސެއިން ކަމު ނުދާން ފަށައިފިއެވެ. ހުސެއިނަކީ ގޯސް މީހަކަށް ވުމުންނެއް ނޫނެވެ. ނޫނީ އާއިލާގެ މީހުންނަށް ހުސެއިން ގޯހީކީ ވެސް ނޫނެވެ. ހުސެން ގޭގައި ހުރެގެން ކުރަމުން އައީ ދަށް މަސައްކަތެއް ކަމަށް އާއިލާ ދެކެން ފެށި ހިސާބުން އާއިލާގެ ތެރޭގައި މައްސަލަތައް ޖެހެން ފެށީއެވެ. ހުސެއިން އާއި މަރްޔަމް ގޭގައި ތިބެގެން މަސް ކައްކައި މަހުގެ ބާވަތްތައް ތައްޔާރު ކުރީއެވެ. އެއީ ބޮޑު އާމްދަނީ އެއް ލިބުނު ކަމެކެވެ. ހުސެން އަށް ލިބޭހާ ލާރިޔެއް ދީގެން އުޅުނީ އަންހެނުންނަށް އަދި އަންހެނުންގެ އާއިލާ އަށެވެ. ހުސެއިން އާއި މަރްޔަމް ދިރިއުޅެމުން ގެންދިޔައީ މަރްޔަމްގެ ގޭގައި ކަމަށް ވުމުން ގޭގެ ހުރިހާ ޒިންމާއެއް ކަހަލަ ގޮތަކަށް ކުރަން ޖެހިފައި އޮތީވެސް ހުސެއިން އަށެވެ.

ގޭގެ ކަންތައްތައް ކުރުން އެއީ ބޮޑު ކަމަކަށް ހުސެއިން ނަހަދައެވެ. އަދި މަރްޔަމްގެ އާއިލާގެ މީހުން ބުނާ ހުރިހާ ކަމެއް ހުސެން އަށް ކުރެވުނު މިންވަރަކުން ދިޔައީ ކޮށްދެމުންނެވެ. ނަމަވެސް ހުސެއިން ކުރާ މަސައްކަތަށް ފާޑު ކިޔައި ހުސެއިނަށް މަލާމާތް ކުރަމުން މަރިޔަމްގެ އާއިލާގެ މީހުން ދިޔައެވެ. އަދި މަރިޔަމް ގެ އާއިލާއިން މަރިޔަމް އާއި ހުސެއިން ވަކިވުމަށް ބާރު އެޅިއެވެ. އެންމެ ފާޅުގައި އެކަމަށް ބާރު އެޅީ މަރްޔަމް ގެ ބައްޕައެވެ. މަރްޔަމްގެ ބައްޕަ ވަނީ ދެމީހުން ދުރުކުރަން އެންމެ ފަހުން ސިހުރު ހަދަން ނިންމާ އެކަން ކާމިޔާބުކޮށްފައެވެ.

މަރްޔަމްގެ ބައްޕަ، ގޭގައި ސިހުރު ހަދާފައިވާ ދަނޑިތައް ގޭގެ އެކި ދިމަދިމާލުގައި ޖެހިއެވެ. ސިހުރު ހަދާފައިވާ އެ ދަނޑިތައް ހެނދުނުގެ ވަގުތެއްގައި ބައްޕަ ޖަހަން ހުރިތަން ހުސެއިން އަށް ފެނިފައިވެއެވެ. އަދި އެވާހަކަ މަރްޔަމް އަށް ކިޔައި ދިނެވެ. ސިހުރުގެ ކަންކަން ހެދުމަށް މިފަދަ ތަކެތި ވަކި ގޮތަކަށް ބޭނުންކުރާކަން ހުސެއިން އަށް ދެނެގަނެވުނެވެ. އަދި ހުސެއިން އާއި މަރްޔަމް ތިބީ މިކަމަށް ވަރަށް ހުށިޔާރު ވެގެންނެވެ.

"ބައްޕަ ހެދި ސިހުރު ޖެހުނީ އެންމެ ފަހު ވަގުތު އެ ބައްޕަ އަށެވެ. ބައްޕަ އަށްވެސް ކިޔަނީ ހުސެއިންއެވެ. އަދި އަހަރެންގެ ފިރިމީހާއަށް ވެސް ކިޔަނީ ހުސެއިންނެވެ. ސިހުރަށްފަހު ބައްޕަގެ ހާލު ދެރަވިއެވެ. ތަންމަތީގައި އޮންނަން ޖެހުނެވެ." މަރިޔަމް ކިޔަދިނެވެ.

