ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ވައިއެނބުރި އާންމު ގޮތެއްގައި މަޑުން، އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ވިދާޅުވެފައި ވެއެވެ.

އަދި ރާޅުގެ އުސްމިން 3-1 ފޫޓަށް އުފުލޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބައެއް ހިސާބުތަކަށް އިއްޔެ ހުދު ސަމާލުވެސް ނެރެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު