މާރާމާރީއާއި ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ މޫނުމަތިން ބޮޑު ޒަހަމެއް ހުރުމުން އެކަން ބަލަން ކުރިމިނަލް ކޯޓުން ފުލުހުންނަށް އަންގައިފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

އެހެން ނަމަވެސް އޭނާގެ މޫނުމަތީގައި މީހަކު ޖަހައި ދެ އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާ ކަމަށް ހާދިސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތު ކުރެވުނު ނަމަވެސް އެމީހަކަށް އަނިޔާ ދިނުމުގެ ހައްގެއް އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެ ކަމަށާއި އެހެންކަމުން މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

ވައްކަމާއި މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 37 އަހަރުގެ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ބަންދު އަމުރުގައިވާގޮތުން އޭނާ ވަނީ ދެ ބިދޭސީއަކާއި މާރާމާރީ ހިންގާފައެވެ. އަދި އޭނާ އަކީ ތަކުރާރުކޮށް މާރާމާރި ހިންގާ މީހެއްކަން ބަންދު ލޮގުން އެނގެން އޮތް ކަމަށާއި އެހެންކަމުން އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް އަމުރުގައި ވެެއެވެ.

މީގެ އިތުރުން އޭނާ މާރާމާރީ ހިންގި ދެ ބިދޭސީން ފިލުވައިލާނެ ކަމަށްބުނެ އޭނާ އިންޒާރު ދީފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއްވެސް ވުޖޫދުވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަބުރުގެ

    ދެންކިހިނެތް އިސްލާމީ ޝަރީއަތް ގާއިމްކުރާނީ ވައްކަންކުރާ މީހާ އަތްބުރިކުރީމަ ދެން ބުނާނީ އެމައްސަލަ ވަކިންބަލާދިނުމައް

  2. ހަސަނުގ

    އާނ! ހައްގު އޮތީ ތިބައިގަނޑަށް. ދެން ތިބި މީހުން ފޭރި، މަރާ ހެދިޔަސް ކަލޭމެން ހެކި ނެތޭ، ކިޔާފަ ދޫކުރަނީ. މޫނުމަތީގަ ޒަހަމް ބަލަން ޓާސްކު ފޯސްއެއް ހަދަން ފެންނަނީ. އަދި އެެހެން ހުރިހާ ނަތެއްވެސް ބަލާތި. އިނގިލީގެ ނިފަތި ކެނޑިފަ އިންތޯވެސް. ޕާޓޭގެ ހައްގުތައް ބަރާބަރަށް ލިބެންވާނެ.

    6
    2
  3. އަބްދޫ

    މިލިއުމުގަ ބުނާ ފެންވަރުގެ މިހަކަށް ވެއްޖެނަމަ މޫނުމަތީގަ ޒަހަމެއް ހުރުމަކީ މައްސަލައެއްނޫން. ޒަހަމް ހުންނަންވެސް ޖެހޭނެ، ޖަމާއްތްތެރިންނާ ހަވާލުކުރަންވެސް ޖެހޭނެ.

  4. އަބްދޫ

    މިލިއުމުގަ ބުނާ ފެންވަރުގެ މިހަކަށް ވެއްޖެނަމަ މޫނުމަތީގަ ޒަހަމެއް ހުރުމަކީ މައްސަލައެއްނޫން. ޒަހަމް ހުންނަންވެސް ޖެހޭނެ،

    1
    1
  5. Anonymous

    ކޮންމެ ކުށެއްކުރި މީހަކަސް އަނިޔާއެއް ނުދެވޭނެ