ހުޅުމާލޭގައި މިރޭ ހިނގި އިތުރު އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވީ ހުޅުމާލޭގައި މިރޭ ސައިކަލް ކަހާލައިގެން އަނިޔާވި ހަތަރު މީހަކު އެހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެތެރެއިން 22 އަހަރުގެ ދެ ފިރިހެނެއްގެ ބޯ ފަޅައިގެން ގޮސް އެމީހުންނަށް ވަނީ އިތުރު އަނިޔާތަކެއް ވެފައެވެ. އެދެމީހުންނަށް ވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ތިން ވަނަ މީހާގެ އުމުރު އަދި ކަށަވަރެއް ނުވެއެވެ. އޭނާ އަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ވެފައެވެ. ނަމަވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ހަތަރު ވަނަ މީހާ އަކީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެސް އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލިތަކުރު

    ހެޔޮނުވާނެ ރޮދި ނުކެނޑިބަލަ. އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަން ޓްރެފި ގަވައިދާ ޙިލާފައް ދުއްވާ ވެހިކަލްތައް ހިފަހައްޓާ ވަގުތުން ޓޯރ ކުރުމަށްފަހު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް. އެހެންނޫނީ މިކަމުންވެސް ގަވާއިދާ އެއްގޮތަށް ދުއްވާ ފަރާތް ތަކަށް ގެއްލުން ލިބޭނީ..

  2. Anonymous

    ބުރިޖް ޔަޤީން ??‍♀️??‍♀️

  3. މިސްކާ

    ހެލްމެޓް އެޅުން މުހިއްމު ކަމެއް

  4. ބުރިޖު

    އާން ޝުކުރިއްޔާ ޝުކުރިއްޔާ
    ހެޔޮ ނުވާނެ ތިހާ ބާރަށް ނުދުއްވަބަލަ މަވެސް ދުއްވަން ބިރުގަނެޔޭ

  5. ބޭޑްބޯއި

    އަލިތަކުރު ލިޔެފަ އޮތް ލިޔުމަށް ވަރަށް ތާއީދު. ބާރަށް ދުއްވާ އުޅަނދުތަށް އިތުރު ސުވާލެއް ނެތި ހުއްޓުވާފަ ޓޯ ކުރޭ.....

  6. ތިމަންނަ

    ވޯޓް ގެ ކަންތަކަށްވުރެ މިކަމަށް އިސްކަންދީގެން އަދި މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ޕާޓީތަކުން މިކަން ކޮންޓްރޯލް ކޮށްދިނުމަށް ގޮވާލަން... މިފަދަ ކަމަކުން ގެއްލިގެންދާ ނުވަތަ އަނިޔާލިބިގެން " ގުޑާނުލެވޭ" ކޮންމެ މީހަކީ ، ހަމަ ޕާޓީ ތަކަށް ގެއްލިގެން ދާނެ ވޯޓެކެވެ.