ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުން ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި ކޮރަޕްޝަން ހިންގާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި ހަމައަށެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި މައްސަލައިގައި ފާހަގަކުރެވޭ ތިން މީހަކު އުޅޭ ކަމަށް މިހާތަނަށް ތަހުގީގަށްށް އެނގިފައިވާ ކަމަށެވެ. އަދި އިތުރު 15 ވަރަކަށް މުވައްޒަފުން މި މައްސަލައިގައި ހިމެނޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި އޭސީސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މި ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން، އަނެއް މީހާގެ އެކައުންޓަށް ދެ މިލިއަން އަދި ތިންވަނަ މީހާގެ އަމިއްލަ އެކައުންޓަށް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ނާފިޒު ވިދާޅުވިއެވެ.

މިހާ ހިސާބަށް އައިރު ލިބުނު މައުލޫމާތުގެ އަލީގައި އަދި ކުރެވުނު މަސައްކަތުގެ އަލީގައި، ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން މައްސަލައިގައި ހިމެނޭތީ، އޭސީސީން ވެސް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން މި މައްސަލަގައި އާރްޑީސީގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން ހިމެނޭ ކަމަށް ތަހުގީގަށް ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އެސީސީއަށް ވެސް ހުށަހަޅާފައިވުމާއެކު ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކުރިއަށް ގެންދިޔުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ނާފިޒް ވަނީ ވިދާޅުވެފައެވެ.

މައްސަލައިގެ ތެރޭގައި ކަންކަން ހިނގާފައި ހުރި ގޮތް ސާފުވަމުންދާ އިރު، އާރްޑީސީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އާރްޑީސީގެ ފައިސާ ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމުން އެ ފައިސާ ގޮސްފައިވާ ގޮތް އަދި ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި އޭސީސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި" ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އާރްޑީސީއާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ އެކައުންޓަށް ފައިސާ ވަދެފައިވާ ކަމަށާއި މި މަސައްކަތް ކުރަމުންދިޔައިރު އިތުރަށް ފާހަގަވީ އެމީހާގެ ކުންފުންޏަކަށް ތިން ލައްކަ ނުވަދިހަ ދެ ހާސް ރުފިޔާ ވަދެފައިވާ ކަމަށެވެ.

ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ފައިސާ ބޭނުންކުރަންޖެހޭ އެންމެ އަސާސީ މިންގަނޑާ ހިލާފަށް އާރްޑީސީން ރޯލް ކޮށްފައި ހުރިކަމަށް ވެސް ވިދާޅުވެފައެވެ.

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީހުގައި ހިންގި އެތައް ގަޑި އިރުގެ ތަހްގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔައެވެ. އާރުޑީސީގެ އެކައުންޓުގައި ހުރި 13.8 މިލިއަން ރުފިޔާ ވަގަށް ނަގައި އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފުލުހަށް ހުށަހެޅި އެ އިދާރާއިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ހާމަވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ހާމަވެފައިވަނީ ވަގަށް ނެގި ފައިސާގެ އަދަދު 13 މިލިއަނަށްވުރެން ގިނަކަމެވެ.

މި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވާ ކަމަށާއި އެ ތުހުމަތުތައް ކޯޓެއްގައި ސާބިތު ކުރެވޭ ވަރަށް ހެކި ހުރިކަން ނޭނގޭ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ ކޮރަޕްޝަންގެ ތެރޭގައި ހިމެނިފައިވާ ފައިސާގެ އަދަދު އަދި ބުނަން ދަތި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށާއި ޙިޔާނާތްތެރިވި ފައިސާގެ އަދަދު ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މާޟީ

    ލާރި ތިވަރައް ނެގި އިރު ކޯޓުގައި ސާބިތުވާވަރައް ހެކިނެއްކަމައް ތިޔަވިދާޅުވަނީ.. އެހެން ވެއްޖެއްޔާ ތިޔައީ މުއައްސަސާ ތަކުގެ ވަރައް ބޮޑު ވެއްޓުމެއް

    35
    • އަސްލޭ

      މިއީ އެއް ފަހަރަކާ ނޫން 4 އަހަރުން، ކޭޝް ސެލަރީ ދޭނީ ވަކި މުވައްޒަފުންގެ އެކައުންޓް މެދުވެރިކޮށް ވިތް ޑްރޯކޮށްގެން، އެއީ ހުރިހާ ކުންފުނިތަކެއްގަވެސް އެކަން ކުރާގޮތް.. ހާއްސަކޮށް ބިދޭސީން މަސައްކަތްކުރާ ކުންފުނިތަކުގަަ.. މަހަކު 20 މިލިޔަން މުސާރައަށް ހަރަދު ކުރާނެ މިއިން ކުންފުންޏަކުން.. އެހެންވީމަ 4 އަހަރުން އެވަރު ޖަމާވެދަނެ ފައިނޭންސް މުވައްޒަފުންގެ އެކައުންޓަށް. ވައުޗަރ ހެދި ލިޔެ މުސާރަ ދޫކުރެވިފަ ހުރރިތޯ ތަހުޤީޤުން ބަލަން ޖެހޭނީ ދެން

  2. ކޮރަލް

    5 އަހަރު ތެރޭ ނިމއްޖިއްޔާ ރަނގަޅެވެ.

