ރާއްޖޭގެ މަސްވެރިން އެތައް ހާސް އަހަރެއް ވަންދެން ކުރަމުން އައި މަސައްކަތް މިއަދު މިވަނީ ބިރުވެރި ހާލަތަކަށް އައިސްފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކަށް އިންޑިއާ ސިފައިން ވަދެ މަސްވެރިންތަކަކަށް ބިރުދައްކާފައިވާތީ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން ސަރުކާރުން އިންޑިއާއަށް ސިޓީއެއް ފޮނުއްވި ކަމަށް ސަރުކާރުން ވިދާޅުވާ ކަމަށާއި، ޑިފެންސް މިނިސްޓްރީން ބަޔާނެއްވެސް ނެރުއްވާފައި އެބައޮތް ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ސިޔާސީ މަސްލަހަތު ފެންނަ އިރު، ސިޔާސީ ޝައުގު ހުންނަ ކަންކަމުގައި އެބޭފުޅުން ބަރިބަރިއަށް ވަޒީރުންނާ ރައީސް އަރުއްވައިގެން ފައިސާތައް ކަނޑުއްވާ ކަމަށާއި، ނަމަވެސް މިހާ ސީރިއަސް މައްސަލައެއްގައި ރައްޔިތުންނަށް ބަޑި ހިފައިގެން ދިވެހި އޮޑިފަހަރަކަށް އަރައިފިކަން އެނގޭއިރު އެކަމުގެ މައުލޫމާތު ނުދޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.

" ކަންހިނގިޔަ ދިޔަ ގޮތުގެ ސައްހަ ސާފު މައުލޫމާތު ފޯރުކޮށްނުދީ ތިބޭ ތިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި، ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ އަސާސީ ޒިންމާ އުފުލަން އޮތް ސަރުކާރެއްގެ ވަރަށް ބޮޑު އިހުމާލެއް، ވަރަށް ބޮޑަށް މަސައްކަތުން ރެކުމެއް، އަޅުގަނޑުމެން މިމަޖިލީހުން ސަރުކާރުންވާ އިހުމާލު، ދިވެހިރާއްޖޭގެ މަސްވެރިންގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ކުރަނީ ކޮންކަމެއްތޯ ހަމަ މިހާރުން މިހާރަށް ބެލުންމަތީ މިމަޖިލިސް އޮންނަނަޖެހޭނެ ކަމަށް އަޅުގަނޑު ދެކެން." ވައްޑެ ވިދާޅުވިއެވެ.

ހަމައެއާއެކު، ދިވެހިރާއްޖެ 1965 ވަނަ އަހަރު މިނިވަންވިއްސުރެ އަދި އޭގެ ކުރިން ލިޔެވިފައިހުރު ތާރީހުގައިވެސް ދިވެހިންނަކީ މުޅި ސަރަހައްދުގައިވެސް ރަހުމަތްތެރި މެހުމާނުންނަށް ކެމޭހިތާ އެހެނިހެން މީހުންނަށް އިހުތިރާމް ކުރަމުން އަންނަ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ރާއްޖޭގައި ހަގީގަތުގައި ސަލާމަތެއްވެސް ރައްކާތެރިކަމެއްވެސް މިނިވަންކަމެއްވެސް ސިޔާދަތަށްވެސް ޒަމާނުއްސުރެ ދިވެހި ކާބަފައިން އުފައްދާ ފައްކާކުރަމުން އައި އެނެމް ވަރުގަދަ ހަތިޔާރަކީ ދިވެހިންނާ ބޭރާ އޮންނަ ރަހުމަތްތެރިކަން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހްތިރާމާ ގަދަރު، އެކަން ކަނޑުވާލަމުން އޭގެ ހިޔަނީގައި މި އުފެދެމުންދާ ނުތަނަވަސްކަން، މިއީ ހަގީގަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ފާއިތުވީ ދެމަހެއްހާ ދުވަސް ތެރޭގައި ދިވެހިރާއްޖެ ޚާރިޖީ ގޮތުން ބައްޓަންވަމުން މިދާ ގޮތާއި، އަދި ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ކުރައްވަމުން ގެންދާ ކަންކަމުގެ ސަބަބުން ނިކުންނަ ނަތީޖާއާ، އޭގެ ފަހަތުން ހިނގާ ކަންތައްތައް ސަރުކާރުން ބެހެލެއްޓެން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހިނގަނީ އެންމެ މަސްލަހަރު ރަނގަޅުގޮތުގައިތޯ ކަށަވަރުކުރުން އެއީ މިހާރުން މިހާރަށް މަޖިލީހުން ކުރަންޖެހޭ ވަރަށް މުހިންމު ގާނޫނީ މަސައްކަތެއް ކަމުގައި ދެކޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހ

    ތިކަން އަޑިގައި ތިބެގެން ކުރަނީ ކޮންބައެއް

    15
  2. Anonymous

    އެކަމަކީ އެމްޑީޕީ ބޮޑުން ގުޅިގެން އަޑީގައި ތިބެގެން އިންޑިޔާ ސިފައިން ލައްވާ ކުރުވިކަމެއް ނަމަ އެކަމަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ނަފުރަތާއި ރުޅިވެރިކަން އަވައްޓެރި ގައުމާއި މެދު އުފައްދާ ދިވެހިދައުލަތާއި ދެކޮޅަށް ހިންގި ޓެރެރިސްޓް ހަރަކާތެއް، މިކަންބަލާ އަޑީގައި ތިބި މީހުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ކުރަންޖެހޭ !

  3. އަސްލު ހަގީގަތް

    ކަލޭމެން ގުޅިގެން ކުރާކަމެއް

  4. ހނހ

    އޭގައި ސަރުކާރުން ކަމެއް ފޮރުވާފައި ނެތް. އިންޑިޔާއިން ކުރާޖެއްސުމައް ކަލޭމެން ހިތްވަރުދީ އަދި ރަނގަޅު ކުރުމުގެ ބަދަލުގަ ވާހަކަ އޮޅުވާލައިގެން ސިޔާސީ މަންފާއެއް ލިބޭތޯ

  5. ެައަބްދޫ

    ބިރުވެރި ހާލަތަށް ގައުމު ވައްޓާލާ އިގްތިސާދު ބުރުވެރިހާލަތަކަށްވައްޓާލާ ދަރަނި ބިރުވެރިހާލަތަކަށްވައްޓާލާ ދަވްލަތުގެ ހަރުމުދާ ބިރުވެރިހާލަތަކަށް ވައްޓާލާ ގައުމު އިންޑިއާއަށް ވިއްލާފަ އޮތްކަމަށް ތުހުމަތުކުރެވޭ ހާލަތަކަށް ވައްޓާލާ .މަސްވެރިން ބާނާ މަހަށް ފައިސާ ނުދީ 500 މިލިއަން ރުފިޔާއަށް ދަވްލަތް އެމްޑީޕީ ސަރުކާރުން ދަރުވާލީމަ .މަސްވެރިން އެތިބީ އަނގަޔާ އަތާ ދިމާނުވަފަދަ ހާލަ.ތުގެ ތިޔައީ މިހުރިހާކަމެއްގެ ހިއްސާ އޮތް ބައިވެރިއެއް.

  6. ހިޔޮއެދޭމީހާ

    ވައްޑޭ ކަލޭމެންރަގަޅު ތިޔަވާހަކަދައްކަން މުޅިގައުމު އިންޑިޔާއަށް ވިއްކާލާފައި އެކަންފޮރުވަން ދެންކޮން މަސައްކަތެއްތަ ތިޔަކުރައްވަނީ ތިޔަބޭފުޅުންގެ އާރާއިބާރު އޮތްދުވަހު އެހުރިހާ ހަޑިއެއްހާވާފައި ދެންހޭ ހަޅޭލަވަނީ ތިޔަކީ ބަލާގަނެވޭނެ ކަމެއްނޫން މުޅިގައުމު އިންޑިޔާއަށްދިނީ ދެން ހުދު ތިޔަބޭފުޅާވެސް ނިކަންވިސްނާބަލަ މުޅިގާއިގާ އަލިފާންރޯވީމާ ސަލާމަތްވާން ތިޔައުޅުއްވަނީ މީވަރަށް ވާހަކަ

  7. ބަލާބޮޑޭ

    އިންޑިޔާގެ ބަލާވެރިކަން ލައިގަތީ މޑޕއާ ހެދި. އެ އަސާސުން ވާހަކަ ދައްކަން ފަށާ. ރާއްޖޭގެ އިސްތިގުލާލު ވެއްޔާ މޮޑެން ދިނީވެސް ހަމަ ޗޯރޭގަ ސަރުކާރުން. އިންޑިޔާއިން އެންގި ކޮންމެ ކަމެއް ކޮށް އިންޑިޔާއަށް ބާރުވެރިކަން ދިނީވެސް ހަމަ އެ ގައްދާރުންތައް!