ފެނަކަ ކޯޕަރޭޝަނާ ހަވާލުވި އިރުގައި 4.3 ބިލިއަން ރުފިޔާގެ ދަރަންޏާ އެކުގައި ކުންފުނި އޮތީ ބަނގުރޫޓުވެ، "ރޭޕް"ކޮށްފައި ކަމަށާއި އެ ދަރަނިތައް އިތުރުވި ގޮތާއި ކުންފުނިން ހިންގި ބޮޑެތި ޖަރީމާތަކުގެ ބައެއް ތަފްސީލްތައް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބ. ކެންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި މުއާޒް ވިދާޅުވީ ފެނަކައާ ހަވާލުވި އިރު ހަމައެކަނި މުސާރައަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހޭދަވާ ކަމަށެވެ. ފެނަކައިގައި 8،000 މުވައްޒަފުން ތިބި އިރު، ކުންފުނި އޮތީ ބަނގުރޫޓުވެފައި ކަމަށާއި މި ހާލަތަށް ވެއްޓުނު ސަބަބާ މެދުގައި ވިސްނަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.

ބ. ކެންދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އާމްދަނީގެ ގޮތުގައި ފެނަކަ އަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މިދެނީ. އޮޕަރޭޝަންސްތަކަށް ވެސް ބޭނުން ވާނެ ފައިސާ. އެހެންވީމަ މިއަދު ހާލަތަކީ މިއީ،" މުއާޒްގެ ވާހަކަ ފައްޓަވަމުން ވިދާޅުވިއެވެ.

މުއާޒް ވިދާޅުވި ގޮތުގައި ފެނަކައޭ ބުނީމަ، މީހުންނަށް އެނގިފައި އޮންނަނީ އެއީ ކޮރަޕްޝަން ކުންފުންޏެއްގެ ގޮތުގައެވެ. އަދި އެ ތަނުގެ މުވައްޒަފުންނަކީ ވެސް އެއްވެސް ޒިންމާދާރުކަމެއް ނެތި އުޅޭ މުވައްޒަފުންގެ ގޮތުގައި ލޭބަލްވެފައި އޮތް އިރު، މި ސަރުކާރު އައީ އެ ހާލަތު ބަދަލު ކުރަން ކަމަށް މުއާޒް ވިދާޅުވިއެވެ. މި ހާލަތު ބަދަލު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

302 ޖެންސެޓް މެއިންޓަނަންސް ނުކުރާތީ ބޭނުން ނުކުރެވޭ!

މުއާޒް ވިދާޅުވީ ފެނަކަ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް 502 ޖެންސެޓް ބޭނުން ކުރަމުންދާ އިރު، 302 ޖެންސެޓް އޯވަހޯލް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. މުއާޒް ވިދާޅުވި ގޮތުގައި ރަށެއްގައި ތިން ޖެންސެޓް ހުރެއްޖެ ނަމަ، ދެ ޖެންސެޓް ހުންނާނީ ހަލާކުވެފައެވެ. މިއީ ކޮންމެ ރަށެއްގެ އިންޖީނުގެއަށް ގޮސްގެން ވެސް ބަލާލެވޭނެ ކަމެއް ކަމުގައި މުއާޒް ވިދާޅުވިއެވެ.

ބ. ކެންދޫގައި މިއަދު ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

"މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މެއިންޓަނެންސް އަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބު ވަރަށް ސާފު. ބޭނުމަކީ ޖެންސެޓްތައް ގަތުން، ޖެންސެޓްތައް ހުސްވީމަ ގެންދާ އުސޫލުން ޖެންސެޓުތައް ގަނެފައި ބޮޑު ވިޔަފާރިއަކަށް ހަދާލާފައި އޮތީ،" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެކަނި ވެސް ފެނަކަ އަށް 90 ޖެންސެޓް ގަނެފައި އެބަހުރި ކަމަށެވެ. ކިތަންމެ ގިނަ ޖެންސެޓްތަކެއް ގަނެފައި ހުރި ކަމުގައި ވިޔަސް، ރާއްޖޭގެ ދިރިއުޅޭ ރައްޔިތުންގެ ހާލަތަކަށް ބަދަލެއް ނައި ކަމުގައި މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ "ހަރަދު ފޮތުން" މެއިންޓަނެންސް އަށް ނުވަތަ ސާވިސް އަށް އަހަރަކު 100 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ދައްކާ ކަމަށެވެ. އެކަމަކު، މި ހުރިހާ ޖެންސެޓުތައް ހުންނަނީ ހަލާކުވެފައި ކަމުގައި މުއާޒް ވިދާޅުވިއެވެ.

"ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާތަކާއި ރޭޑިއޭޓަރަށް އަޅަން ބޭނުން ކުރާ ބައެއް ލިކުއިޑްތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި ނުގަނޭ. އެހެންވީމަ ނަތީޖާއަކީ ހުރިހާ ރޭޑިއޭޓަރުތަކެއް މިވަނީ މިވަގުތު ހުރީ ހަލާކުވެފައި. މާނައަކީ މިސާލަކަށް 600 ގެ ޖެންސެޓަކަށް ލޯޑެއް ނުހިފެހެއްޓޭ. 600 އަށް ނުދޭ ލޯޑެއް އަރައިގެން. 300 ގައި މިއުޅެނީ ލޯޑް. އެހެންވީމަ އަޅުގަނޑުމެންނަށް މަޖުބޫރު ވަނީ އަނެއްކާ އާ އެއްޗެއް ގަންނަން،" މުއާޒް ވިދާޅުވިއެވެ.

ބ. ކެންދޫގައި މިއަދު ބޭއްވި ޖަލްސާގައި މުއާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ފެނަކައިގެ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް!

މުއާޒް ސިފަ ކުރެއްވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ފެނަކަ އިން ކުރި ކަމަކީ އިންޖީނުތައް ހަލާކުކޮށްލާފައި، އަނެއްކާ އާ އިންޖީނުތައް ގެނައުމުގެ ބޮޑު ވިޔަފާރިއެކެވެ. ސަތޭކަ މިލިއަނުން ހަރަދު ކުރާ ކަމަށް ބުނާ އިރު، ފެނަކައިގެ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ މާލޭގެ ވޯކްޝޮޕްތަކަށް ޖެންސެޓްތައް ހަވާލުކޮށްގެން މެއިންޓަނެންސް ކުރުމަށް ވުރެ، ފެނަކަ އަކީ ބޮޑު ކުންފުންޏެއް ކަމަށެވެ.

ފެނަކައިގައި ސާވިސް ސެންޓަރެއްގެ ހިދުމަތް ދެވޭހާ ފެންވަރު ހުންނަން ޖެހޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވި ގޮތުގައި ސާވިސް ސެންޓަރެއް ހަދަން ގާތްގަނޑަކަށް 60 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެއެވެ. އޭގެ ސަބަބުން އެތައް ފައިސާއެއް ސަލާމަތް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ 157 ރަށުގައި ހިދުމަތްދޭ ބައެއް. ސާވިސް ސެންޓަރެއް އަޅުގަނޑުމެންގެ ނެތް." ސާވިސް ސެންޓަރުގެ މުހިންމުކަން ފާހަގަ ކުރައްވައި އެފަދަ ސެންޓަރެއް ގާއިމު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި މުއާޒް ވިދާޅުވިއެވެ.

"ފެނަކަ އިން ދަތުރުފަތުރަށް މިދިޔަ އަހަރު 117 މިލިއަން ރުފިޔާ ހޭދަކުރި"

މުއާޒް ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނަކަ ބޭނުންކޮށްގެން ޖެނެރޭޓަރުތައް އުފުލުން ފަދަ ދަތުރުފަތުރުތަކަށް ވެސް މިދިޔަ އަހަރު އެކަނި 117 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު އެވްރެޖްކޮށް 100 މިލިއަން ރުފިޔާ ދަތުރުފަތުރަށް ހޭދަކުރާ ކަމަށް މުއާޒް ވިދާޅުވިއެވެ.

  1. "އެކަމަކު، ފެނަކައިގައި ނެތް ދޯންޏެއް. ފެނަކައިގައި ނެތް ލޭންޑިން ކްރާފްޓެއް. މިއީ ހާލަތު. ބޮޑު އަގުގައި ދެނީ. ނާޖައިޒުކޮށް ދެނީ މީހުންނަށް. ވިޔަފާރިތައް ދެނީ. މިގޮތަށް ދެމުން ގޮސް، މި ކުންފުނި މިއޮތީ 4.3 ބިލިއަން ރުފިޔާ އިން ބަނގުރޫޓުވެފައި،" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވި ގޮތުގައި ފެނަކައިގެ ދަރަނީގެ ތެރެއިން ބޮޑު ބައެއް ހޭދަކުރަން ޖެހިފައި ވަނީ އެސްޓީއޯ އިން ނަގާފައިވާ ޑީސަލަށް ދޭން ޖެހޭ ފައިސާއެވެ. އެސްޓީއޯ އަށް އެކަނި ވެސް ދެ ބިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.

