އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަނުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީ މަރާލީއެވެ.

މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގަށެވެ.

މީގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:

ޖުނައިހު އަބްދުﷲ
ހަސަން މަހްފޫޒް
މުހައްމަދު ޝާޒް
ސިމާހް މޫސާ

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި މީހުންނަކީ:

އަހްމަދު ޒަޔާން
އުސްމާން ޝަރީފް
އަފްރާހު އަބްދުއްރައްޒާގް

މިމައްސަލައިގައި އެކި ދުވަސް މަތިން އަޑުއެހުންތައް ބާއްވާފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުގައި ހުކުމް ކުރުމަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަމުން ވިދާޅުވީ މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ފެންނަނީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންކަން ސާބިތު ކުރެވޭނެ ވަރުގެ އިތުރު ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ

މީގެ އިތުރުން ބައެއް ރިޕޯޓު ތަކުގައި ދައުލަތުން ހަގީގަތާ ހިލާފު ވާހަކަތައް ގެނެސްފައި ހުރި ކަމަށްވެސް ގާޒީ އަލީ ނަދީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަމަލާދިން މީހުންގެ މޫނު ފާހަގަވާ ކަމަށް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން ސާބިތުކޮށްދީފައި ނުވާ ކަމަށާއި އަދި ހެކި ދިން ފަރާތްތަކުން ވެސް މޫނު ފާހަގަކޮށްދީފައިނުވާ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ދައުވާ އުފުލާފައިވާ މަހުފޫޒާއި ދެކޮޅަށް 18 ހެއްކެއް ހުށަހެޅި ނަމަވެސް މިއިން އެއްވެސް ކަމެއް ޝަރީއަތަށް ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށް ނުދޭ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދި އަފްރާހާ ދެކޮޅަށް 11 ހެކި، ސިމާހު އާ ދެކޮޅަށް 14 ހެކި އަދި އުސްމާނާ ދެކޮޅަށް 15 ހެކި ހުށަހަޅާފައިވީ ނަމަވެސް ސީސީޓިވީ ފުޓޭޖުންނާއި ފޮޓޯތަކުން ފެންނަނީ މިމީހުން ކަން ޔަގީން ކުރުމަށް އިތުރު އެއްވެސް ހެއްކެއް ހުށަނާޅާ ކަންވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ކޯލް ޑީޓެއިލްސް ޗާޓުތައް ހުށަހެޅި ނަމަވެސް މިއީ ފުލުހުން އަމިއްލައަށް އުފެއްދި ކަރުދާހެއް ކަމަށް ވިދާޅުވެ ގާޒީ ވިދާޅުވީ މިއީ މިފަދަ ބޮޑު ކަމެއް ނިންމުމަށް އެއްވެސް އަސާސެއް ހުރި ހެއްކެއް ނޫން ކަމަށެވެ.

"އެމީހުންގެ ފޯނުގެ ސެލް ލޮކޭޝަން ފުލުހުންނަށް އެނގިފައިވަނީ ކިހިނެއްކަން ޝަރީއަތަށް ސާފު ކޮށްދީފައިނުވޭ. ފުލުހުންނާއި ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ޝަރީއަތަށް ސާބިތު ނުވާނެ." ގާޒީ ވިދާޅުވިއެވެ.

ގާޒީ އަލީ ނަދީމް އިތުރަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި، އެއީ ދިފާއާ ހިއްސާ ކުރެވިފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުން ރިއާޔަތް ކުރެވިދާނެ އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. އިއްޒުއްދީނުލް ސަންޢާނީ

    ތޯގޫތު ކޯޓަކުން ދުވަހަކުވެސް އިންސާފެއް ނުލިބޭނެ، އެތަންތާ ތިބޭނީ ތޯގޫތުން ގެ ގާޒީން،،

    78
    2
    • ހުވަދޫމީހާ

      މާދަމާ ފެންނާނީ ތިޔަގާޒީގެ ދަރިއެއް ކަތިލާތަން! އެދުވަހަކުން މަ ހެސްކިޔާފަ ހޭނަން!

