ރަމަޝާން މަހުގެ ފަހު 10 ގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނާ ގޮތުން މުވައްޒަފުންް ރަމަޟާާން މަހުގެ ފަހު 10 ގައި މަސައްކަތް ކުރާނަމަ އިނާޔަތެއް ދޭން ޖެހެއެވެ. އަދި އެނިޔާތް ދޭނެ ގޮތާއި އިނާޔާތް ދޭނެ ފަރާތްތައް އެ ސާކިއުލާގައި ހާމަކޮށްފައި އެވެ.
އެގޮތުން އިނާޔާތް ދެވޭނީ ދައުލަތުގެ އިދާރާތަކުގެ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން, އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.
މި އިނާޔާތް ދިނުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ މުސާރައާއި އެކުގައި ކަމަށްވެސް ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގް ސޮއިކޮށް ނެރެފައިވާ ސާކިއުލާގައި ވަނީ ބުނެފައި އެވެ.
މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ.
ރައީސް ޑރ މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެއެވެ. އަދި އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހެޔޮލަފާ ވެރިއެއްކަން ކަށަވަރު
އެހާާ ހިނަަ ދުވަސްް ބަންދުު ކުރީީމާާ ރައްޔިތުންނަށްް ދޭންޖެހެޭޭ ޚިދުމަތްް ނުލިބިދާނެކަންް ނުވިސްނުނުު ކަމީީ ދެރަކަމެއްް
އަހުމަދަޖީ ފިތުނަވެރިއެއް
ރައްޔިތުންނައް ހިދުމަތް ނުލިބޭގޮތަކައް ނޫން ލިބެން ޖެހޭ ހުރިހާ ހިދުމަތެއް ލިބޭނެ
ސަހަރޯ! އަފިރިން ބުނާނެ އެއްޗެއް ނެތް!
ރަނގަޅު ނިންމުމެއް...
މެޓް އޮފީސް މުވައްޒަފުން ނަން ތިއިނާޔަތެއް ނުލިބޭނެ.
ރަމަން ރަމަން ފޯލިކުޅެނީތޯ؟ ވާނުވާ ނޭންގި ނިންމާނިމުގެ ނަތީޖާ ފައިސާ ގިނަވެއްޖީޔާ ރައްޔަތުންނަށް ބަހާލަދެއްވާ!
ވަޒީފާއަށް ނުނެރުނީމާ މުސާރައިން އުނިވުމަކީ ރަމަޟާން މަހުގެ އިނާޔަތަށް މުއިއްޒުދޭ އަނިޔާއެއް.
މީގަ ނުބުނޭ މުސާރައިން އުނިވާނެވާހަކައެއް ، ހޭއަރާބަލަ
ޗުއްޓީ ސިޔާސީ ފާއިދާއަކަށް ދިނުމީ ކަޑަ ކަމެއް.ގައުމު ގެ ޕްރޮޑަކުޓިވިޓީ ދަށްވާ ކަމެއް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަރުކާރު ބަންދު ކުރެއްވި ރަމަޟާން މަހުގެ ފަހު 10އިގެ ދުވަސްތަކުގައި ރަށުން ބޭރަށް ނުދެވި އޮފީހުގެ މަސައްކަތަށް ނުކުންނަން އެމީހަކު ވަޒީފާ އަދާ ކުރާ ރަށުގައި ތިބެންޖެހުނު ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް މި ޢިނާޔަތް ލިބޭނެ ކަމަށް އުންމީދު ކުރަން. ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިންނަކީ ބަންގާޅީން ކަހަލަ ބައެއް. ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރާ އެކިދާއިރާތަކުގެ މުވައްޒަފުންނަށް 35 ޕަސެންޓުން 50ޕަސެންޓުން މުސާރަ އެކިފަހަރު ބޮޑު ކުރިއަސް ކުންފުނިތަކުގައި ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންނަކީ މުސާރައަށް އެއްޗެއް އިތުރުކޮށް ދިނުމަށް ސަރުކާރުގެ ދުރުމިއަށް އަރާ ބަޔަކަށް ނުވޭ. މިމީހުންނަކީވެސް ޢާއިލާއެއް ގޮވައިގެން އުޅޭ ފައިސާފޮއްޗެއް އެމީހުންގެ މުސާރައަށްވެސް އިތުރުވުމަށް ބޭނުންވާނޭ ބައެއްކަން ސަރުކާރަށް ފާހަގަވާ ބަޔަކަށްނުވޭ. މިކަމަށް ހެޔޮ ބަދަލެއް އައިސްފިއްޔާ ހާދަހާވާ ރަނގަޅޭ ހިތަށް އަރައެވެ.