"އެސްޓީއޯ އިން މިހާރު އެބަ އަންގާ ދެ ބިލިއަން ރުފިޔާގެ ކްރެޑިޓް ހަމަވެއްޖެއޭ. އެސްޓީއޯ އަށް ވެސް އުނދަގޫ ވާނެ. އެކަމަކު، މީގެކުރިން 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯ އަށް ދޭން ޖެހޭ ފައިސާ ނެތޭ ދީފައެއް. އަޅުގަނޑުމެން މިހާރު މިއުޅެނީ ފައިސާ ވެސް ދޭން ފަށައިގެން،" ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ފެނަކަ އަށް ލިބެން ޖެހޭ ސަބްސިޑީގެ ތެރެއިން އެޑްވާންސްކޮށް އެއް އަހަރު ދުވަހަށް ނަގާފައިވާ ސަބްސިޑީޒް ނަގާފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެކަން ވެސް ފެންނަން ހުންނާނެ ކަމަށެވެ.

ބ. ކެންދޫގައި މިއަދު ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރާ ހަވާލުވި އިރު ފެނަކަ އޮފީހާއި އިންޖީނުގެ ހިމެނޭ ހެން 60 ޕްރޮޖެކްޓް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވައި މުއާޒް ވިދާޅުވީ އެ ޕްރޮޖެކްޓުތަކަށް އެކަނި ވެސް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެކަމަކު، މި ޕްރޮޖެކްޓުތަކުގެ ތެރެއިން ނިމިފައި ހުރީ އެވްރެޖްކޮށް %45 ޕްރޮޖެކްޓުތައް ކަމުގައި މުއާޒް ވިދާޅުވިއެވެ.

މި ޓްރެންޑުގައި ދާ ކަމަށް ވާނަމަ، ބާކީ ނިންމަން ޖެހޭ %55 މަސައްކަތް ނިންމަން އިތުރު އެއް ބިލިއަން ރުފިޔާ ދާނެ ކަމަށް މުއާޒް ވިދާޅުވިއެވެ. މިހާ އަގު ބޮޑުކޮށް ޕްރޮޖެކްޓް ހިންގުމަކީ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައި މުއާޒް ވަނީ މިކަން ވެސް އިސްލާހު ކުރައްވާނެ ކަމަށ ްވިދާޅުވިއެވެ.

މުއާޒް ވަނީ މިދިޔަ ސަރުކާރުން ހިންގި ޖަރީމާތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވޭ ވަރަށް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ލަސްތަކެއް ނުވެ، މި ހުރިހާ މައްސަލަތައް އޭސީސީ އަށް ހުށަހަޅާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ މިކަންކަމުން އަރައިގަތުމަށް ކުންފުނީގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ތައާރަފް ކުރަމުންދާ ކަމަށެވެ. ފެނަކަ އިން ދިވެހި ކުންފުނިތަކަށް އެތައް މިލިއަން ރުފިޔާއެއް ދޭން އޮތް އިރު، ޕްލޭންތަކެއް ހަދައިގެން ހުރިހާ ކަމެއް ރަނގަޅަށް ދާ ނަމަ، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ހުރިހާ ފައިސާއެއް ދީ ހަލާސްކޮށް ކުންފުނި ސަލާމަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މަހޭސް

    ކިނބޫ ދިޔައީ ރާއްޖެ ދަވާލައިގެން....

    72
    4
  2. ކޮމެންޓޭ

    ކޮންމެ ވެރިކަމެއްގައި ކުރީ ސަރުކާރު ހޭވި ހަޑިއޭ ކިޔާފައި ސުރުހީ އަޅާނެ. ތިހަޑި ހޭވިކަން އެނގޭތީ ތިބޭފުޅުން ހޮވާފަތިތިބީ ތިތަންތަން ސާފުތޯހިރުކުރަން. އެކަމަކު ތިހަޑިހޭވިމީހުން ހިންގި ކޮރަޕްޝަން ބަލާކަށް ގައުމުގެ ވެރިޔާ ބޭނުމެއްނުވޭ.