      29
      1
      • ޢިންވެސްޓިގޭށަން

        ތަހުގީގު ކުރުމާއި ހެކި ހޯދުން އަދި ހެކި ބޭނުންކޮށްގެން ސާބިތު ކޮށްދިނުމަށް ވެސް އަދި އަލީ. މިހެން މިދެންނެވީ ކިތަންމެ ކޭހެއް މިގޮތަށް ނިމި ދަނީ ހަމަ ބުނެލާ ބަހަކުން..ގަރީނާ ހޯދާފަ ނެތިއްޔާ މީހަކު މެރި ކަމަށް ސާބިތެއް ނުވާނެ. ޣާޒީ ގެ ނިންމުމަށް ކޮމެހެން ތާއީދުކުރަނީކީ ނޫން.މިހެން ވާތަން ވަރަށް ގިނައިން ފެނި، ގާޒީން ވެސް އަބަދު އެއް ވާހހަކައެއް ބުނާތީ. ޏޫސް ބަޔާނުގައި ވާގޮތުން ...

  2. ހޫރައިން

    ސާބަހޭ ސާބަހޭ އަދު މިވެރިކަމަށް.. އަދުލު އިންސާފު ގާއިމު ކުރެވެން ނެތުމުން ސާބަހޭ ސާބަހޭ. ދެއްކި ހުވަފެންތަކަށް ސާބަހޭ ސާބަހޭ

    40
    25
  3. ޙެހެހ

    ހެޔޮވާނެތޯ ! ވާނީވެސް މިހެންތާ މައްސަލާގެ ލިޔެކިޔުންތަކާއި ވޯޑިއޯތަކުގަ ކަތުރުފަނި އެޅީމަ ދެން ނުފެންނާނެ ހެއްކެއް

    54
    1
  4. މުހައްމަދު

    ރަންނަމާރި ކުރި ކަމަކައްތާ ތިވީ.. ރަންނަމާރި ހެދިގެން މިދުނިޔެމަތީ ފިލާ އުޅެވިދާނެ.

    54
  5. ހުސޭނުބޭ

    ރާއްޖޭގެ ގާޒީންނަށް ވުމުގެ ޝަރުޠުތަކުގެ ތެރޭގައި ރޮކެޓް ސައިންސުން ޕީއެޗްޑީ އޮތުން ވަރަށް މުހިއްމު. އޭރުން ސީސީ ފޫޓޭޖްތަކުން ފެންނަ މީހުންގެ ސިފަ ދެނިގަންނާނެ ގޮތް އެނގޭނެ!

    50
    1
  6. ހަސަން ގައްސާނު

    ގައިމުވެސް ގާޒީ އަށް ވެސް އެ ވީޑީއޯ ބެލި ކޮންމެ މީހަކަށް އެއީ ކޮން ބައެއްކަން އެނގޭ. ނަމަވެސް އިންސާފަކީ މި ކުޑަކުޑަ މުޖުތަމަޢުގައި ނެތް އެއްޗެއް. ހާދަހާވާ ދެރައޭ. މާދަމާވެސް މާސްކް އަޅައިގެން ގޮސް މީހެއްގެ ފުރާނަ ދުއްވާލަންވީ. އެއިރުން ހަމަ ޔަގީން ސަލާމަތް ވެވޭނެކަން. ހެޔޮވާނީ ކިހިނެއް. އިންސާނެއްްގެ ފުރާނައިގެ އެއްވެސް އަގެއް ނެތް.

    84
    1
  7. ނަރަކަ

    ސުބުޙާނަﷲ. މިއީ އަޅެ ސަދޫމުތަ!!!

    59
    2
    • ޢެސޮރު

      ސައްކުވަނީތޯ ، މީ ހަަމަ ދެވަނަ ސަދޫމް .

