މާލެއާއި ހުޅުލެ ގުޅުވައިދޭ ސިނަމާލޭ ބުރިޖްގައި މިރޭ އެކްސިޑެންޓްއެއް ހިނގައިފިއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ އަންހެނަކު ދުއްވަންއިން ސައިކަލެއް ގޮސް ކުރިމަތީގައި ހުރި ސައިކަލެއް ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ ފަރާތު ބުރިޖު މަތީގައި ހުންނަ ޓްރެފިކް ލައިޓް ކައިރިންނެވެ.

މައުލޫމާތި ލިބޭގޮތުގައި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލު ސްޕީޑް ކޮންޓްރޯލް ނުވެގެން އައިސް ކުރިމަތީ ހުރި ސައިކަލުގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން ކުއްޖާވަނީ ސައިކަލުން ފައިބާ ސައިކަލުގެ ފަހަތުގައި އިން ފިރިހެން މީހާއަށް ދުއްވަން ހަވާލުކޮށްފައެވެ. ބެލެވޭ ގޮތުގައި މިގޮތަށް މިކަންތައް ކުރީ ސައިކަލު ދުއްވަން އިން ކުއްޖާގެ އަތުގައި ލައިސެންސް ނެތުމުންނެވެ.

މަންޒާރު ދުށް މީހުން މައުލޫމާތުދިންގޮތުގައި، މި އެކްސިޑެންޓްގައި ކުރިމަތީގައި އިން ސައިކަލު ދުއްވަން އިން މީހާގެ ފަޔަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

ސިނަމާލެ ބްރިޖާއިއެކު ހުޅުމާލޭގައި އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ތިމާ ކިތަންމެ ފަރިތަ ކަމުގައި ވިޔަސް އަނިކާގެ ނުފަރިތަ ކަމަށް ބަލައިގެން ދުއްވުމަކީ ބުއްދިވެރި ގޮތެވެ. އަދި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކަށްވެސް ބޯލެބުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ލިމްލީ

    ބުރިޖު އެޅިމީހުން ގޯހީ. އެ ނޭޅިނަމައީ އެތާކު ސައިކެއް ނުދުއްވީހެއްނު.

    • މަ

      ސައިކަލު އުފެއްދި މީހުން ގޯހީ. ސައިކަލު ނޫފެެއްދިނަމަ ސައިކަލު ނުދުއްވީހެއްނު.

    • ސިމްލީ

      ހަހަ... ސައިކަލު ހެދި މީހުން ގޯހީ. ސައިކަލު ހެދީމައެއްނު އެ ދުއްވެނީ.... ގައިމު ހިިމާރު ގަނޑަކަށް ސަވާރުވގެން ދުއްވާއިރު އެކްސިޓެންޓެއް ނުވާނޫނޫނޫނޫނޫނޫ..... ނީލަގެރި އެތަކަށް ސަވާރުވެބަލަ ފޮނި ދައްކަން.

    • ޙަހާ

      ޢަސްލުވެސް?

    • އަހުމަދު

      ހާދަ ހެއްވާ ވާހަކައެއްތިބުނީ...ކީއްވެ ނުބުނީ ﷲ ތައާލާ ޝައިތާނާ ނުއުފެއްދިނަމައެއްނޫންހޭ! اعوذ بالله، އޭރަށް އެއްވެސް އިންސާނަކު ފާފައެއްނުކުރީސްތާއޭ. ބަލަގަ ދުނިޔެ ބިނާކުރުން ވަނީ އިންސާނުންނަށޭ......

    • މިނިއަން

      ތި ކޮމެންޓު ތި ގޮތަށް ކުރި މީހާ މަށަށް ގޯހީ. ގައިމު ތި ގޮތަށް ކޮމެންޓު ނުކުރިނަމަ މިގޮތަށް މަށެއްވެސް ރިޕްލައި އެއް ނުކުރީމުސް.??

    • ބޯގޯސް

      ތި ކޮމެންޓް ކުރމީހާ ގޯހީ. ތި ކޮމެންޓް ނުކުރިނަމ މި ކޮމެންޓްވެސ ނުކުރީސް

  2. ދުވާފަރު މީހާ

    މީހަކު މަރާލާފަވެސް ވަޅި ގެންގުޅުމުގެ ހުނަރު ނެތޭ ކިޔާފަ އެހެން މީހަކަށް ވަޅި ހަވާލުކޮށްލީމަ އެކަން އެނިމުނީ އެންނު، މި ގައުމުގަ ކަންހިނގާ އުސޫލު...