    44
    11
    • ދިރުނބާ

      ބަލަން ޖެހޭނެ. އެމްޑީޕީ ހުދު ކާފޫރަށް ހެދިގެން އުޅުނަކަ ނުދޭނަން. އެހެން ބަޔަކު ވެރިކަމުގަ ހުރިއްޔާ އެމީހުންގެ އަނބި ދަރިންނާ ބެހޭ ހިސާބަށް އެމްޑީޕީ އެބަ ދޭޔޭ. ދެން ކީއްކުރަން އެމީހުންގެ ވާހަކަ މިހާރުގެ ވަރިޔާ ނުދައްކަންވީ؟

      53
      6
      • ދިރުނބާގެކޮޅު

        ވެރިޔާ ކާރީ އަހާބަލަ ވެރިޔާ ބުނަނީ އެ މައްސަލަތައް ބެލުމަކީ ޒާތީވުމޭ ޒާތީނުވާނަމޭ ސިޔާސީވުމޭ އެއީ ހަމައެކަނި ބޭނުމީ ޔާމީނުއާ ޒާތީވާށޯ

        19
        11
    • ހނހ

      ކޮންމެ ސަރުކާރުން ކަރަޕްޝަން ހިންގުމަކީ މިސަރުކާރުން ކުރަންޖެހޭ ކަމެއް ނޫނެވެ. މަސަރުކާރު ހަމަގައިމު ވެސް އަދި ރަނގަޅު ކަން އިނގޭ

      28
      7
  3. Anonymous

    ރޭޕިސްޓުން ހައްޔަރުކޮއްބަލަ ދެން

    30
  4. ވާޖިން

    ތިވަރަށް ހަޑި ހާވާ ރޭޕްކޮއްފާއޮތަސް އެއޮތް ވައުދުވަނީ އެއަޕޯޓާ ހޮސްޕިޓަތައް އަޅަން. ސަރުކާރުން ކުރާ ހަރަދުތައް ކުޑައެއްނުވޭ! ވާޖިން ގައުމަކާ އިނދެވިގެން އުޅޭ މީހެއްގޮތަށް ޑރ މުއިއްޒު އެއުޅުއްވަނީ! ދެން ގައުމުގެ އިތްފަތްނަގާލި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާކަށް ރައީސް ބޭނުންފުޅެއްނުވޭ ސޮސައިޓީގެ ލަދަށްޓަކާބާ!

    17
    3
  5. އެމްޑީޕީގެ ވައްކަން

    4.3 ބިލިއަން ރުފަޔާއިން ފެނަކަ ބަނގުރޫޓުކޮށްފަ، ގާތް މިހުނަށް 4 ބިލިއަންގެ ރިސޯޓު ކުލި މާފުކޮއްދީފަ ކުރީ ހުސް ވައްކަން. ރައްޔިތުންގެ ޖީބަށް ޑޮލަރާ ޕައުންޑު ވަރަށް ރީއްޗަށް އަޅައިދީފައެއްނު އެއޮތީ

    43
    3
  6. ސަރަފަކައްދަ

    މަނިކުފާނޫ! ކެމްޕޭނު ކުރެވިދާނެ

    4
    10
  7. ހަންޑިކުޑަ

    އަބަދުވެސް ވޯޓެއް ހޯދަން ވެއްޖެއްޔާ ދެއިރު ބޭހެއް ބޯހެން ކުރީ ސަރުކާރު ، ކުރީ ސަރުކާރު ! މިހެން ކިޔަކަސް މިހާރު ރައްޔިތުން ތިވާހަކައެއް ޤަބޫލެއް ނުކުރާނެ! ދޮގު ހަދައިގެން ވެރިކަމަށް އައި ބައެއްގެ ވާހަކަ ކިހިނެއް ރައްޔިތުން ޤަބޫލު ކުރާނީ! ކޮބާ ރަޢީސް ޔާމީނު! މިނިވަން ކުރީތޯ ވެރިކަމަށް އައިސްފައި. އިނބަމެން ދައްކާ ވާހަކަތަކަށް މިހާރު ރައްޔިތުން ދެނީ ބީރު ކަންފަތެކޯ މި ގޯތި އަލިބެ ބުނާ އަނޑު އަހަނމު!