  8. ސައިނީށް

    ސައްކެއްނެއް ވަރަށް ހެކި ދެއްކުންނަމަ ސަލާމަތެއް ނުވީސް ދޯ! ޕޮލިސް ކަނޑައީނު ދޯ!

    16
    39
    • ކަންނެލި

      މިއޮއްވީހާ ދުވަހު ހެކި ރަގަނޅަށްހުރީ މިހާރު ކަމުނުދިޔައީ އަރަތެއް މީ

      27
  9. ޟަލު

    ޚޮނގުރަަަ

  10. ފާރޫޤް

    ސަދޫމް

    24
    1
  11. ބުއްދި

    ތިކަހަލަ ގާޒީން ތިބެގެން މިގައުމު ދާނީ ހަމަ ހަލާކުގެ މަގުން

    61
    2
  12. ފީލު

    ވަރަށް ރަނގަޅު. ރޯމާ ދުވާލު އެންމެން ކުރިމަތީ ކަތިލިޔަސް މިގައުމުގަ ސާބިތެއް ނުކުރެވޭނެ!

    60
  13. ސުނީ

    ކީއްކުރާނީ! މިގައުމުގެ ހާލަތު!

    39
  14. ނާފް

    ދެން ފަހެ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ

    32
  15. ހަސަނުގ

    ސަޅި. ތި ގާޒީއަށް ކަމެއް ވާދުވަހު މަ ހޭނަން.

    45
    1
  16. ފަލަސްތިން

    މިކަމުންވެސް އެގުނީ ގޭންގުތަކުން ކޯޓާއައް ލާރި އަޅާކަން

    47
    1
  17. ޖައްވު

    ހެކި ހުއްޓަސް އަދިި ނެތަސް މި ޤައުމުގައި އިންސާފް ގާއިމް ނުކުރެވޭނެ ސަބަބަކީ އެމީހުން ބޭނުމެއް ނުވާނެ އިންސާފެއް، ނަމެއްގައި ޝަރުއީ ދާއިރާ އޮށްނަ ހަމައެކަނި މުސްލިމް ޤައުމޭ ބުންޏަސް ދޮގަކަށްނުވާނެ، ދެން ކުއްވެރިނަށް މިހާރު ޔަޤީންވީ ކޮންމެކަމެއްކުރިޔަސް އެމީހުިންސަލާމަތްވާނެކަން،

    44
    • ކިހާދު

      ﷲގެ ދަރުބާރުގައި މަޙްޝަރު ދުވަހު ކޮންމެ އިންސާނަކު އެމީހަކު ކުރި އަމަލަކަށް ޖަވާބުދާރީ ވާން ޖެހޭނެ. އެދުވަހަކުން ދުވެ ފިލަންދާނެ ތަނެއް ނޯންނާނެ.

  18. ނަންނި

    ދެން ގާޒީގެ ނަޒަރުގަ ތިތާ ނެތެއްނު ރަގަނޅު އެކައްޗެއް. ފލުހުން ތަހުގީގު ކުރި އެއްޗެއްގެ ހުށަހަޅާނީވެސް ފުލުހުންގެ ރިޕޯޓެއް ދޯ. އެއާޕޯޓް ކޮންޕެނީން ތައްޔާރުކުރާ ރިޕޯޓެއް ނޫން ދޯ ހުށަހަޅާނި

    35
    0
  19. ޟިހާބު

    ޙަހަހާ.ވަރައްވެސް ފުރިހަމަ..

