މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ކޯޓުގައި ތުހުމަތުކޮށްފިއެވެ.

ބޮކްސާތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ހައްޔަރު ކުރި އުމުރުން 33 އަހަރުގެ މީހަކު ބަންދަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމާ ދެކޮޅު ހަދައިފައެވެ.

ބަންދުގެ މަޖިލީހުގައި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށާއި، އަދި އޭނާގެ ބޮކްސާއެއް ތެރެއިން މަސްތުވާތަކެތި ފެނިފައިނުވާނެ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ފުލުހުން އޭނާއަށް އަނިޔާކޮށް ހޭނައްތާލި ކަމަށްވެސް ބަންދުގެ މަޖިލީހުގައި އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އޭނާ އާއި ދެކޮޅަށް ގިނަ ހެކިތަކެއްވެސް ހުށަހަޅާފައެވެ. އަދި ހާދިސާ ރިޕޯޓުވެސް ހުށަހަޅާފައެވެ. އޭގެ އިތުރުން އޭނާ އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތި ކަމަށާއި މުއްދަތު މަޖިލީހާއި ހަމަޔަށްވެސް އޭނާ ކުޑަކަމުދާތަކެތި ދީފައި ނުވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ޖަދުވަލު 1ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި ކެނެބިސް އާއި ކެނެބިސް މިކްސް އަދި ކޮކޭންގެ އިތުރުން އެތައް ބާވަތެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާމް

    މިހާރު މިތާ ތިބޭ ފުލުހުންވެސް އިޒުރޭލުގެ އައިޑީއެފް ކޮޕީކުރަންފެށީބާ.؟

    6
    23
    • ހނހ

      ބަޔަކު އަޑީގަ ތިބެގެން ކުޅުވާގޭމެއް ސިޔާސީ މަންފާ ހޯދަން

      15
      3
    • ސާބިގާ ޖާއިޒް

      ކަލެއަށް ގަބޫލުކުރެވެނީ ބޮއެގެން ހަމައިނެއްޓިފައި ބިތްޖެހިފައި ތިވޭ މީހުންގެ ވާހަކަދޯ؟ ތިކަހަލަ މުނާފިގުން ގިނަވީމައޭ މިތަން އިސްލާހުނުކުރެވެނީ!!

      21
      2
    • ކޮޕީ

      ކޮޕީކޮށްގެން ނަމަވެސް ދަންތުރައެއްގައި ޖައްސައިގެން މަސްތުވެގެން ދުއްޕާންކުރާ ނުބައި ނުލަފާ ގޮތެއް ފޮތެއް ނެތް މީހުންގެ ކިބައިން ގައުމު ސަލާމަތްކުރަން ވެއްޖެ. ޖަނަވާރުންގެ ދަރަޖައަށް ދިޔައިމާ އޮންނަންވީ ކޮން އިންސާނީ ހައްގެއްތަ.

  2. ސާމީމު

    އާއްމުކޮށް މީގެ ކުރިންވެސް ކުރާކަމެއް އެވެރިން އކަންކޮއްގެން ހޯދާ ޕްރޮމޯސަނޯވެސް އެއިރު ވަރައް މައްސޫރު އަޑުއަޑު...ިހާރު އަލުން އިޔާދަވީ ދެއްތޯ....

    4
    17
    • ހަމްދު

      އެމްޑީޕީ އިނދިކޮޅުގަ އޮވެއްޖެތާ ކުއްވެރި ވާނީ ފުލުހުން ކުއްކުރާ މީހާ ކުށަކައް ނުވާނެ

      19
      2
  3. އަބްދޫ

    ރާއްޖޭގެ ފުލުހުން ގޯހެއްނޫން .އިންޑިޔާ އާއި ޕާކިސްތާނާއި އެމެރިކާ އިގިރޭސި ފުލުން ގެ އަމުރަށް ނުކިޔަމްނތެރިވާ މީހުން ފުލުހުންގެ މަރުކަޒަށް ގެންދެވޭއިރު ފުރާނަ ހުރެއްޖެ ނަމަ އަލުން ދުނިޔެއަށް ނޭވާލެވޭނެ. އެހެންވެ ބޮޑެތި އާބާދީ ހިފެހެއްޓެނީ ރާއްޖޭގެ ހަތަރުލައްކަ ކޮންޓްރޯލް ނުވަނީ ފުލުހުންގެ އަތް ބަނދެގެން ގެންގުޅޭތީ.ފުލުހުންގެ އަމުރަށް ނުކުޔަމންތެރިވާމީހުން ފޮނުވަންޖެހޭނީ ޖަމާއަތްރެރިންގާތަށް.

    29
    3
  4. އަލިފު

    އަޅެ ތީ ސިއްދީގެއް ނަމަ ކީއްވެބާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނުދިނީ، މިދެން ފުކެއް ބޮޑުވަރު މީހުން ގުނބޯ ހައްދަން އުޅުނަސް.

  5. ނޫނު

    މަސްތުވެގެން ބުއްދި ފިލާ ގޮއްސާ ހުރި މީހަކުގެ ނަމާދު ވެސް ސައްޙަ ނުވޭ. އެހިސާބުން އެހުރީ ހަމަ ހެޔަކު ނޫން...ލޮލް