    27
  3. ކޯޓު

    ނުވާނެ ތިޔާހެނެއް މިރާއްޖޭގައި ވައްކަންކޮއް ކޮރަޕްޝަން ހިންގީ ޔާމީނު އެކަނި ދެންތިބޭނީ ހުދުކާފޫރުން

    38
    • ހަސަނުގެ ދަރި ލަތީފް

      ޢާނ! އެހެންވެތާ އިބޫ ވެރިކަމުން ފޭބުމުގެ ފަހު ހިނދުކޮޅު ބްރޯއަށް މާފު ދިނީވެސް އަލީވަހީދު ބުނި ކަޅު ދަބަހުގެ ކަންތައް ވެރިކަމުން ފޭބީމަ ފަޅާ އަރުވާލަފާނެތީ. ކަޅު ދަބަހެއްގަ މިލިއަން ރުފިޔާ ނުގެންދެ ވޭނޭ ބުނާއިރު މިހާރު މިގެންގުޅޭ ފައިސާގެ މިލިއަން ރުފިޔާ ލެޕްޓޮޕް ބޭގަކަށް ލެވޭ

  4. އާދަކާދަ

    އާދަކާދައިގެ މަތިން ކައިފިކަން ހާމަކޮށް މިކަން މިހާހިސާބުން ނިމުނީ ކަމަށް ބަލައި ކޭ އެއްޗަކާ ބޭރިވެސް ނުބެހޭނެއޭ އަންދުވަހުންސުރެ ކިޔާކަށް މީސްތަކުންނަށް އެނގި އާންމުވެ ފާޅުކަން ބޮޑުކޮށް އޮންނާތީ މި މައްސަލައިގެ ހުކުމަކީ އެއީ ކަމަށް އަހުރެން ކަނޑައަޅައިން.

    24
  5. ހައްހައް

    މީހުންގެ ގަޔަށް އަތްލައިގެން ބިރުދައްކައިގެން އުޅުނު އެތައް ޕޓން ތަކަކަށް ވަޒީފާދީގެން ގެންގުޅުން އޯކޭ ވީއިރު ތިދެން އަދި ކުޑަ ކަމެއްނު؟

    23
    • ކަމަނަ

      ޕާޓޭންތަކަކަށް ވަޒީފާ ދިނީމަ މައްސަލައަކީ އެމީހުން ރަގަޅުވާންފުރުސަތު ލިބުން އެއީ މައްސަލައެއްތަ

      2
      5
  6. ޒައިލް23

    އެ ތުހުމަތުތައް ކޯޓުގައި ސާބިތުކުރެވޭ ވަރަށް ހެކި ހުރިކަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.. ހެކި ނެތިއްޔާ ކީއްވެތޯ 11 މިލިޔަނޭ ތިޔަ ކިޔަނީ..

    20
    1
  7. މަންކީ

    3 ފަހަރު ތިޖޫރީ ކާލި ވަގެއްވެސް އެތާގަ އުޅުނު

    25
  8. ހުސްވައު34

    21 ދުވަސް ފަހުން ތިޔަ ކަމަކީ ކަންޑުގައި އެޅި ރޮންގަކަށްވެ ނިމިދާނެ! މިކަހަލަ ވަރަށް ގިނަ ތަރި މިދިޔަ 15 އަހަރު ތެރޭ އަރާ އޮއްސުއްޖެ!

    21
  9. އަހްމަދު

    ހުރިހާ ކުންފުނި ތަކާ މުޅިރާއްޖެ ވަނީ ދަވާލާފަ

    20
  10. Anonymous

    އެކަމަކު ބުރަމަސައްކަތް ކޮއްގެން 10000 ރުފިޔާ އެކައުންޓައް ވަނަަސް ، އެވަތްގޮތެއް ބަޔާން ކޮއްދެވެން ނެތިއްޔާ ނިކަމެތިމީހާގެ އެކައުނޓުން ލާރި ކެނޑައޭ.