    9
    29
  8. އަލްޖިބްރާ

    އަބަދުވެސް ނިމިދިޔަ ވެރިކަމުގައި ހިންގާފަ ހުރި ޖަރީމާ ތަކުގެ ވާހަކަ ދައްކާތި ! އޭރުން މިހާރުތިބި މީހުން އެކަންކަން ރަގަޅު ކުރުމުގެ ނަމުގައި އަނެއްކާވެސް ފައިސާގަޑެއް މަޅާލެވޭނީ ! މިނޫން އަޑެއް ވެރިކަމެއް ބަދަލުވީމާ ނީވޭ !

    9
    18
  9. Anonymous

    ދައުލަތުގެ ކުންފުނި ތަކުގައިވެސް ވަގުން ޗޯރުން، ދެން ކިހިނެއް މިޤައުމު ހިންގާނީ، ވަގުންގެ އެއްޓީމް ދިޔައީމާ އަނެއްޓީމް މިއަންނަނީ ، މުޅި އޮޑީގައި ވަގުން ޗޯރުން، އެންމެ ހެއްވާ ކަމަކީ ވަގު ހިފަންއައި ޗޯރު އޮޑިޓާރވެސް ވަގު ޗޯރަކަށްވެގެން ދާކަން !

    12
    1
    • ހަސަނު

      ދަރަނިވެރިވެފައޮތްވާހަކަ ކިޔަނީ، މުވައްޒަފުން މަދުކުރާވާހަކަ ކިޔަނީ، ސިޔާސީގޮތުން ނުވަތަ އެހެންގޮތަކުންވެސް އިތުރު މުވައްޒަފަކު ފެނަކައަށް ވައްދަން ޗިޓުގައި ސޮއިކުރާ ދުވަހަކީ ތިމަންނަ ވަޒީފާ ދޫކޮށް ދާނެދުވަސްކަމަށް އެމްޑީ ބުނަނީ، އެކަމަކު މި ސަރުކާރު އައިފަހުން ކޮންމެ ދުވަހަކު އެމްޑީޕީގެ އެތަކެއް މުވައްޒަފުންނަށް ފެނަކައިގެ އެކި ބްރާންޗްތަކުން އެތަކެއް ވަޒީފާއެއް ދެމުން އެބަގެންދޭ. އަދި ވަޒީފާ ދެމުންދަނީވެސް މަގުމަތީ ހަޅޭއްލަވަންއުޅޭ މީހުންނަށާ ކޮރަޕްޝަންގެ އެކިއެކި މައްސަލަތަކުގައި އެކިތަންތަނުން ބޭރުކޮށްލާފައިތިބޭމީހުން. އެމްޑީ މުއާޒްގެ އިތުބާރެއްވެސް ނެތް.

  10. ހުސެން

    އިބުރާހީމާ ހައްޔަރުކޮށް އެމްޑީޕީ ގެ އެކައުންޓު ފްރީޒްކޮށް މި މައްސަލަތަށް ތަހުޤީގު ކުރާށެވެ،ހަނދުމަ ހުންނާނެ އިބުރާޙީމަގެ ވެރިކަމުގައި ޕީޕީއެމް އާއި ޔާންޓެ އެކައުންޓު ފްރީޒު ކުރިގޮތް ،ހަމައެގޮތަށް މި ރާޒުވާކުޅެލީމާ މަޖުލިސް ސްޕަ މެޖޯރިޓީ ލިބޭނެ.އެމްޑީޕީ އަށް 10 ގޮނޑީ ވެސް މަޖުލިހުން ނުދޭން އަމާޒު ހިފާށެވެ.

    18
    3
  11. ރައްޔިތެއް

    އިބޫ މިޔޭ ކިޔާނެކަމެއް ނެތް. ނ.ކުޑަފަރީގައިވެސް ވާނުވާ ނޭނގި 4 މީހަކަށް ވަޒީފާދީ ނެރިފަ އެހުރީ މިހާރު. އެންމެ ކުޑަމިނުން އިޢުލާން ގަނޑެއްވެސް ކޮށްނުލާ.

