ސިނަމާލެ ބުރިޖް ހުރަސްކޮށް މާލެ އިން ހުޅުލެއަށް ކުރާ ޓެކްސީ ދަތުރަކަށް ޗާޖްކުރަނީ 100 ރުފިޔާކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފިއެވެ.

ބައެއް ޓެކްސީ ސެންޓަރުތަކުން ބުނިގޮތުގައި، އެއާޕޯޓަށް ވަނުމުގެ ހުއްދަ ހުރިހާ ވެހިކަލްތަކަށްވެސް ލިބުމާއެކު މިހާރު ހުރިހާ ޓެކްސީއަކަށްވެސް އެއާޕޯޓަށް ދެވޭނެ ކަމަށެވެ. އަދި މިހާރު އެކަމަށް ނަގަނީ 100 ރުފިޔާގެ ޗާޖެއްކަމަށްވެސް ޓެކްސީ ސެންޓަރުތަކުން ބުނެއެވެ.

ބުރިޖު މަތިން ދަތުރުކުރުވޭނެ، އަގު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ އެކި ޓެކްސީ ސެންޓަރުތަކުން އެކި އަގުތައް ނަގަމުން އަންނައިރު، މައުލޫމާތު ލިބޭގޮތުގައި، ހުރިހާ ޓެކްސީއަކުންވެސް ބުރިޖް ހުރަސްކޮށް އެއާޕޯޓަށް ދިއުމަށް މިވަގުތު ނަގަމުން ދަނީ 100 ރުފިޔާއެވެ.

އެއާޕޯޓް ޕާކިންގ ޒޯންގައި ޕާކްކޮށްދޭ އަގުތައް:

1 ގަޑި އިރު - ކާރު/ހަތަރު ފުރޮޅުލީ އުޅަނދު 20ރ. ސައިކަލް 10ރ.
2 ގަޑި އިރު - ކާރު/ހަތަރު ފުރޮޅުލީ އުޅަނދު 30ރ. ސައިކަލު 15ރ.
3 ގަޑި އިރު - ކާރު/ހަތަރު ފުރޮޅުލީ އުޅަނދު 40ރ. ސައިކަލު 20ރ.
ތިން ގަޑި އިރަށްވުރެ އިތުރުވާ ކޮންމެ ގަޑި އިރަކު: ކާރު 30ރ. ސައިކަލު 10ރ.

އަދި މާލެ އިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް 150 އާއި 200 ރުފިޔާ ބައެއް ޓެކްސީތަކުން ނަގަމުންދާއިރު، އަދި އެކަމުގެ އަގު ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައި ނުވާތީ އެކި ޓެކްސީތަކުން ދަނީ އެކި އަގުތައް ނަގަމުންނެވެ.

ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުއެވެ. އެއާއި އެކު ގިނަ ބަޔަކު ދަނީ ބުރިޖުގައި ދަތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    ތީގަ ނެތޭ މައްސަލައެއް. ހުޅުލެއިން ހުޅުމާލެއަށްވެސް ޓެކްސީއެއް ގޮސްދެނީ އެހާވަރަށް.

  2. ޜައް

    ވޯޓުގެބޭނުމުގަ އެއްވެސްގަވާއިދެއްނެތި ބުރިޖުހުޅުވީ މޮޅުހޯދަން، މިހާރުވެސް ކަންކަން އެދަނީ ގޯހުން. ޥަގު

  3. ހަސަން ނިޒާރު

    އެއާރޕޯޓުން މާލެ ޓެކްސީގަ ނުދެވޭ، ހަމަ ކަނޑު ހުރަސް ކޮއްފަ ދާންޖެހެނީ، ބުރިޖުގެ ބޭނުމެއް ނުހިފޭ،

  4. ޥ

    ތީ އޭ މައްސަލައަކީ ތީ ދެން މާ ބޮޑުވަރެއް ކަލޯ