މަރްޔަމް ބުނީ ބައްޕަ އެފަދަ ކަމެއް ކުރީ ނުވިސްނޭތީ ކަމަށާއި އެކަމަށް ބައްޕައަށް މައާފް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަސަނު

    ކޮން މާފެއް ކަނޑި އެތި ފަހަރެއް ޙައްޤުވާނީ ސާހިރުންނަށް އެވެސް ކަނދުރާއަށް

    42
    5
  2. އޭނާ

    މު ސްލިމު ދެމަފިރިޔަކަށް ލިބޭ މު ސްލިމް ނަމެއް ކިޔައިގެން އުޅޭ މީހާ ﷲ އަށް ޝަރީކުކުރާނީ ނުވި ސްނޭތީތޯ. އަދި އެވެ ސް ބޮޑު ޝިރުކު. ކުޑަ ޝިރުކު ނަމަތާ ނޭނގިގެން ވެ ސް ކަ އް ސާލައިގެން ދާނީ.

    35
    4
  3. Anonymous

    ގަމީސް ނުލާ މީހަކުވެސް އުޅޭނެ ހިތުން މާ މޮޅު ސިހުރުވެރިއަކަށް ހެދިގެން ހަރާމުންހަރާން ވާކަމެއް

    34
    2
  4. Anonymous

    ނިކަން ވަގުތު ކުދިން މިލިޓަރީ ބޭސް އާއި ބެހޭ ޙަބަރެއް ގެނެސްދީބަލަ އައްޑޫއަށް އެންމެ ނުރައްކާ ބޮޑު ކުރާނެ ތަނަކީ މުސްތަގުބަލުގައި އެތަން ވިއްޔާ ޓޯކް އެބައުޓް ދެޓް ޓޫ

    42
    7
  5. މޯލްޑިވިޔަން

    ކީކޭ ދެން ބުނާނީ 21 ވަނަ ގަރުނުގަ އަހަރެމެންގެ ފެންވަރު

    30
    1
  6. ޙެހެ

    މި ވާހަކަ ހަމައެއް ނުޖެހޭ

    42
    6
  7. 😏

    ހާދަ ހެއްވައޭ ދޯ😂😂😂😂😂😂😂

    19
    4
  8. ގޯޕީ

    އަންހެން މީހާގެ ފުރިހަމަ ނަމަކީ މަރިޔަމް އަލީ އެހެންވެ މަ ހީކުރީ އޭނަގެ ބައްޕައަށް ކިޔާނީ އަލީ ކަމައް. އެކަމް ބައްޕައަށް ކިޔަނީ ހުސެއިން އެކޯ.. މިއީ ކިހިނެއްވީ ކަމެއް... އަނެއްކާ އެއީ މަރިޔަމްގެ ދޮންބައްޕަތަ؟

    51
    2
    • ޢްަނނެކއ

      ޥަގް ބޮޅް

  9. ކޮމެންޓު

    މިއީ ހިޔާލީ އިބުރަތްތެރި ވާހަކައެއް ދޯ

    19
    4
  10. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ވާހަކައިގެ ކްލައިމެކްސް ނައިސް ނިމިއްޖެ. ދެން މިވެސް ޚަބަރެއް؟ކީއްތަ ވާނީ މިހާރު ގެ ސްޓޭޓަސް ވެސް ހިމަނައިލި ނަމަ؟ މަރިޔަބާ 2 ހުސައިނުއަށް ވެސް ސިހުރު ހަދާކަން އެގޭތީ އެސިހުރު ހެދުން ހުއްޓާލީ ނޫނީ ހުސައިނު އެބަލީގައި އުފުލާ ތަކުލީފު؟؟ އޯކޭ ދެން. މަގޭ ސަލާމް.

    22
    1
  11. ވަގުތު ލަވަރ

    އެއްވެސް އޮއްޓަރެއް ނެތް ލިޔުމެއް

    40
    2
  12. އަންނި

    ހާދަ ދެރައޭ ، ދެން ބައްޕަ ކޮބާ މިހާރު...؟؟؟

    7
    2
  13. ާަަހުސެންބެ

    އެންމެފަހުން އަތައް ގޮވީ ދޯ

  14. ބަކުރުބެ

    ފޭކު ވާހަކަ އެއް

    11
    1