    13
    5
  12. Anonymous

    ހަމަރަތްޔިތުންނައް އޮޅުވާލުން. ކޮންޓްރެކް ބާތިލްކޮފަ އަނެކަވެސް މުވައްޒަފުން ނެޤީ ހަމަ އިއުލާން ކުރުމެއްވެސް ނެތި. ބަލަ ފައިސާތަކެއް ދިރުވާލުމެއްނޫން ހަމައެކަނި ކަރަޕްޝަނަކީ. މަގާމުގެ ނުފޫޒް ނަހަމަ ގޮތުގަބޭނުންކުރުން ނުހިމެނޭތޯ ؟ އިޢުލާންކޮށްގެން ނެގި ސްޓޭޝަން މެނެޖަރުވެސް ކަމެއް ހަވާލުނުކޮށް ބަހައްޓާފަ. މީ ބަނޑިދޫ ފެނަކައިގަ ކަންކުރިގޮތް. ކުރީސަރުކާރޭ ނުކިޔަ. މިސަރުކާރާ ހަވާލުކުރި ރަނގަޅުކުރަން. އެކަމު ކުރިއައްވުރެ ގޯސްހަދަނީ

    7
    9
  13. ކިތާބީ ހެކި

    ސޭކު އިމުރާނު ވަގުތުން ވަގުތަށް ހައްޔަރުކުރޭ ކުރެވޭނެތަ ނުކުރެވޭނެ ތީއެއަށްވުރެ ފިނޑި ވެރިއެއް

    6
    3
  14. ހާދަ ބަހުރުވަ ހަޑި މީހެއް

    ބަނގުރޫޓުވެފައި ވާ ކުންފުންޏެއްނަމަ ނުހިންގޭނެ އެވެ. ކުންފުނި ޖެހޭނީ ބަންދު ކުރާށެވެ! މިސަރުކާރަށް މިވީ 3 މަސްތެރޭ ބަނގުރޫޓު ވެފައިވާ ކުންފުނި ހިންގަމުން ތިދާ ގޮތެއްވެސް ބުނެލަދިންނަމަ އެވެ.

    4
    9
  15. އަހްމަދ

    ތިހުރިހާ ވާހަކައެއް ދައްކާފަ އަދިވެސް ސްޓާފުން ނަގާތަން ފެންނަނީ. ތިދައްކާ ވާހަކައިގަ އިހުލާސްތެރިކަމެއް ނެތް.

    14
    5
  16. އިސްޢާފް ސަލީމް

    ނުވިކަޔަވާ ސަންގޯރަކު ވެރިކަމުގައި ބަހައްޓައިގެން ދަށުންތިބި ރޯފިލާފަތިބިމީހުން ތަޢުރީފްކުރަމުން ފައިދާނަގަމުންދިޔައީ! ވީކަމެއް ވާކަމެއް ވަމުންދާކަމެއް އެ މަރުމޯލަށް ނޭގޭކަން ދަށުންތިބި މީހުންނަށް އެނޣޭ! އެހެންވެ ވެހޭތާންގައި ފެންނެގޭތޯ އެމީހުން ބެލީ! ޖީބަށް ބަރުކުރީ! ދަރާލާ ކޮންމެ އެއްޗަކު ސޮއިކޮށްލާ ، ކިޔަންދޭ ކޮންމެ އެއްޗެއް ކިޔާލުން އެމީހާ ކުރި ކަމަކީ! ޤަވްމަށް ވަމުންދާގޮތެއް ވީގޮތެއް ނޭގޭ!

  17. ޣިއްޒަތު

    ފެނަކައިގެެ އޮޑިޓް ރިޕޯރޓް. ކަރަންޓް ކެނޑިގެންް މުޒާހަރާއެއްް ނުކުރޭ. އިންޖީނުގެއެއް ބަންދެއް ނުކުރޭ. ދެން ކޮން ބޭކާރު ވާހަކައެއް. ކުންފުނި ހިންގަން ނޭގިގެންް ތި ތެޅެނީ ސައީދު މަޖިލް ކުރިމަތިލާތ.
    ސަރވިސްް ސެންޓަރ ހަދައިގެންް ވައްކަން ކުރަން ތި ތެޅެނީ. 3މަސްވީ ކުރެވުނު ކަމެއް ދައްކަބަލަ
    ކުރީ ސަރުކާރ ގޮވުނ ފިޔަވައި.

