"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ލިބުނު މީހުންގެ ހައްގުގައި ކޯޓަށް ދާން ވެސް ތައްޔާރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ގަވައިދާ ޚިލާފަށް އަން ސްކިލްޑް ލޭބާރ ރާއްޖެ އެތެރެކުރާ މައްސަލައަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ސަރުކާރުން އުޅެނީ އިންތިހާބާ ދިމާކޮށް ވަކި ބަޔަކަށް ފްލެޓް ބަހަން ކަމަށެވެ. ނަމަވެސް އެމްޑީޕީން އެންމެ ތަންކޮޅެއްވެސް ދޫ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގައި މިހާރުވެސް އެ ތިބީ ކުރީ ސަރުކާރުގައި އައްޔަން ކުރެވުނު ބޭފުޅުން ކަމަށާއި ލިޔުން ލިބުނު މީހުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ފަސޭހައިން ދޫދޭ ގޮތަކަށް ނޫން. މި މަޖިލީހުގެ މެޖޯރިޓީގެ ހަނި ފުރުސަތެއް ވެސް ލިބޭހާ ހިނދަކު އަޅުގަނޑުމެން މި ހައްގުތަކުގެ ދިފާއުގައި ތިބޭނަން. އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ޑިމޮކްރެޓިކް ޕާޓީ ދެމި އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

އޭސީސީން ހާމަކުރި ގޮތުގައި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި އިރު، ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމުގެ އެވެ. އަދި %19.7 މީހުންނަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ހުރި ފޯމެވެ. އަދި ޝަރުތު ފުރިހަމަ ނުވާ %59.6 ފޯމް ހުރިކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ 2،000 އަށް ވުރެ ގިނަ ފޯމެވެ. ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ފޯމްގަިއ ދީފައިވާ މައުލޫމާތު ފުށުއެރުމާއި ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް، އުސޫލާ ހިލާފަށް ޕޮއިންޓް ދިނުން ހިމެނެއެވެ.

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 މީހުންނަށް ފްލެޓް ދިނުމަށް ނިންމައި އެ މީހުންނަށް ލިޔުން ވެސް ހަވާލުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ވާހިދު

    މީކާލޫޫ! ކަލޭމެންް ވަގުލިޔުންް ހުށަހެޅުމުންް ދޫކުރާާ ޝަރުތުު ހަމަނުވާާ ލިޔުންހިފައިގެންް ދާންޖެހޭނީީ ކަލޭމެންް އުފެއްދިި މަގުމަތީީ ކޯޓަށް

    86
    • ހ

      މީކާލު ގޮވައިން ވަގުލިޔުން ހެދީތީ ކޯޓަށް ދާނީ!

  2. ޚާލި

    ބުއްދި ވެރި ގޮތަކީ ކުރީސަރުކާރުގެ ލިސަޓަށް ދީފަ އެހެންކަމަކާ މުއިއްޒު އުޅުއްވުން

    6
    112
    • ޛުލީމާ

      ޔާމީނު ހެދި ލިސްޓަށް އިބޫ ހިޔާ ފްލެޓް ނުދީ އަމިއްލައަށް ލިސްޓެއް ހަދައިގެން އެ ފްލެޓުތައް އޭނާ ބޭނުން ބަޔަކަށް ދިނީ ކީއްވެ؟ އިބޫގެ ލިސްޓު ހެދި ކޮމިޓީގެ ވެރިޔާ މިހާރު އެހުރީ އޭސީސީގެ މެންބަރަކަށް.

      68
      1
      • ތަންބީ

        ތިޔަބުނާ ލިސްޓެއް ހެދިނަމަ މިއަދު ހިޔާ ސަރަހައްދުގަ ތިބޭނީ ހުސް އެމްޑީޕީގެ ސަޕޯޓަރުން ! ސާފުވާކަމަކީ އިބޫ ސަރުކާރުން ފުލެޓު ލިސްޓާ އެއްވެސް އިރެއްގައި ނުކުޅޭކަން !

    • ހުވަދު

      ބުއްދިވެރިގޮތް ކިޔާދެން ތީ ކާކުތަ؟ ނުބައި މަުލޫމާތު ހުޝަހެޅި އެންމެން ކެންސަލްކޮށް އަދި އެ މައުލޫމާތުތަށް ދިނުމުގައި އެހީވި ފަރާތްތަށް ހޯދާ ޖަލަށް ލާންވީ.

