1959 ވަނަ އަހަރު ދިވެހި ދައުލަތާ ވަކިން ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ލީޑަރު އަބްދުﷲ އަފީފުގެ ދަރިކަލެއް ކަމަށްވާ އަހުމަދު އަފީފު އަށް ސީޝެލްގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްކަން ލިބިވަޑައިގެންފި އެވެ.

މިދިޔަ އަހަރު ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި އަހްމަދު އަފީފު މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަވާފައިވަނީ އެ މަގާމު ހުސްވުމުން އިއްޔެ އެވެ. އެ މަގާމު ހުސްވީ ރައީސްގެ މަގާމުގައި ހުންނެވި ޕެޓްރިކް ޕިލޭ، އިސްތިއުފާ ދެއްވުމުން ނައިބު ރައީސް ނިކޮލަސް ޕްރިއާ، މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރުމާއެކުއެވެ.

ސީޝެލްސްގެ އިދިކޮޅު ޕާޓީ ތަމްސީލު ކުރައްވަވާ އަދި އެގައުމުގެ ސަރުކާރުގެ މަތީ މަގާމުތަކެއް ވެސް ކުރިން ފުރުއްވާފައިވާ، އަހުމަދު އަފީފު އަކީ އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އަފީފަކީ އަބްދުﷲ އަފީފުގެ ހަ ބޭފުޅުންގެ ތެރެއިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ހަމައެކަނި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

1963 ވަނަ އަހަރު ސުވައިދީބު ސަރުކާރު އުވާލުމާއި ގުޅިގެން އިނގިރޭސީންގެ ހިމާޔަތުގަ އަބްދުﷲ އަފީފު ސީޝެލްސްއަށް ވަޑައިގެންނެވި ފަހުން އޭނާގެ އާއިލާ ދިރިއުޅުއްވަނީ ސީޝެލްސްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްޤުބަސް

    ދިވެހިރާއްޖޭގެ ޕުރަބާކަރަންގެ އާއިލާ ކޮންމެތާކު ކޮންމެ ގޮތަކަށް އުޅުނަސް މަމެންނަށް ހެޔޮ..ފީބާ ރޭޑިއޯ ހަދައިގެން ދިވެހިބަހުން ނަޟާރާދީނުގެ ވާހަކަތައް ފެތުރުމުގެ އަޑީގަ ތިބީ ވެސް ކޮންބައެއްކަން އޮޅިގެނެއް ނޫޅެން. އިނގެރޭސިންނާ ގުޅިގެން ދީނާ ޤައުމު ވިއްކާލުމުގެ ނުބައި ޖަރީމާ ހިންގި މީހުންނަށއ މާފެއް ނެތް. ބަޔަކަށް ބަތަލުންނަށް ވިޔަސް މަމެމްނަށް ތީ ދިވެހިޓައިގަރުންގެ ވެރިޔާ ދިވެހި ޕުރަބާކަރަންގެ އާއިލާ