  18. ވަށަނގުލި

    އިންތިޚާބުތައް ކައިރިވަމުން އައި ވަރަކަށް މިފަދަ ބޮޑެތި ވާހަކަތައް ދައްކަންފަށާނެ. އިންތިޚާބު ނިމުމާއެކު ހުރިހާ ކަމެއް ނެތިވެ ހިނގައިދާނެ. މިފަދަ ކަންކަމަށް ކިޔާނީ ސިޔާސީ ފިތުނަ.

  19. މުއާޒޫ

    ބަލަ އަދިވެސް ހާލަތަކަށް ބަދަލެއްނާދޭ، ސިޔާސީ މަގާމުތަކައް އިންތިހާއަށް ޕާޓީ ކުދިން ވައްދަނީ . ކޮލަމާފުށި މާމެންދޫ ފެނަކަޔަށް މިދިޔަ މަހު ކިތައް މުވައްޒިފުން ނަގައިފިތޯ ވޯޓަށް ނުފޫޒު ފޯރުވަން ، ކޮންމެ ރަށަކަށް 02ޑެޕިއުޓީ މެނޭޖަރ ، 02އެސިސްޓަންޓް މެނޭޖަރ ، 02ސުޕަވައިޒަރ ، 10 ވޮޗަރުން ،10 ޓެކްނީޝަން، 10 އެޑްމިން، ރަށުގަ ދިރިއުޅޭ އާބާދީ 1000 ހަމަނުވޭ. ދެން ފަޅޮލޭ ހަންގަޑޭ ނުކިޔާތިބޭ.

  20. ހަސަނު

    ފެނަކައިން ކުރިން ހިންގީވެސް ކޮރަޕްޝަން މިހާރު ވެސް ވަކި ރަނގަޅެއް ނޫން. ކުރީސަރުކާރުން ރިއާސި އިންތިހާބަށް މަހަކަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އެސަރުކާރުގެ ކޮރަޕްޝަނާ ފަސާދަ ފޮރުވައި އެއްބާރުލުންދިން އެތަކެއް އޮފިސަރުންފެންވަރުގެ މުވައްޒަފުންނަށް ބޮޑެތި މުސާރަޔާއެކު އެތަކެއް ބޮޑެތި މަގާމުތައް ދިން. އަދި މިސަރުކާރުންވެސް އިސްކުރީ ހަމަ ކުރިންވެސް ބްރާންޗްތައް ބޮއްސުންލައްވާލި ނާގާބިލް ވެރިން. މިހާރުގެ އެމްޑީވެސް ވިދާޅުވި ފެނަކަ އޮތީ ދަރަނިވެރިވެފަކަމަށް އަދި މުވައްޒަފުންވެސް މާ ގިނަކަމަށް، ބޭނުންވަނީ މުވައްޒަފުން މަދުކުރަންކަމަށަ، ސިޔާސީގޮތުންވިޔަސް އަދި އެހެންގޮތަކުންވިޔަސް ފެނަކައަށް ދެން އިތުރަށް މުވައްޒަފަކު ވައްދަން ޗިޓުގައި ސޮއިކުރަންޖެހޭ ދުވަހަކީ ތިމަންނަ ވަޒީފާ ދޫކޮށް ދާނެދުވަހޭ! އެކަމަކު މިހާރުވެސް ތިބި މުވައްޒަފުނަނަށްވުރެ ބޮޑު މުސާރަޔަށް އެކިފެންވަރުގެ އެތަކެއް މުވައްޒަފުންނެއް ކޮންމެދުވަހަކު އެބަ ވައްދަމުންދޭ. މިޔާއެކު އަދިވެސް ބާރުދެމުންދަނީ ކުރީސަރުކާރަށް ސަނާކިޔާ މުވައްޒަފުންނަށް. ވީހިނދު ކޮބާ އެތަންތާތިބި ޕީޕީއެމް ޕީއެންސީއަށް ވަފާތެރި މުވައްޒަފުން. އެމީހުނަށް އެ ސަރުކާރުގަވެސް އަދި މިސަރުކާރުގަވެސް ލިބެމުންދަނީ ހުސް އަނިޔާ. އެކަމަކު އެ މުވައްޒަފުންގެ ވޯޓްވެސް އޮންނާނެކަން ހަނދާންކުރަންވާނެ. އުންމީދުކުރަން ސަރުކާރުން މިކަންތަކާ ވިސްނާނެކަމަށް.