ބަޔަކަށްލާރިގަނޑެއްދޭންކުރިކަމެއް. މިއޮއްހުރިހާދުވަހުވެސް މިދިވެހިރާއްޖޭގައިރޭއަޅުކަންކުރާއެންމެންރޭއަޅުކަންކޮށްގެންނޭއުޅުނީ. ބަންދުކުރީވަކިބަޔަކުނެރެފައިއެމީހުންނަށް ލާރިގަނޑުދޭން.
އޯވަޓައިމް ލިބޭނެ ބޮޑުކޮށް..
މިހާރު ހުންނެވި ރައީސްގެ ތަފާތު ކަން ގިނަ ބޭފުޅުންނަށް އެގިވަޑައިގަންނަވާތީ އުފާކުރަން. ޙުރިހާ ކަމަކުންހަމަތަފާތީ. ޜައްޔިތުންގެ ހެވާއިލާބައަށް ވިސްނަވާ އަންހެން ކަނބަލުން ބާރުވެރި ކުރުވުމާ ދީނީ އަޅުކަމަށް މީހުންނަށް މަގުފަހި ކޮށްދެއްވުމުން ފެށިގެން އެތައް ހާސް ކަމެއް ރައްޔިތުންނަށްޓަކާ ކުރައްވަމުން އެބަގެންދަވާ. ސާބަހޭ އަޅުގަޑުމެންގެ ލޮބުވެތި ރައީސް ޑރ. މުއިއްޒު. މަނިކުފާނަކީ ތަރައްގީގެނުވާ ނަތީޖާ ނެރެދެއްވާ ބޭފުޅެއްކަން ހަސަދަވެރިންނަށް ހަޖަމު ނުވިއަސް މަނިކުފާނަށްވޯޓްދެއްވި އެންމެހާލޮބުވެތި ދިވެހިރައްޔިތުން ޤަބޫލު ކުރައްވާނެކަން ޔަޤީން.
ހަފުތާޔަކު 48 ގަޑިއިރައްތުރެ އިތުރައް މަސައްކަތް ކޮށްފިނަމަ އޯޓީ ލިބޭގޮތައްވއޮންނަ އޮތުމައް ނިމުންގެންނަންވެސް އބަޖެހެޭ
ހެސްކިޔާފަ މަސައްކަތް ކޮށް އެކަމަކު އެހައްގު ނުލިބި އެބަދޭ ބައެއް ފަހަރު އުޒުވެރި ހާލަތެއް މެދުވެރިވެ ސަލާމެއްބުނެލާއިރައް މުޅިހަފްތާގެ އޯޓީ ލާރިކޮޅު ކަޓާ ގޮތް އޮންޮންއޮތުން އިސްލާހްކުރަން ޖެހޭ
ތިނިންމުން ރަނގަޅު ، އެކަމަކު މިއަދު ތަންތަނުގެ ޒިންމާދާރު މީހުނަށް އިތުބާރެއް ނުކުރެވޭ ، ތިފައިސާވެސް ހިޔެއްނުވޭ ހައްޤުވެރިންނަށް ލިބޭނެހެނެއް، އެންމެ ކުރިން ތި ދަމާގަންނާނީ ހީލަތްތެރިވެރިން
ނަމެއްގަ ސަރުކާރު ބަނދު ، އޮފީހައް ނިކުނަންޖެހޭ.
ރައްޔިތުންނަށް ވަންގަވް ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަވާ! މުޅިއަހަރު ޗުއްޓީގައި ތިބެން ޖެހުނަސް ޚިދުމަތް ދެވޭ ގޮތަށް ވަންގަވް ކޮށްލީމާ ޚިދުމަތް މެދުނުކެނޑި ލިބޭނެ. ވަންގަވް ވަންގަވް ވަންގަވް ވަންގަވް ވަންގަވް އޯ އޯ ދެން ވަންގަވް ވަންގަވް ވަންގަވް ވަންގަވް ވަންގަވް ވަންގަވް ވަންގަވް ދެން ވަންގަވް ވަންގަވް ދަސްކުރޭ ވަންގަވް ދަސްކުރޭ ވަންގަވް ކުރަން ދަސްކުރޭ ވަންގަވް ކުރަން ދަސްކުރޭ ވައްކަން އެއް ނޫން ވަންގަވް ވަންގަވް ވަންގަވް....................