މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެއްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިއެއް ކަމަށް ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ދެ ފަހަރެއްގެ މަތިން ހަވާލު ކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވިއެވެ.

"ހަގީގަތުގައި މަސްވެރިކަމުގެ ސިނާއަތަކީ ވަރަށް ބޮޑަށް އިދަ ޖެހިފައި އޮތީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރުގައި، ވަރަށް ބޮޑަަށް އޮތީ އަޅާ ނުވެލި،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންގެ މަސް ގަންނަ ވަރަކަށް ދޭން ޖެހޭ ފައިސާ އެބަހުރި ކަމަށާއި، މަސްވެރިންނަށް މިހާރުވެސް ދޭން ޖެހިފައި ހުރި ފައިސާގެ އަދަދު 270 މިލިއަނަށް އަރާ ކަމަށެވެ. އަދި އެ ފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށް ކަމަށެވެ.

"މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، އެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ މިކަން ވަރަށް ޔަގީން ކަން އެބަ އޮތް ވަރަށް އަވަހަށް ހައްލުކޮށްދެވޭނެ ކަަމަށް، ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަވާލު ކުރުމަށް މި މަސައްކަތް ކުރަނީ،". ރައީސް ވިދާޅުވިއެވެ.

އަދި އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަރަފަކައްދަ

    މަސްވެރިން ބޭނުން ވަނީ ރާއްޖޭގެ އަތޮލެއް ބަޔަކަށް ވިއްކާލައިގެން ވިއަސް އެވެރިންކުރި މަސައްކަތުގެ އަގު ސަރުކާރުން އެވެރިންނަށް ލިބުމަށް. ރަށު ރައްޔިތުން ކިޔަނީ މަތިން ތިރިއަކަށް ކަނީއޭ ކޮބާހޭ އަތޮލެއް ވިއްކާލިއަސް މައްސަލަ އަކީ. އަހަރުމެން ކުރި މަސައްކަތުގެ އަގު އަހަރުމެންނަށް ލިބެންޖެހޭނެއޭ!

    3
    4
  2. ހަންޑިކުޑަ

    އެވެރިން ބުނަނީ މަތި މައްޗަށް ލޯނު ނަގައިގެން ވިއަސް އެވެރިން ކިރި މަހުގެ ފައިސާ ކޮލު ދޭށޯ!

    5
    1
  3. ޓތ

    މި ޤައުމުގަ އެއްވެސް ބަޔަކަށް ނުވާ މީހުންނަކީ ސިވިލް ސަރވަންޓްސް ދެން މާލެއަަަށް ހިޖުރަ ކޮށްގެން އުޅޭ ރާއްޖެތެރޭ ރައްޔިތުންނާ މާލޭގެ ނިކަމެތިން
    މީ އެއްވެސް ސަރުކާރަކުން އަޅާލާ ބައެއް ނޫން

    4
    1
    • ޝާން

      ކަލޭވެސް މަސްވެރިޔަކަށްވޭ.. އޭރުން މީހަކަށްވެވޭނެ.

  4. ޔ

    ސާބަހޭ ރައީސް

    10
    2
  5. ޙެހެހ

    މަސްވެރިންވެސް އެބަޖެހޭ ސަރުކާރުން މިބުނާ ވާހަކައަށް ވިސްނަން ، ނިމިދިޔަ ސަރުކާރުން ބޮޑު އަދަދެއް ނުދީ އޮތީމަ ، އަދިވެސް ހަމަ އެ ބެކްލޯޑް އަންނަމުންދާނެ ، އަނެއްކާ މަސްކިރާ ކޮންމެ ދުވަހަކު ނުދޭފައިސާ ދާނީ އިތުރުވަމުން ، މީކީ ސަރުކާރުން ނުދިނިއްޔާ ކިޔުން އެބަޖެހޭ ހުއްޓާލަން ، ހުއްޓާލާފަ އެބަޖެހޭ ޤަބޫލުކުރަން އެ ބެކްލޯޑް ކުލިއަރ ވީމަ ރަނގަޅުވާނެކަން ،
    ޢަޅުގަނޑު ސަރުކާރުގަ ސުވާލުކޮށްލަން ބޭނުން ރިސޯޓްތަކުން ސަރުކާރަށް ދައްކަންޖެހި ނުދައްކާ ކިހާ ފައިސާއެއް އެބައޮތްތޯ؟ މިސަރުކާރު އާފަހުން އެވާހަކަ ނުދައްކާ ! ޤާސިމް އާއި ސިޔާމް ގެ ކަމެއްތޯ މިއީ ! މިފައިސާ ހޯދާގެން މަސްވެރިންނަށް ފައިސާ ދެވިދާނެކަމަށް ފެނޭ

    10
    1
    • ޖުއްލާބު

      ގައްދާރު ފައިބައިގެން އެ ދިޔައީ 4 ބިލިޔަން މާފު ކޮއްލާފަ.. ގައިމު އެއީ މުއްސަނދިން އަތުން ނަގަން ޖެހޭ ލާރި ... މުއްސަނދިން އަތުން ނަގަން ޖެހޭ ލާރި މާފް.. އެބައި ކަވަރ ކުރީ ކޮތަޅު ޓެކްސް ފަގީރުން އަތުން ފެލައިގެން..

  6. ޓިނު

    ލޯނު ނަގައިން ފުލެޓް އަޅައިފާ ހިލޭދީފަ .މަސްގަނެފަ ލޯނު ނަގައިގެން ފައިސާދީފަ . ސާބަހޭ މުއިއްޒު

  7. 1234

    ލޯނު ނަގައިން ފުލެޓް އަޅައިފާ ހިލޭދީފަ .މަސްގަނެފަ ލޯނު ނަގައިގެން ފައިސާދީފަ . ސާބަހޭ މުއިއްޒު

  8. Anonymous

    ރިބާ އެކުލެވޭ ލޯނު ނެގުން ރަގަޅެއް ނޫން، މަސްވެރިން ކުރާ ހަލާލު މަސައްކަތުގެ ތެރެއަށް ހަރާމް އެއްޗެހި ވެއްދުމަކީ މަސްވެރިން އެދޭގިތެއްނޫން !