      19
  3. އަހްމަދު

    ޙައްގުނޫން މީހުންނަށް ދިން ބިމާ ފްލެޓް އަތުލުމަކީ ޙައްގު މީހުންނަށް ލިބޭ އިންސާފް! ހުރަސް އަޅާމީހުން ނަކީ ކޮރަޕްޓް މީހުން!!

    71
    1
  4. ނިދަންމޭރާ

    އޭސީސީގައި މިހާރުވެސް އެ ތިބީ ކުރީ ސަރުކާރުގައި އައްޔަން ކުރެވުނު ބޭފުޅުން ތީގެ މާނަޔަކީ ތިމަންނަމެން ބޭނުންވާގޮތަށޭ އެކަން ކުރަން ޖެހޭނީ ބަލަގަ މޭކާއަކައްނޭންގޭތަ ރައްޔިތުންނުކުމެ ކަލޭމެންގެ ވެރިމީހާ ބޭރުކުރިކަމެއް އަދިމިހާރުވެރިއަކައްހުރީ ކަލޭމެންގެ ވެރިމީހާނޫންކަމެއް ނިދާފަތަ ތިޔަހުރީ އަޅެ ނިކަންރަގަޅައް ހޭލާފަ މިހާރުހުރި ވެރިމީހަކީ ކާކުތޯއާ އެނަން ރަނގަޅައް ކިޔަންއެނގޭތޯ ބަލާލަބަލަ

    48
    2
  5. ޒަމާން

    އެމްޑީޕީގެ އާދައެއް ދުރުގަ ތިބެގެ ކަމެ ނުކޮސް ހައްގު ހޯދަދިނުމަކީ. މިފަހަރު ނިކަން ކޯޓަށް ގޮސް ވަކާލާތު ކޮށް އެމީހުން ނަށް އެކަން ކޮށްދީ އެމީހުންނަށް ހައްގު ކަން ސާބިތު ކޮށްދީބަލަ.ނުކުރެވިއްޖެއްއޔާ އޭސީސީ އެބުނަނީ ރަގަޅަށް.ބޭނުމަކީ ވަކާލާތު ކުރާނެ ބަޔަކު އެބަޔަކަ ކީ މަޖިލިސް މެންބަރުން.

    27
  6. އަދުލު އިންސާފު ޤާއިމުކުރޭ

    ބުއްދިވެރި އިންސާފުވެރި ގޮތަކީ އޭސީސީ އިން އެބުނާ ޝަރުތު ފުރިހަމަނުވާ 59.6 ޕަސެންޓް މީހުން ލިސްޓުން އުނިކޮށް، އެއްވެސް މައްސަލައެއް ނެތި ޝަރުތު ފުރިހަމަވާ އެންމެނަށް ފުލެޓް ދިނުން. އަދި ދޮގު މަޢުޅުމާތު ދިން މީހުނަށް ޖިނާޢީ ދައުވާ ކުރުން ނުވަތަ ނުކުރިއަސް ރެކޯޑަށް އަރާގޮތަށް އެމީހުން ކުރި ކުށް ބަޔާންކޮށް ލިޔުމެއް ދިނުމާއި، ހައުސިން މިނިސްޓްރީން ލިސްޓަށް އަތްބޭނި މީހުން ސަސްޕެންޑް ކޮށް ޖިނާޢީ ދައުވާ ކުރުން ނުވަތަ ވަޒީފާއިން ވަކިކުރުން.

    38
  7. ކޯޓު

    މީކްާޅޫ މީގެ ކުރިން ވެސް ޙައްގުވާމީހުންނައް ދައުލަތުގެ ނިޝާންޖަހާފަލިޔުމެއް ދީފައޮއްވާ އެ ފަރާތްތަކަށްލިބުނު ފްލެޓްތައް ބޭނުންބަޔަކައް ބަހައިގެންކޭއިރު ކޯޓުހުރިކަން ހަނދުމަފުޅު ނެތުނީތޯ