    9
    4
  20. އަހުމަދުު

    ހުކުމް އިއްވި ގާޒީންގެ ނަންތައްވެސް ޖަހާލާ

    27
  21. ބިރުވެރި

    މިދަރަޖައަށް ޤާޒީން ވިކުނީމަ ބިރުވެރި ކޮންފަދަ ޖަރީމާއެއް ހިންގުވަންބާ މިނުބައި ނުލަފާ ޤާތިލުން އެދޫކޮށްލީ. އަނެއްކާ ރިޝްވަތަށް ނުގަނެވޭ މެމް*ރު* ކަ*ިލންބާ؟؟؟

    29
    • މަގޭ

      ހިގާ ކޯޓް ތަކާދެކޮޅަ ނިކުނަމާ މިގައުމް ވަރަށް ބިރުވެރި

  22. ކަމަނަ

    އެހެންް ވިއްޔާ ވާނުވ ބަންދެއ ވެސ ނުޖެހޭނެ

    21
  23. ގުމުރީ

    ދިވެހީންގެ ރާއްޖެ....

    10
    1
  24. ސަދޫމް ރަސްގެފާނު

    kada hukumeh sadoom.anekka iboo nukunnaane thi maru vikkan ..ތި ގާޒީ އަށް ވަރުގަދަ ހުކުމެއް ކުރާ ދުވަސް އަދި އަންނާނެ.އަސްލު ސަދޫމް ބްލަޑްލައިން އިން އައިސް ހުރި ގާޒީ އެއް.

    16
  25. ީަިއުޖަލަިޕްިްި

    ކަން ކުރީ ތިމަންނައޭ ބުންޏަސް ސާބިތު ނުވާ ހިސާބުގަ އަދުލު އިންސާފު މިއޮތީ.. ދެން ބަލާ ތި ގާޒީގެ އެކައުންޓު ކައިރި އެކައުންޓެއް ހުޅުވޭތޯ..

    18
  26. Anonymous

    ތިޔަ ފަނޑިޔާރު ރިޔާއަތް ކުރަންޖެހޭ އެއްވެސް އެއްޗެއް ވުޖޫދުގައި ވޭތޯ.؟.ގޭންގު ކުދިން ދެކެ ފަނޑިޔާރުންނާއި ގާޒީން ބިރުގަންނަ ވަރު މިހިރަ ފެންނަނީ.. އެތަށް ބަޔެއްގެ ކުރިމަތީ ، އެތަށް ކެމެރާއަކަށް އަރާފައި ހުރި އެތަށް ހެއްކެއް ހުށައަޅާފައި އޮއްވާވެސް އެބުނީ ހެކިތަކަކީ ފުލުހުން އަމިއްލައަށް ހޯދި އެއްޗެކޯ.. ހެކި ގާނޫނާއި ގަވައިދާއި އެއްގޮތަށް ހޯދާފައި ހުރި ހެކިތަކަކަށް ވާނަމަ ހެކިތަކަށް ރިޔާއަތް ކުރަން ޖެހޭނެ.. ދައުލަތުގެ ހެކި ނަފީ ކުރަން ދިފާއުން ނަގާ ދިފާއުތަކަށް ބަލާފައި އެއީ ނެގިދާނެ ދިފާއު އެއްތޯ ބަލަންޖެހޭ.. ކުއްވެރިން މުޖުތަމައު ތެރެއަށް ދޫކުރާ ގާޒީންނާއި ފަނޑިޔާރުން ގެ ޖޭ.އެސް.ސީން ބަލަން ޖެހޭ.. ބިރުގަންނަ ގަޒީއެއް..

    16
  27. މުރާނާއަ

    ސަޅ. ރޯމ ދުވާލ ކެމެރާ ތަކުނ ފެނ ކަތިލާތަނ. ޤާތިލުންނ މުޖުރިމުނ ﷲގ އަޒާބަށ ބިރުވެތިވޭ

    12
  28. Anonymous

    ޙެކި ހުރިނަމަ ހުކުން ކުރނެ

    2
    7
  29. ނަންނުކިޔީ

    ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާވިސްނާ ގަޔަށް ލެވުނީ ސީ.

    10
  30. Anonymous

    ކޮރަޕްސަނުން ފުރިފަ އޮތް ގައުމެއް މީ.

