ކ. މާފުށިން މާބަނޑު އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 25 އަހަރުގެ ފާތިމަތު ލަމްހާއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނީ ލަމްހާ ނިޔާވީ ނޭވާލާން އުނދަގޫވެގެން ކުއްލި ގޮތަކަށެވެ. އެކަމަކު އޭގެ ކުރިން އޭނާ ވަރަށް ބޮޑަށް ރޯގާޖެހިގެން މާލެއިންވެސް ފަރުވާ ހޯދި ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ލަމްހާ ނިޔާވި އިރު އޭނާގެ ބަނޑަށް ފަސް މަހެވެ. އަދި އިތުރު ދަރިއަކު ދުނިޔޭގައިވެސް އެބަހުއްޓެވެ.

ލަމްހާގެ ކަށު ނަމާދު މިރޭ ތަރާވީސް ނަމާދަށްފަހު މާފުށީގައި ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުރާނާއަ

    ލޯކަލް ޓޫރިޒަމުން ގެނެސްދޭ ކޮވިޑު ވޭރިއަންޓްގެ ނަތީޖާނޫންބާ؟

    9
    11
  2. ތަރަފަނަ

    މިކަހަލަ ކަންތަކުގަވެސް ސިޔާސީ ކުލަ ޔާ ﷲ