    43
  8. ހަސަންކޮއި

    ބުއްދިވެރި އިންސާފުވެރި ގޮތަކީ އޭސީސީ އިން އެބުނާ ޝަރުތު ފުރިހަމަނުވާ 59.6 ޕަސެންޓް މީހުން ލިސްޓުން އުނިކޮށް، އެއްވެސް މައްސަލައެއް ނެތި ޝަރުތު ފުރިހަމަވާ އެންމެނަށް ފުލެޓް ދިނުން. އަދި ދޮގު މަޢުޅުމާތު ދިން މީހުނަށް ޖިނާޢީ ދައުވާ ކުރުން ނުވަތަ ނުކުރިއަސް ރެކޯޑަށް އަރާގޮތަށް އެމީހުން ކުރި ކުށް ބަޔާންކޮށް ލިޔުމެއް ދިނުމާއި، ހައުސިން މިނިސްޓްރީން ލިސްޓަށް އަތްބޭނި މީހުން ސަސްޕެންޑް ކޮށް ޖިނާޢީ ދައުވާ ކުރުން ނުވަތަ ވަޒީފާއިން ވަކިކުރުން.

    23
  9. ކުންބެ

    މީކާއިލް
    ކަލޭ ހަމަތަ
    ވަގުލިޔުންލީ މީހުންގެ ދިފާއުގަ ކަލޭ ތިޔަ ނިކުތީ

    49
    • ޛުލޭޚާ

      ވަގު ލިޔުން ހުށަހެޅި މީހުންގެ ޙައްޤުގައި ނުކުންނާނީ ވައްކަމަށް ހިތްވަރުދޭ ވަގުން.

      15
      0
  10. ޔ

    ނުހައްގު އެއްޗެއް ލާހިކެއް ނޫން ހޯދާކަށް.މަޑުން ބަލަން ތިބެވެއްޖެ މިހާރު

    29
    1
  11. ހެހެ

    ކޯޓަށް ގޮސްގެން ތިލިސްޓް ބާތިލްކުރާނަން ، އަދި ބިން ލިސްޓްވެސް ބާތިލްކުރާނަން ،
    މީނަ ހާދަބިރެއްދައްކައޭ އެބަދޯ ! ޤާނޫނީ ވަކީލުންނަށް ގޮވާލަން ބިމާއި ފލެޓް މައްސަލަ ސްޕްރީމް ކޯޓަށް ލާން ، ކޮންމެފަހަރަކު މިހެން ނުހެދޭނެ ، ހަމަ އިއުލާންކުރާއިރަށް ކޮންމެސް ގޮތަކުން ފަޤީރުންގެ ހައްޤު ނިގުޅާގަންނަނީ ، ލިބުނީމަ އެދެނީ ބޮޑު އަގުގަ ކުއްޔަށް

    31
  12. އަޙުމަދު

    ގަވާއިދެއް ގާނޫނެއް ޝަރުތު ތަކެއް ކަނޑައެޅިފައި އޮތް ނަމަ އެކަމަށް ތަބަޢަވެ އިޙުތިރާމް ކުރަންޖެހޭނެ، ގާނޫންތަކާއި ޚިލާފަށް އެއްޗެއް ޙައްގު ނުވާ ފަރާތަކަށް ދިނުމަކީ ކަރަޕްޝަންގެ އަމަލެއް، ކަރުން ނާރުފުއްޕާފައި ހަނި އަގުލަބިއްޔަތުން ކަންކަން ކުރަންވާނީވެސް ގަވާއިދުގެ ތެރެއިން.

    25
  13. މެޑަމް ސާޖިދާ ގެ ފުލެޓް ލިސްޓް

    މެޑަމް ގެ ލިސްޓަށް ފުލެޓް ތައް ބަހާލީމާ ސަޅިވާނެ....ހިޔާ ފުލެޓް ތައްވެސް ބަހާލި ފަދައިން

    32
  14. އެމްޑީޕީ އައުޓް

    ގާތް މީހުނަށް ނުހައްގުން 60% ބަހާލާފަ ހައްގޭ ތިކިޔަނީ. ހައްގަކީ ނިކަމެތިންނަށް އޮންނައެއްޗަކަށް ނުވަނީތަ މިހާރު؟

    24
  15. އަހްމަދު

    މިސޮރުމިއުޅޭގޮތުންހީވޭ މިސޮރައް ވަރައްބޮޑުއެއްޗެއް ގެއްލިގެންއުޅޭހެން

    36
  16. ޢިދްރީސް

    ދޭބަލަ ކޯޓަށް

  17. ބަރުމީހާ

    ކަލޯ މޮޔަވެގެން ނޫޅޭ ނިކަމެތިންނަށް ގޯތި ދިނީ ކަނޑުފަޅުން ކަލޭމެން ގާތްމީހުނަށް ވަގު ލިޔުން ހަދައިގެން އެއްގަމުން އަހަރަމެން ނޫޅެން ވީގޮތެއް ނޭންގިގެން