    13
    1
  31. އެދުރު

    ޣާޒީ އަލީ ނަދީމަށް ދަންނަވާލަން އޮތީ ﷲ އަށް ބިރުވެތި ވެލައްވާށޭ.. ފައިވާނުގެ ވަދައްވުރެ މަރު ތިބާއާ ގާތްކަން ހަނދުމަކޮށް ލައްވާ.. ﷲގެ ގަދަފަދަ އަޒާބު ހައްގުވާފަދަ ހާކިމަކަށް ވެ ނުލައްވާ..
    މިފަދަ ތާކުންތާކު ނުޖެހޭ ޤާނޫނު ހަދަން މަޖްލީސް މެންބަރުން މި ހޮވަން ހޭބަލި ވަނީ.. ދިހަ ފިރިހެނުންގެ ހެކި ބަހުންވެސް ކުއްވެރިއަކަށް ހައްގު އަދަބު ލިބެވޭނެ ގޮތެއް ނެތް.. މުޅިންވެސް ކުށް ކުރާ މީހާ ވަނީ އިންސާނަކަށް، ކުށް ކުރާ މީހާގެ ހައްޤު މުޅިން އޮންނަނީ.. މަރާލެވޭ މީހާއާއި އޭނާގެ އާއިލާ އިނަސާނުންނަށް ނުވަނީބާ... އެމީހުންނަކަށް އިންސާފު ލިބުމަކީ ނެތް ގޮތެއް..

    17
  32. ޒާ

    ތިޔަފަދަ މައްސަލަތަކުގައި ޝައްކެތް ނެތް މިންވަރަށް ފައިސާ އެނބުރޭކަން ގާޒީއަށް ޔަގީންތޯ؟ މުޖުތަމަޢަށް ތިޔަ ދޫވީ މީހަކު މަރާފައިވާ މުޖުރިމުން. ދެން ކޮބާ މުޖުތަމަޢުގެ ސަލާމަތް؟ އަނެއްކާ އިވޭނީ ބަދަލު ހެކިވެރިޔާ މެރިވާހަކަ. މަތީކޯޓުގައި އިސްތިއުނާފު ކޮށް އެވެރިން ދޫނުކުރުމަށް ގޮވާލަން.

    17
  33. Anonymous

    ޔާމީނު އެކަނި މިރާއްޖޭގައި ކުއްވެރިޔަކީ. އެހެން އެންމެންގެ ކުށެއް ގާޒީއަކަށް ނުފެންނާނެ

    16
    1
  34. ނަބްރީ ސައުކަތު

    އަނަސް މަރުނުވާކަމަށް ކޯޓުން އެނިންމީ!! މިކަހަލަ އިންސާފު މިރާއްޖޭގެ ކޯޓުތަކުން ލިބޭނީ. ގާޒީން ގަނެލާފަ ތިބެނީ އަނިޔާ ލިބުނިމީހާ ދެން އަނގަހުޅުވާލިޔަސް އޭނާ ހައްޔަރުކޮށް ހުރުމަތް ކެނޑިއޭކިޔާފަ އަނެއްކާވެސް އަދަބުދޭނި ހަމަ އޭނާއަށް. މީ ކޯޓުތަ؟!!

    18
  35. ހަވާސާ ހާދިސާ

    މިގައުމުގައި އަދުލު އިންސާފުވަނީ ނެތިހަލާކުވެފައި މިސަރުކާރުންވެސް އިތުރަށް ހަލާކުކުރާ މަންޒަރުފެންނަނީ!