    22
  11. ބޭބެ

    ޔަގީން މޫކެ އުޅޭނެ.އޭނާ ފެނުނަސް ލާރި ބިރުގަނޭ

    19
  12. މުޙައްމަދު

    މިދިޔަ ސަރުކާރުގަ ނުތިބޭނެ ތިކަހަލަ ބައެއް. އެއީ ހުދު ކާފޫރުން

    22
    1
  13. އަހައްމަދޫ

    ތިވަރުވާއިރު ކޮބާތަ އޯޑިޓް އޮފީހާއި އެންޓިކޮރަޕްަޝަންއާއި ކުންފުނީގެ ބެލެނިވެރި ޕްރައިވަޓައިޒޭޝަން ބޯޑާއި އެހެން އެހެންތަންތަން. އެމީހުންގެ އެއްވެސް ޒިންމާއެއްނެއްތަ. 219 ޓްރާންޝެކަޝަންއޯ. ދެންތިހެން ކިޔާލަކިޔާލާ ތިބޭ

    12
    0
    • އަލީއަލީ

      އޮޑިޓް ރިޕޯޓްތަކުގަ މައްސަލައެއް ނެތް ބަރާބަރޯ ބުނެފަ އޮތީ... މިއީ އެއް ފަހަރަކާ ނޫން 4 އަހަރުން، ކޭޝް ސެލަރީ ދޭނީ ވަކި މުވައްޒަފުންގެ އެކައުންޓް މެދުވެރިކޮށް ވިތް ޑްރޯކޮށްގެން، އެއީ ހުރިހާ ކުންފުނިތަކެއްގަވެސް އެކަން ކުރާގޮތް.. ހާއްސަކޮށް ބިދޭސީން މަސައްކަތްކުރާ ކުންފުނިތަކުގަަ.. މަހަކު 20 މިލިޔަން މުސާރައަށް ހަރަދު ކުރާނެ މިއިން ކުންފުންޏަކުން.. އެހެންވީމަ 4 އަހަރުން އެވަރު ޖަމާވެދަނެ ފައިނޭންސް މުވައްޒަފުންގެ އެކައުންޓަށް. ވައުޗަރ ހެދި ލިޔެ މުސާރަ ދޫކުރެވިފަ ހުރރިތޯ ތަހުޤީޤުން ބަލަން ޖެހޭނީ ދެން... ފުލުހުން އަދި އަލީކަަންނޭނެ

  14. އއއއއއއއ

    މީ އަރަތެއް ކަހަލަ ވާހަކައެއް!
    ޖަމާވިކަން އެނގޭ! ޖަމާމިވަރު އެނގޭ! ކާކު ކަމެއް ނޭނގޭ! ކީއް ކުރަންކަމެއް ނޭނގޭ!
    ދެން ފަލަ ސުރުޚީގަ ޖަހައިގެން ކީއްކުރަން ދައްކާ ވާހަކައެއްބާ!

  15. އާދަނު

    މުޅި ދައުލަތް ވައްކަންކޮށް ދޮވެލާފަގޮސްހުރެގެން ޞާލިޙް އަދިވެސް އެބަ އަގަތަޅައޭ ދޯ؟

  16. ނެގުނުކަތީބު

    މައްސަލައަކަށްވަނީ ކުންފުނިތަކުގެ ފައިސާއަށް ވާނުވާގޮތެއް ނޭގޭތީ. މިހާރު ތިއޮތީ ތިޔަތަނުގެ ފައިސާއަށް ވީގޮތް އެނގިފައި. އެއްވެސްފައިސާއެއް ނުގެއްލޭ.އެފައިސާތައް ހުރިތަންތަނާ ވީގޮތް އެނގިފައި. އެހެންވީމާ މައްސަލަ ނިމުނީ.

  17. މީ ޙައްޤު

    މި ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން، އަނެއް މީހާގެ އެކައުންޓަށް ދެ މިލިއަން އަދި ތިންވަނަ މީހާގެ އަމިއްލަ އެކައުންޓަށް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ނާފިޒު ވިދާޅުވިއެވެ. ނާފިޒު ތޯ މިފައިސާ ޖަމާކުރީ؟ ތިޔަ މީހުންނަށް އަދަބެއް ނުދެވޭ އިރު ކިއްކުރަންތޯ ނޫސްތަކަށް ތިޔައަރުވަނީ؟ ރިހާކުރު ފުޅި ވަގަށް ނެގިމީހާ އުމުރަށް ޖަލަށްލީ އިރު ދައުލަތުގެ މާލިޔަތުން އެތައް މިލިޔަނެއް ނެގި މީހުންގެ އަދަބަކީ ސިންގަރޕޫރުން ލަގްޒަރީ އެކޮމެޑޭޝަން އާއި އެކު ސިންގަރޕޫރުގައި އުޅުން.