  18. ކަކިނި

    ކަލޯގެޔާ ޕޮއިންޓްތައް މަތިންފައިބަނީ ރީދޫ ޓީސާރޓް ލައިގެން ގޭގައިނިދަން އޮއްވައި ވަރުއަރާތާ އެބަ ބަޔަކައް

  19. އަލިހާޖީ

    މީނަ މިކިޔަނީ ކީކޭ؟ މަކަރު ހަދާ ޝަރުތުހަމަނުވާ މީހުން ކަރަޕްޝަނުން ޝަރުތު ފުރިހަމަ ކުރިޔަސް އޯކޭ އޭތަ؟ އެހެންވިއްޔާ ތި ވާކިވެރިވަނީ ކަރަޕްޝަނަށް. ކަރަޕްޝަން ދިފާއު ކުރަން އުޅޭނީވެސް ކަރަޕްޝަން ހިންގާ މީހުން. މީނަގެ ލިސްޓަށް ކިތަށް މީހުންނަށް ލިބުނުތަ؟

  20. އަލީ ދޫނި

    ކަރަޕްޝަނަކީ އަސާސީ ހައްގެއްތޯ؟ ކަރަޕްޝަންގެ ދިފާއުގަ ތިއުޅެނީ. އަސާސީ ހައްގަކީ ޝަރުތުފުރިހަމަ ވާ މީހުނަށް ލިބުން. އެ ލިބޭނެ. ކަރަޕްޝަނަކީ އަސާސީ ހައްގެއް ނޫން.

  21. ސަމްސިއްޔާ

    ކަލޭމެން ޝަރުތު ހަމަނުވާ މީހުނަށް ފުލެޓްދީފަ، ޢިންޑިއާގެ ރައްވެހިންނަށް ފްލެޓްދިނީމަ އަތުލާނެދޯ.

  22. ހުސޭނުބޭ

    އާދެ އާދޭ! ވަގުންވެސް އެމީހުންގެ ވައްކަން ފޮރުވަން ވަރަށް ވަކާލާތުކުރޭ!

  23. ލޭޑީ ބޯއި

    ފްލަޓް ބޯއި

    7
    1
    • ކ

      ޯކޯޓުބޯއި

  24. ޚީޮޓު

    ޔު ގޮޓު ކޯޓު

  25. ގލޅ

    މޑޕ އަކީ މަކަރާއި ހީލަތް ހެދުމގައި ވަރަށް ފަރިތަ ބައެކެވެ އަވަސްއަރުވާލާފައި 19000 ގޯތިބަހައިލީ 3 ދުވަހު
    ގެތެރޭގައެވެ މިހާވަސް ކޮށް މިހާގިނަ ފޯމް ޗެކްކޮށް ނިންމާނީ ކިހިނެއްހޭ ؟މިކަމުންވެސް އެގޭ އެއްޗަކީ އެފޯމްތައް ރަނގަޅަށް ޕްރޮސެސް ނުކުރާކަމެވެ ދެން މިބުނަނީ ޝަރީޢަތަށް ދާނަމޭ އެހެންވެއްޖެނަމަ އިތުރަށް
    ބޭޒާރުވާނެ ވައްކަންތައް ފަޅާއަރާނެ!

  26. Anonymous

    އަޅުގަޑުމެން ރައްޔިތުން މިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިނގެރާޖެ ހިމާޔަތް ކުރުމަށް މާލާއި ޖާނުން ޤުރުބާން ވުމަށް ރައީސު ޑރ މުހައްމަދު މުއީޒަށް ބައިތުހިފާފައިކަން ހަދުމަކޮށް އަރުވަން ! ރައީސާއި ދެކޮޅުވާ މީހަކަށް އޮތީ އަދަގޮޑި އާއި ކުޑަ ގޮޅި ކަން ހަދާންކޮށްލަދެން !

  27. ރޯނުއެދުރު

    އޭސީސީ އަކުން ހާމައެއް ނުކުރޭ ޝަރުތު ހަމަނުވަނީސް ފްލެޓު ދިނީ ކޮންބަޔަކަށް ކަމެއް، އެހެނަސް ބަޔަކު މީހުން ފްލެޓު ގެއްލިދާނެތީ ކޯފާވެ މިތިބީ އެސީސީއަށް ގޮސްފައެވެ.