  36. ދ

    ގާޒީން ރަނގަޅަށް ހޭ އަރައިގެން އިންސާފު ލިބޭނި، އަނެއްކާ ގާޒީއަށް ޔަގީންބާ ވަޅި ހެރުމުގެ ސަބަބުން އަނަސް މަރުވެފައިވާ ކަން. ހިޔެއް ނުވޭ ގާޒީއަށްވެސް އެކަން އޮޅުން ފިލާފަ އޮތް ހެނެއް، މިފަދަ ޒަމާނެއްގައި ސައިންސްގެ އަލީގައި ކުށްސާބިތު ކުރުމަށް ގާޒީން އަހުކުވެރިކޮށްގެން މިކަން ވާނީ، ފިގުހު އިލްމަކީވެސް ޒަމާނާ އެއްގޮތަށް ގިޔާސް ކުރެވިދާނެ އެއްޗެއް، މިއަދުގެ އިލްމުވެރިން މި ކަންކަމަށް އިޖްތިހާދު ކޮށްގެން ނޫނީ މިކަންކަމެއް ހައްލެއް ނުވާނެ

  37. ޔޯ މާމާ

    ޕީޖީ ވަކީލުން ތިބެނީ ހެނޑިފަވީމަ ވާ ގޮތް ތީ. ސީސީޓީވީއަށް އެކަނި ބަލައިގެން ތިހާ ބޮޑު މައްސަލައެއްގަ ޙުކުމެއް ނުކުރެވޭނެ. އެޔަށް ބާރު ލިބިދޭ އިތުރު ހެކިން ހުށަހަޅަންޖެހޭނެ، ހަމައެކަނި ސީސީޓީވީ ހަށަހަޅާފަ އައިސް ރައްޔިތުން ކައިރި ސާބިތުވާ ވަރަށް ހެކި އެބަ ހުއްޓޭ ބުންޔަސް ނުވާނެ. އެންމެންނަށްވެސް އިނގޭ އަނަސް މަރާލި މީހުންނަކީ ހައްޔަރު ކުރި މީހުންކަން. މީގަ އަހަންނަށް ގޯހީ ފުލުހުންނާ ޕީޖީ. ދެން މި ވާހަކަ ދެއްކުމަކީވެސް އަސްލު ބޭކާރު ކަމެއް، ފައިސާއިން އިންސާފުވެސް ލިބެނީ ނައުއަޑޭޒް. ދިސް އިޒް ސޭޑް

    2
    1
  38. އަލިބެ

    ރޯމާދުވާލު އަނަސް މަރާލާފަ ދުވެ ފިލީ. ވީޑިއޯތަކާ ފޮޓޯތައްވެސް އެބަހުރި އެކަމަކު ސާބިތެއްނުވޭ. ހޭހޭހޭ މީވާ ޤައުމެއް. މިޤައުމު ހަމަމަގަށް އަޅަުވަންޏާ ޢުމަރު ނަޞީރަށް ވެރިކަން ދޭންޖެހޭކަމަށް ފެންނަނީ ދެންއަންނަ ދައުރަކަށް.

  39. ފާތިމަތު ހީނާަ

    އަނަސް މަރާލީ ގަރާޖުގައި ހުރި ޓޫލްސްޓްތައް.. ކީއްކުރާނީ، ދައުލަތުގެ މުއައްސަސާތަކަށް ވުރެން ކުރީގައި މިއުޅެނީ މުޖުރިމުންނާއި، މުޖުރިމުންގެ ވަކީލުން، ހިތާމަހުރިކަމެއް..

  40. Anonymous

    ސިއްރުން ފިލާތިބެ ކުރި ކުށެއް ނޫން. އެންމެންނަށް ފެންނަން ސީސީޓީވީ ފުޓޭޖު އެބަހުރި. އެވަރުންވެސް ސާބިތުނުވޭ. މި ގައުމުގައި މިއޮތީ ކްރިމިނަލުންގެ ކޯޓު އަދި ކްރިމިނަލުންގެ ޕީޖީ އޮފީސް. ތިޔަ ޤާޒީއާއި ޕްރޮސެކިއުޓަރުންގެ މައްސަލަ އެބަޖެހޭ ތަހުގީގުކުރަން.

  41. ޖަހަންނަމަ

    ބަލަ ގާޒީ! ތިޔަ ފަރީ ކުޅެއްވެނީ އަނގުރު އަލިފާންކަން ހަމަ ނޭނގެނީ ހެއްޔެވެ؟