ތުއްތުކުދިން ގުރުއާނަށް ލޯބިޖެއްސުމަށް ހާއްސަކޮށް ރޯދަމަހުގައި ގުރުއާން މުބާރާތްތައް ކުރިއަގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ އެހެން ވިދާޅުވީ މަރްޙޫމް އިބްތިހާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ގުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިއަގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައި ވެސް މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސާޖިދާއެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ފުރުސަތު ހުޅުވާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ރާއްޖެ ބަދަލުކޮށްލަން ބޭނުންނަމަ ހުރިހާކިޔަވާކުދިންނަކީ ބަރާބަރަށް ނަމާދުކުރާ އަދި ކޮންމެދުވަހަކުވެސް ޤުރުއާންކިޔަވާކުދިންނަށް ހަދާ!

    15
    1
  2. ަދަސ

    ކަމަނާ ކުރެޑިޓް ނަންގަވަން ނޫޅުއްވާށެވެ. ރޯދަމަހު ރާއްޖޭގައި ޤުރުއާން މުބާރާތް އަބަދުވެސް ބާއްވައެވެ. އެކަމަކު ރައީސް ޔާމީނުގެ ޒައާމަތުގައި ގައުމީޓީވީން ބޭއްވިފަދަ އަގުބޮޑު ޤުރުއާން މުބާރާތެއް "އެންމެ އަލިގަދަ ތަރި" ނުބާއްވާކަން ފާހަގަކުރަމެވެ.