    ދަންނަ އެކުވެރިންވެސް ވީޑިއޯ އިން އެބަ ފެނޭ. އެކަމަކު އެސީސީން %60 މީހުންނަށް ފްލެޓު ދިނީ ވަގަށޭ ބުނެ، އެއީ ކޮންބައެއްކަން ހާމަ ނުކުރަނީސް، އެކަމާ ކޯފާވެ އެސީސީއަށް މިދަނީ އެ %60 ގައި ތިމާ މީހާ ހިމެނޭކަން އެނގޭ މީހުންދޯއޭ ހިތަށް އަރައެވެ.

    ތެދު މައުލޫމާތުދީ، ރަނގަޅަށް ފޯމު ފުރާ، ވަލު ދޮރާއްޓަކު ޓަކި ނުޖަހާ، މަޖިލީސް މެންބަރެއްގެ އެހީއަކާ ނުލާ ފްލެޓު ލިސްޓުން ޖާގަ ހޯދި އެކަކުވެސް އޭސީސިން ނެރުނު ރިޕޯޓާއި ގުޅިގެން ކަންބޮޑު ވެގެން ނޫޅޭނެ ނޫންތޯއެވެ!

  28. ެއެހެން

    މީނަގެ ހައްގު ބޮޑުވާނީ ތީގަ

  29. ސަރުދާރު

    ކަރުން ނާރުނެރެފަ ފެލިބާލަނީ ކޮންމެވެސް ނުބައެއް އުޅޭތީ

  30. ހަސަން ފުތާ

    ކުޑަކެރަފާ ކަލޭ ކުޑަކޮށް އަނގަމަޑުޖައްސާލާއިގެން ހުންނާތި! ކަލޭ ތީކާކުގެ ކާކުކަން އެންމެނައްވެސް އެނގޭ!

  31. ކޮއްޔާ

    ކަޑަޖަހާ އިންވަކިކޮށް ގޯތިދީ ލިޔުން ދޭނަމޭ ކިޔާފަ / ކަނޑުފަޅުން ރޮނޣުދަމާ ގޯތިދީ ލިޔުން ދިނަކަސް ނުހިއްކާ އޮންނަ ތާކުން އެހެން ގޯތި ނުދެވޭނެކަން މި ގަމާރު މީހާއަށް ނޭނގޭތާ // އެވަރު މޮޔައިން މީ ،،،،،

  32. ދިރާސާ

    އިނިޝިއަލް އެއްބަސްވުމެއް ފަހިދިިރިއުޅުން ކޯޕަރޭޝަން އާއި ، އެޕްލިކަންޓާއި ދެމެދު އެބަ އޮތް ކުންފުނީގެ ތައްގަނޑު ، ކުންފުނީގެ އެވަގުތު މެނޭޖިން ޑިރެކްޓަރ ސޮއި އެބޮތް... އެއްބަސް ވުމެއްގައި ހިމަނަންޖެހޭ އަސާސީ ބައިތައް އެބަހުރި.. ފަހިދިރިއުޅުން ކޯޕަރޭޝަން ކުރިމަތިލާން ޖެހޭ ގާނޫނީ ހުރަސްތަކާއި ، ކޯޓުތަކުގެ ޝަރިއަތަކަށް ކުންފުނިން ޙަރަދު ކުރަން ޖެހުމާއި މިފަދަ ކަންކަމަށްޓަކައި އެއްބަސްވުން އޮތް މީހުންނަށް ދީ ނިންމާފައި ރަސްމާލެ ތަރައްގީ ކުރުމާއިގެން ސަރުކާރުންވެސް ފަހިދިރިއުޅުމުންވެސް އުޅުއްވުން އެންމެ ފީސިބަލް ގޮތަކީ..

  33. މިނިކާ

    މީދެން ކާކު. މީ ކާކުހޭ

  34. ގަބުޅިބާދަލާ

    މިކަހަލަ ފަލަ ސުރުޚީތައް ހެދީމާނޫންތޭ ދެންވެސް ހޮވޭނީ.ކޮންމެހެން ކޯޓަށްދާކަށްނޫނޭ އެއީކީ.ގޮނޑިހޯދަން ޖަހާ ޗިޕް.މައްކާރު ގޭނގް.އެމްޑީޕީ