  3. ޛޮމް

    ކޮބާ އަންގަފުޅާކޮއްފަ އައްޑޫ ސިޓީގަ އެންމެގިނަ އެކްސިޑެންޓް ހިގާތަނޭ ބުނި މީހުން... ފެނޭތަ؟ ފެނޭތަ؟؟ ފެނޭދޯ؟؟ ގުޑް ގުޑް...

  4. ޛޮމް މީމް

    ކޮބާ އަންގަފުޅާކޮއްފަ އައްޑޫ ސިޓީގަ އެންމެގިނަ އެކްސިޑެންޓް ހިގާތަނޭ ބުނި މީހުން... ފެނޭތަ؟ ފެނޭތަ؟؟ ފެނޭދޯ؟؟ ގުޑް ގުޑް...

  5. ބުރިޖު

    ހޫނ މަ ބުނަން އޮތް އެތި މާ ބޮޑު އެހެންވެ ނުބުނާނަން.

  6. ޭޙަމަ ހަމަ

    ބުރިޖް އޯކޭ...މައޯކޭ...ދެންއެވީނު....އަދި މަގޭ ސައިކުވެސް އޯކޭ.....ޔާމީން ވަރެއް ނެތޭހަމަ..ވޯޓް ފޯ ޔާމީން 1

  7. ނިހާން

    ޔަގީން ތި ވާނީ އެއްލަކިން ކަމައް.

  8. Anonymous

    "ލިމްލީ"ގެ ކޮމެންޓަށް ބުނެލެވޭނީ އަހަރުމެން މިދުނިޔެއަށް އައިސްފަ ތިބީމަނޫންހޭ ގޯހީ އަހަރުމެން މިދުނިޔެއަށް ނައިނަމަ އެކްސިޑެންޓެއް ނުވީސް ނޫންހޭ ދޮތެ؟؟ ތިމަންނަ ނުރުހޭ ފަރާތަކުންވިޔަސް ފަސެހަ ވަސީލަތެއް ފަހިކޮށްދިނީމަ އެބޭނުންކުރަންޖެހޭ ގަވާއިދުތައް ބޭނުން ނުކުރުމަމީ ގޯހަކަށްނުވޭ ދޮއްތޮ؟؟އެގަވާއިދުތަކަކީ މީހުންގެ ސަލާމަތާއި ރައްކާގެރިމަށްޓަކާ ނެރެފައިވާ ގަވާއިދުތަކެއް ކަމުގާވިޔަސް.

  9. މިނިއަން

    ލައިސަންސް ނެތަސް އަދިވެސް ސައިކަލުވެސް ދުއްވާތި. ކިތަންމެ ނުފަރިތަޔަސް ވެސް ދުއްވާތި. ލިމިޓްއެއް ކަނޑައަޅާފަ އިނަސްްވެސް ދުއްވޭ އެންމެ ބާރަކަށް ދުއްވާތި. އެހެންނޫނީ ތިދާންއުޅޭ ތާކަށް ދާން ލަސްވާނެ. ދެން ބުނާނެ އެކްސިޑެންޓް އެއް ވީމަ އެމަގު ހެދި މީހާގެ މައްސަލައޭ. ގިނަފަހަރަށް އުޅޭނީ ކުށްކުރާ މީހާ ދިފާއުކުރަން.. ދެން ކުރާނީ އެކަމެއްވެސް ސިޔާސީ. މިހެން ބުންޏޭ ކިޔާފަ ދެން އަވަހަށް އައިސް މަ ކާލާ.?

  10. ބޮނަކޭ

    ތީކީ މައްސަލައެއް ނޫން. އެކްސިޑެންޓް ވާނެ ސައިކަލްގަ ދުނިޔޭގަ އުޅެންޔާ

  11. މޯދް

    ފަޔަށް ގެއްލުން ލިބުނީ ޕީޕީއެމް އިގުރައިދޫ ދާއިރާ މެންބަރު އިބްރާހިމް ފަލާހުގެ ދަރިފުޅުގެ، މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުން..

  12. ނަމްބަރދޭއް

    'ދުއްވާއެއްޗަކަށް އެރުނީމަ ވާނުވާނޭނގޭ ގިނަމީހުނަށް

  13. ސައްޕޭ

    ތީހަމަ އާންމުކޮށް ކުރާކަމެއް ބުރިޖައް އަރާފަ ތަންކޮޅަކަށް ގޮސްފައި ދުއްވަންއިން ފިރިހެންމީހާ މި އަރަނީ ސައިކަލް ފަހަތަށް ދެން ހަމަ ހުޅުމާލެއަށް ދެވެން ކައިރިވާ އިރަށް މި ބަދުކޮއްލަނީ ދުއްވާމީހާ، މިހެން މިކަން ހަދާނީ ލައިސަންސް ނެތި ދުއްވާތީއެވެ. އަދި ފާހަގަވާކަމެއް ދަންނަވާލާނަމެވެ. ދެމީހުން ނުވަތަ ތިންމީހުން އެއްވަރަކަށް ވާހަކަދައްކަމުން ދުއްވުން މިހެންވުމުގެ ސަބަބުން ގަވައިދުން ދާމީހާ މި ޖެހެނީ ނުގަވައިދު ލައިނަށް އަރާށެވެ. ޓްރެފިކްޕޮލިސް އެބަޖެހޭ ބްރިޖްގައި ޕެޓްރޯލްކުރަންވެސް ހުސް އެކަނި ވަދެނިކުމެހަދާ ދެ ގޭޓް ކައިރީ ތިއްބަކަސް ތިކަމެއް ހައްލެއް ނުވާނެއެވެ. ޓްރެފިކްޕޮލިސް ލައިޓް ފަޅާލާފަވެސް ހަމަ ދަނީއެވެ.

  14. ބޮންދު

    ތިޔަ އެޅިބްރިޖް ވެގެންދާނީ އެތައް އާއިލާއެއްގެ ހިތާމައަކަށް. ތިޔަތަނުގައި އެތަކެއްބައެއްގެ ޖަނާޒާ ބާއްވާ ބްރިޖަކަށް.

    • އިބާ

      ހަހަހހަހަހަ. ކޮބާ އެންމެފަހުން ހަމަ ބުރިޖް އެއްނު މި ގޯސްވީ. ތިއޭ މައްސަލައަކީ މާބޮޑަށްވެސް ނާތަހުޒީބީ މިވެރިން.

  15. ކިޔާ

    މިއުޅޭ ގިނަ ޒުވާނުން ސައިކަލަކަށް އެރުނީމަ ގިނަފަހަރަށް ހަމަހޭވެސް ނުހުރޭ.ދެން އެއަށްވުރެ ބާރަށް ނުވަތަ އަވަހަށް ދާންބޭނުމިއްޔާ ރޮކެޓެއްގަ ދާންވީނުން...މީ އެހެންމީހުންވެސް ބޭނުންކުރާ ތަންތަން ކަމަށް ދެކިގެން ތިމާނޫނަސް އެހެން މީހުންވެސް އެމީހަކު ދާންބޭނުންވާ ތަނަކަށް އަވަހަށް ދާންޖެހޭނެކަން ދަނެގެން އުޅޭނަމަ މިފަދަ ހާދިސާތައް ހިނގާލެއް މަދުވާނެ.

  16. ވގ

    ބުރިޖް އެޅީމަ ތިޔަހެންވީ

  17. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ދުއްވާ އެއްޗެއް ބޭނުންކުރުމުގެ ތެރޭގައި ދީނީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި، އަދި ދުއްވާ އެއްޗެއް ލިބުމުން، ދީނީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް އިންސާނީ ޙަޟާރަތުގައި އިސްލާމް ދީނުގައި ޝަރުޢު ކުރައްވާފައިވެއެވެ. މިގޮތުން ހުޅުމާލޭ އެސީ ފެރީގައި ދަތުރުފެށުމުގެ ކުރިން ކުރަމުންދާ ދަތުރުދުޢާއާއި، ބައެއް އެއަރލައިން ތަކުގައި މަތިންދާ ބޯޑުގައި ކުރާ ދަތުރުދުޢާގެ މަތިން ހަނދާން ބެހެއްޓުމަކީ، ނުކޮށް ދޫކޮށްލެވޭނެ ކަންކަމެއްނޫނެވެ.

  18. ?

    ސާބަަހޭ. އަދި އެއް އެކްސިޑެންޓު ކޮށްލާ. އޭރުން ރަނގަޅު ވާނޭ.????